އެމްޑީޕީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޒިޔާރު (ފިއްޓެ) ވާހަކަ ދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ
05 އޯގަސްޓް 2025 - 18:31
ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް މިހާރު ފޮނުވާފައިވާ ބިލަށް އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލިހުން ރޭ ހުޅުވާލި ފުރުސަތު މިއަދުގެ މެންދުރު އެކެއް ޖެހުމާ ހަމައަށް ހަމަވިއިރު، އެ ޕާޓީގެ ޖަވާބަކީ އެ ބިލް އަނބުރާ ގެނައުން ކަމަށް ބުނެ މަޖިލިހުގެ އިދާރާ އަށް ސިޓީ ފޮނުވައިފި އެވެ.
މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސްކޮށް ފޮނުއްވި ސިޓީގައި އެންމެ ބޮޑު އިދިކޮޅު ޕާޓީން ބުނީ، ގާނޫނަށް ބަދަލެއް ގެންނަ ނަމަ އެ ކަން ކުރަން ވާނީ ފުޅާދާއިރާއެއްގައި ހިންގާ މަޝްވަރާތަކަކަށް ފަހު ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އެހެންކަމުން، މިވަގުތު ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް އަނބުރާ ގެންދެވުމަށް، ވަރަށް އަދަބުވެރިކަމާ އެކު ސަރުކާރުގައި ދަންނަވައި ދެއްވުން އެދި ދެންނެވީމެވެ،" އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު ސޮއިކުރައްވާފައިވާ ސިޓީގައި ބުންޏެވެ.
އެމްޑީޕީން ބުނީ، އެ ޕާޓީގެ ވެރިކަމުގައި 2019 ގައި ލާމަރުކަޒީ އިސްލާހުތައް ގެނައީ ވަރަށް ގިނަ ބައެއްގެ މަޝްވަރާ އާއި ހިޔާލު ހޯދުމުގެ ގިނަ ބައްދަލުވުންތައް އަދި ބައިނަލްއަގްވާމީ ޖަމިއްޔާ އާއި ޖަމާއަތްތަކުގެ ވެސް މަޝްވަރާއާ އެކު ކަމަށެވެ. އެ މަޝްވަރާތަކަށް ފަހު ގެނައި ބަދަލުގެ ނަތީޖާ ވެސް ކައުންސިލްތަކުގެ ފަރާތުން ފެންނަ ކަމަށް އެމްޑީޕީން ބުންޏެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަށް ހިޔާލާއި ކޮމެންޓު ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން ހުޅުވައިލީ އިއްޔެ ހަވީރު ހައެއް ޖެހިއިރު އެވެ. ސުންގަޑިއަކަށް ދީފައި އޮތީ މިއަދުގެ މެންދުރު އެކެއް ޖެހުމާ ހަމައަށެވެ.
ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް މިހާރު ފޮނުވާފައިވާ ބިލުގެ ސަބަބުން ކައުންސިލަރުންނަށް މުސާރަ ނަގައިގެން ތިބުން ފިޔަވައި އިތުރު އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށް އެމްޑީޕީން މިއަދު ބޭއްވީ ނިއުސް ކޮންފަރެންސްގައި ބުންޏެވެ.
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާރު (ފިއްޓެ) ވިދާޅުވީ، ކައުންސިލަރެއްގެ މަގާމު ހުސްވެއްޖެ ނަމަ ދެން އަންނަ ކައުންސިލް އިންތިހާބު ބާއްވަން 18 މަސް ދުވަހަށް ވުރެ ކުރު މުއްދަތެއް އޮވެއްޖެ ނަމަ ބައި-އިލެކްޝަން ނުބޭއްވޭ ގޮތަށް ހަދައި، އެމްޑީޕީގެ ސަރުކާރުގައި ކައުންސިލްތަކުގެ އިހުތިސާސް ކަނޑައަޅަން ދިން ބާރު ވެސް ސީދާ ރައީސްގެ ބާރުގެ ދަށަށް ގެންގޮސް، މިހާރު އުޅެނީ ކައުންސިލްތަކުގެ މާލީ ބާރުވެރިކަމާއި މިނިވަންކަން ވެސް ކަނޑުވާލަން ކަމަށެވެ.
އެކަމަކު، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މެމްބަރުން އެކަމާ ދެކޮޅެވެ. ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އިސްލާހުތަކުން ނުބައި ތަސައްވުރެ ދިނުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރާ ކަމަށެވެ.
