ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން މިހާރު ހުށަހަޅާފައިވާ ބިލް އަނބުރާ ގެންނަން ގޮވާލެއްވި.
04 އޯގަސްޓް 2025 - 07:48
މަރުކަޒީ ވިސްނުމުގައި، ސިޔާސީ ބޭނުމަށް ލާމަރުކަޒީ ނިޒާމު ގަޑުބަޑު ކުރުމުގެ ހިތި ނަތީޖާ ފެންނާނީ އެ ރަށެއްގެ ރައްޔިތުންނަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު ރޭ އެހެން ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ މާލީ ކަންކަން ހިފެހެއްޓޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އިސްލާހުތަކެއް ހުށަހެޅުމާ ގުޅިގެންނެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ހުށަހަޅުއްވާފައިވާ ބިލްގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި ކުރީގެ ރައީސް އިބޫ ވިދާޅުވީ، އެ ބިލާ މެދު އަލުން ވިސްނަވައި، މިހާރު އިސްލާހުތައް އަނބުރާ ގެނދިއުމަށް އެ މަނިކުފާނު ގޮވާލައްވާ ކަމަށެވެ.
އިބޫ ވިދާޅުވިގޮތުގައި، މިހާރު އަމަލުކުރާ ފެހި ގާނޫނުއަސާސީން ރައްޔިތުންގެ ތަރައްގީ އަށް މަގުފަހިވި ނިޒާމީ އެންމެ މުހިއްމު އެއްބަދަލަކީ ލާމަރުކަޒީ ނިޒާމު ގާއިމުވުމެވެ.
"އެކި ވެރިކަމުގައި އެ ބާރުތަކާއި ވަސީލަތްތައް ހަނިކޮށް، ފުޅާކުރަމުން އައިސް 2019 ވަނައަހަރު ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުތަކަކީ ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، ސިޔާސީ ހުރިހާ ފިކުރުތަކުގެ ތާއީދާ ވެސް އެކު ފާސްކޮށް އަމަލުކުރަމުން އައި އިސްލާހުތަކެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، ރަށްތައް ތަރައްގީ ކުރުމުގެ ބާރުތައް އެ ރަށެއްގެ ރައްޔިތުންނަށް ނުދީ، މައި ސަރުކާރުން ހިފެހެއްޓުމަކީ ބޮޑު ބޭއިންސާފެއް ކަމަށެވެ. ކޮންމެ ރަށެއްގެ އިހުތިސާސް ގާނޫނުން މިހާރު ކަނޑައެޅި، ދައުލަތުގެ އާމްދަނީގެ ވަކި މިންވަރެއް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ލިބި، ކައުންސިލްތަކަށް ވަކި އުސޫލެއްގެ ތެރެއިން ވިޔަފާރި ކުރެވޭނެ ހުއްދަތައް ދިނުމުގެ ހެޔޮ ނަތީޖާ ފެންނާން ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ކައުންސިލްތައް ފުދުންތެރިވާން ފަށައިފި،" އިބޫގެ ޕޯސްޓުގައި ވެ އެވެ.
ނަމަވެސް އެ މަނިކުފާނު ވިދާޅުވީ، 2019 ވަނައަހަރު ގެނައި އިސްލާހުތަކުގެ ހެޔޮ ބަދަލުތައް ފެންނަން ފަށާފައިވާ މި ޅަފަތުގެ ވަގުތު އަނެއްކާ ވެސް މަރުކަޒީ ވިސްނުމުގައި، ސިޔާސީ ބޭނުމަށް ނިޒާމު ގަޑުބަޑު ކުރުމުގެ ހިތި ނަތީޖާ ލިބޭނީ ރަށު ރައްޔިތުންނަށް ކަމަށެވެ.
މިހާރުގެ ސަރުކާރުގެ އެކި ބޭފުޅުން ވިދާޅުވާގޮތުގައި ލާމަރުކަޒީ ނިޒާމު މިހާރު ބައްޓަން ވެފައި ހަރަދު ބޮޑު އަދި ދެފުށް ފެންނަ ގޮތަކަށް ނޫނެވެ. ހާއްސަކޮށް ކައުންސިލަރުންގެ އަދަދު ލިމިޓް ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.