"މީގައި [ބިލްގައި] މި ބުނަނީ ކައުންސިލްތަކުން ވިޔަފާރި ކުރާށޭ ލޯކަލް ގަވަމަންޓް ކުންފުނިތައް މެދުވެރިކޮށް. ކުރާއިރުގައި އެ ރަށެއްގައި އާންމު ރައްޔިތަކު ކުރާ މަސައްކަތެއް ނުކުރާށޭ. ދިހަ މިލިއަނަށް ވުރެ ބޮޑު އަދަދެއްގެ ވިޔަފާރިއަކަށް ނުވާށޭ. އަދި ހަމަ އެހެންމެ ކައުންސިލުން ކުރަން ކަނޑައަޅާ މަސައްކަތަކީ ރަށުގެ އުމްރާނީ ތަރައްގީއާ ކޮންމެހެން ގުޅިފައިވާ މަސައްކަތަކަށް ވާާށޭ،" ބިލްގެ ބައެއް ތަފުސީލްތައް ތިލަކޮށްދެއްވަމުން ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ، އެއީ ލާމަރުކަޒީ ނިޒާމު ފުނޑާލުން ކަަމަށް މާނައެއް ނުކުރެވޭނެ ކަމަށެވެ.
ކައުންސިލްތަކުގެ މާލީ ހަރަދުތައް ކުރުން ހަނިކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ހުށަހެޅިި އިސްލާހުތަކުގެ ތެރެއިން އެއް ކަމަކީ ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގައި މާލީ ކަންކަން ހިންގާއިރު ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލެއްގެ ތެރެއިން އަމަލުކުރަން ލާޒިމް ކުރުމެވެ.
އެ އިސްލާހުގައި ބުނެފައި ވަނީ ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ އެއް އަހަރު ނުވަތަ އެ އަށް ވުރެ ކުރު މުއްދަތެއް ނަމަ ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ނޫނީ ބައެއް ކަންކަން ކުރަން ކައުންސިލުން ނިންމައިގެން ނުވާނެ ކަމަށެވެ. އެއީ:
1- ކައުންސިލް އިދާރާ އަށް ނުވަތަ ކައުންސިލް އޮފީހަކަށް ދާއިމީ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް މުވައްޒަފުން ނެގުން.
2- ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުން.
ބިލްގައި ދެން ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ކައުންސިލް ހިމެނޭ ދާއިރާތަކުގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހިންގުމުގެ ބާރު އެ ރަށެއްގެ ލޯކަލް އޮތޯރިޓީ ކުންފުންޏަށް ދީފައިވީ ނަމަވެސް ވަކި ޝަރުތުތަކެއް ފުރިހަމަ ކުރަން ޖެހުމެވެ. އޭގެ ތެރޭގައި ހިމެެނެނީ ބިލްގައި ވާ ގޮތުން
1- އެ ލޯކަލް އޮތޯރިޓީ ކުންފުނިން ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތަކުން ކުރަމުންދާ އިގުތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ނުވުން.
2- އެ މަސައްކަތަކީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީ އަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތަކަށް ނުވުން.
3- އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސްމާލުގެ އަދަދު 10 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނުވުން.
ބިލްގައި ބަޔާންކޮށްފައިވާ ގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ވެސް ނުނެގޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުއްޔަށް ދޫކޮށްފައިވާ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުއްޔާއި ކައުންސިލްގެ އިމާރާތްތަކާއި މުދަލުގެ ކުއްޔެވެ.
ކައުންސިލްތަކުގެ ބޭންކު އެކައުންޓުތައް ހިންގަންޖެހެނީ ބިލްގައިވާ ގޮތުން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ތެރެއިންނެވެ. އަދި އެ ކައުންސިލެއްގެ ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓް ހޯދަން ފިނޭންސް މިނިސްޓްރީން އެދިއްޖެ ހާލަތެއްގައި އެ މައުލޫމާތު ވެސް އެ މިނިސްޓްރީ އަށް ދޭން ވާނެ ކަމަށް ބިލްގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަންނި ބިންތު ލައިލާ
06 August 2025
ރަށުގެ މުޅި އާބާދީގައި ހާހެއް ހަމަ ނުވާ އަދި ރަށުގައި ގާއިމުވެ ދިރިއުޅޭ އާބާދީ 500 އަށް ވެސް ނާރާ ރަށް ރަށުގައި ސަރުކާރުން މުސާރަ ދީފައި 5 ކައުންސިލަރުން ބައިތިއްބަން ޖެހޭ އެއްވެސް ސަބަބެއް ނެތް، އަދި މުޅި އާބާދީގައި ހާހެއް ހަމަވިޔަސް ރަށުގައި ދިރިއުޅޭ އާބާދީ ހާހަކަށް ނާރާ ނަމަ 5 ކައުންސިލަރުން ބައިތިއްބަން ޖެހޭ އެއްވެސް ސަބަބެއް ވެސް ހަމަ ނެތް. އަދި ދައުލަތުން މުސާރަދޭ 5މެމްބަރުންގެ ޑަބްލިއު ޑީ ސީ ކޮމެޓީ އެއްވެސް އޮންނާކަށް ނުޖެހޭ.
ގާސިމް
06 August 2025
ރައްޔިތުން ވޯޓުން ބުނެފަ އެއޮތީ އެމްޑީޕީ ގެ ހިޔާލު ކަމަކު ނުދާކަމަށް. ދިވެހިން ވޯޓެއްނުދޭ އެމްޑީޕީއަކަށް. މަޖިލީހަށް ބާރު ނުފޯރުވާ އެބަޔަކާ ހަވާލުކުރެވުނު މަސައްކަތް ކުރުމަށް ހުރަސް ނާޅާ.