ކައުންސިލްތަކުގެ މާލީ ހަރަދުތައް ކުރުން ހަނިކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ހުށަހެޅިި އިސްލާހުތަކުގެ ތެރެއިން އެއް ކަމަކީ ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގައި މާލީ ކަންކަން ހިންގާއިރު ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލެއްގެ ތެރެއިން އަމަލުކުރަން ލާޒިމް ކުރުމެވެ.
އެ އިސްލާހުގައި ބުނެފައި ވަނީ ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ އެއް އަހަރު ނުވަތަ އެ އަށް ވުރެ ކުރު މުއްދަތެއް ނަމަ ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ނޫނީ ބައެއް ކަންކަން ކުރަން ކައުންސިލުން ނިންމައިގެން ނުވާނެ ކަމަށެވެ. އެއީ:
1- ކައުންސިލް އިދާރާ އަށް ނުވަތަ ކައުންސިލް އޮފީހަކަށް ދާއިމީ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް މުވައްޒަފުން ނެގުން.
2- ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުން.
ބިލްގައި ދެން ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ކައުންސިލް ހިމެނޭ ދާއިރާތަކުގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހިންގުމުގެ ބާރު އެ ރަށެއްގެ ލޯކަލް އޮތޯރިޓީ ކުންފުންޏަށް ދީފައިވީ ނަމަވެސް ވަކި ޝަރުތުތަކެއް ފުރިހަމަ ކުރަން ޖެހުމެވެ. އޭގެ ތެރޭގައި ހިމެެނެނީ ބިލްގައި ވާ ގޮތުން:
1- އެ ލޯކަލް އޮތޯރިޓީ ކުންފުނިން ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތަކުން ކުރަމުންދާ އިގުތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ނުވުން.
2- އެ މަސައްކަތަކީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީ އަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތަކަށް ނުވުން.
3- އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސްމާލުގެ އަދަދު 10 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނުވުން.
ބިލްގައި ބަޔާންކޮށްފައިވާ ގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ވެސް ނުނެގޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުއްޔަށް ދޫކޮށްފައިވާ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުއްޔާއި ކައުންސިލްގެ އިމާރާތްތަކާއި މުދަލުގެ ކުއްޔެވެ.
ކައުންސިލްތަކުގެ ބޭންކު އެކައުންޓުތައް ހިންގަންޖެހެނީ ބިލްގައިވާ ގޮތުން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ތެރެއިންނެވެ. އަދި އެ ކައުންސިލެއްގެ ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓް ހޯދަން ފިނޭންސް މިނިސްޓްރީން އެދިއްޖެ ހާލަތެއްގައި އެ މައުލޫމާތު ވެސް އެ މިނިސްޓްރީ އަށް ދޭން ވާނެ ކަމަށް ބިލްގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަހްމޫދު ސަލީމް
05 August 2025
މަނިކުފާނު ގައުމަށް ހެޔޮ އެދޭތީ ދޯ 8 ބިލިޔަން ރުފިޔާ ޗާޕްކޮށް އެޔަށް ވީނުވީ ނޭގި މުޅި އިގްތިސާދު އެފުއް މިފުށަށް ޖެހިފައި މިއޮތީ؟
ޒިހުނަތް މުހައްމަދު
05 August 2025
ރައީސް މުއިއްޒް ރައްޔިތުންނަށް ދެރައެއް ނޭދޭނެ. ކަންކުރާނީ ވިސްނާފައި. ގައުމާ ރައްޔިތުންނަށް ފައިދާވާހެން. އިބޫހެން ޕްރިންޓެއް ނުކުރާނެ
ސިޔާދު ހަލީމް
05 August 2025
މުޅި ގައުމު ހަލާކުކޮށްލި މީހެއް ކޮންހާ ބޭކާރު ވާހަކައެއް ދައްކާކަށް؟
ޒަވިޔަނި
04 August 2025
އިބޫ ރައީސަށާއި ޔާމީނު ރައީސަށް ވެދުން ސަލާމް މަނިކުފާނުގެ ވެރިކަންހަމަ އެއްމެ ރަނގަޅެވެ. އެކަމަކު ވެރިކަން ނިއްމާލީ ޢަނީމާ މުދާ ބަހާހެން ހުޅުމާލެގެ ބާކީ އޮތް ބިންކޮޅުން ރައްޓެހިންނާއި ޕާޓީ ބޮޑުންނަށް ހިލޭ ދީފައެވެ. ނިކަމެތި އާއްމު މީހުންނަށް ގޯތި ލިބުނީ ކަނޑުފަޅުންނެވެ. ލާމަރުކަޒީ މިއޮތީ ވެފައެވެ. ޔާމީނު އޮތީ ދައުރު ނިމިނެދެން ޖަލުގައެވެ.