އަފުން
06 August 2025
ލާމަރުކަޒީ ނިޒާމު ނިޒާމުގެ ގާނޫނަށް އިސްލާހު ގެންނަންޖެހެއެވެ. މެންބަރުންގެ އަދަދު މަދުކުރުމަކީ އެންމެ މުހިންމު ކަންތަކެވެ. އަދި ފައިސާއަށް ޒިންމާވުން ހަރުދަނާ ކުރަން ޖެހެއެވެ. މިހާރު މިވެރިން ކުރާ ކަމަކީ ތަޖުރިބާ ދަތުރުގެ ނަމުގައި ޗުއްޓީ ދަތުރު ދިއުމާއި ކުޅިވަރު މުބާރާތްތައް ބޭއްވުމެވެ.
މަބުނީއުވާލަންލަސްވެއްޖެ
06 August 2025
ލާމަރުކަޒުފަދަ ބޮޑެތިފުޅާމަރުކަޒުހިންގަން ގައުމުގެމައިބަދައިގައިވަރުނެތުމާއެކު ޚުދުތިމާމެންވެސް ބިލިއަނުްލޯނުނަގައި ފައިސާޗާޕުކޮށްގެން ހިންގަންޖެހުމުން އެނގިގެންދަނީ އެއީމިގައުމަށްއަދިބޭނުންވާ މަރުކަޒެއްނޫންކަން. އެއަށްވުރެ މުހިއްމުއަސާސީ އެތައްކަންކަން ރައްޔިތުންނަށްބޭނުންޖެހި ނުފުދިފައިއެބަހުރި. ބޭނުންވާކަންކަމުގެ ލިިސްޓްލިޔެގެން ސަރުކާރަށްހުށައަޅާފަ ތިޖޫރީހިފައިގެން ބޭރަށްޕިކުނިކުދާކަށް ކުޅިވަރުމުބާރާތްބާއްވާނެ ކައުންސިލުތަކެއް ބޭނުމެއްނުވޭ.
އަލީމީ
06 August 2025
މޑޕ، ޕނސ، ޕޕމ ހަމަ އެއްތާކު ޖެހުނީ ވެރިކަމަށް އިސްވެ.
ގޮނުއަނގަ
06 August 2025
(ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް މިހާރު ފޮނުވާފައިވާ ބިލުގެ ސަބަބުން ކައުންސިލަރުންނަށް މުސާރަ ނަގައިގެން ތިބުން ފިޔަވައި އިތުރު އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށް އެމްޑީޕީން މިއަދު ބޭއްވީ ނިއުސް ކޮންފަރެންސްގައި ބުންޏެވެ.) މިހާރުވެސް އެކަން އޮތީ ހަމަ އެހެން. ޤާނޫނު ޖެހޭނީ އިސްލާޙް ކުރަން.
ޓްރަމްޕް
05 August 2025
އެމްޑީޕީގެ ޖަވާބު އެއީ ވެލިޑް އެއްޗެއް ނޫނޭ.އެމެންގެ ރަޢުޔުއެއް މިކަމުގަ ހޯދުން ލާޒިމެއް ނޫން.އެމެން އެއީ އައުޓްޑޭޓެޑް ވެފަ އޮތް ޕާޓީއެއް.
ޙައްގުބަސް.
05 August 2025
ކުރީގަވެސް ޖަވާބެ ނުދިން ބަޔަކު ޖަވާބު ހޯދަނީ
ރާވެރިބެ
05 August 2025
ޅާމަރުކަޒީ ގާނޫނަށް ހުށަހެޅުނު އިސްލާހުތަކުގެ މައްސަލައިގަ އެމްޑީޕީގެ ވިސްނުމާ ގިނަ ރައްޔިތުންގެ ވިސްނުމާ ތަފާތު.ގިނަ ރައްޔިތުން ބޭނުންވަނީ ކައުންސިލްތަކުގެ ބާރު ހަނިކޮށް ބޮޑެތި ނިންމުންތަށް ނިންމަން ސަރުކާރު އޮތުން. ޢެއީ ރައްޔިތުންނަށް ކައުންސިލަރުންގެ ފެންވަރާ އަމަލުތަށް ހުންނަގޮތް މާ ރަގަޅަށް އެގޭތީ. މިއީ އަދި ތަރައްގީގެ ވަރަށް ޅަފަތުގަ އޮތް ގައުމެއް. ޚައުންސިލްތަށް ކުދި ސަރުކާރުތަކެއް ހެން ނުހިންގޭނެ. ޜައްޔިތުންގެ ފައިސާއަށް ރައްކާތެރިވޭ!
ޑރ ވާންޗޯ
05 August 2025
އެމްޑީޕީގަ ސަރުކާރުން ހިޔާލަކަށް ނޫނީ ޖަވާބަކަށް އެދުނީތޯ މަތިންބައިން ޖެހިގެން ތިޔަ ގޮތްކިޔަނީ؟. ސަރުކާރަށް "ހީވެސްނުވޭ".