ޙައްގުބަސް.
04 August 2025
އިންޑިޔާގެ އެއްބަސްވުންތަ ބައެއް ބާތިލްކުރިޔަސް އަދިވެސް ދިވެހިންނަ މިނިވަންކަމާ އަސަރުކުރޭ.
ޝޮކްތެރަޕީ
04 August 2025
އާމު ނިކަމެތި މީހާ ކުރާ ކުޑަ ވިޔާފާރި ކައުންސިލުން ކުރީމަ ކިހިނެއް ވާނީ؟
ޝޮކްތެރަޕީ
04 August 2025
އެމްޑީޕީޔަ ދަސްވެފަ އޮތީ ފަސާދަކުރުން. ކަމެއް ރަނގަޅު ކުރަަކަ ނޭގެ.
ކަޅުސޮރު001
04 August 2025
މަނިކުފާން ތިވާހަކަ ދައްކަން ތާހިރު. ޙުޅުމާލެއާ ގުޅިފަޅާ ގިރާވަރުން ގޯތި ދިނުމުން މަރުކަޒުކޮށް ލާމަރުކަޒީ ނިޒާމު ގަޑުބަޑު ކުރެވުނީ އެއްނޫންބާ!
ލާ-މަރުކަޒީ
04 August 2025
މީގެން ރައްޔިތަކަށް ކުރާނެ އެއްވެސް ގެއްލުމެއް ނެތް. ވިޔަސް ވާނީ ފައިދާ. ކައުންސިލްތަކަކީ ވަކި ސަރުކާރުތަކެއް ނޫން. އެއީ ބްލޮކް ގްރާންޓުގެ ނަމުގައި ވިޔަސް ހަމަ ދައުލަތުގެ ބަޖެޓުން ފައިސާ ދީގެން ހިންގާ ތަންތަން. އެހެންވީމާ މި ފައިސާ ޚަރަދުކުރާ ގޮތުގެ ތަފްސީލު ދައުލަތުގެ މާލީ ވުޒާރާއިން ހޯދަން ނޭދުނަސް ދޭންޖެހޭނެ. މިހާރު އޮންނަ ގޮތުން ވިއްޔާ ބޮޑެތި އަދަދުތަކުން ފައިސާ ނަގައިގެން ރައްޔިތުންނަށް ފައިދާވާ ކަންކަން ކުރުމުގެ ބަދަލުގައި ކުރަނީ އިސްރާފު.
މީނަގެ
04 August 2025
ލާމަރުކަޒޭ ކިޔައިގެން ވެރިކަންކުރިއިރު އިދިކޮޅު ކައުންސިލެއް ވެއްޖެޔާ ދަތިކުރި އިރު އެއީ ވެސް ތިބުނާ ލާމަރުކަޒުދޯ. ކަލޭމެންނައް ވުރެން ބޮޑައް މިހާރު ވެސް މިސަރުކާރުން ބާރުތައްދީހެދި.. މިހާރު އެލީއިސްލާހަކީ ކޮރަޕްސަން ބޮޑުކަމުން އެހުއްޓުވޭނެ އިސްލާހެއް.