ފުވައްމުލަކުގެ ރިންގްރޯޑުގައި ބަޔަކު ސައިކަލްތަކުގައި ދަނީ: އެ ރަށުގައި 17 އަހަރުގެ ފިރިހެންކުއްޖަކު ރޭ ނިޔާވީ ސައިކަލްގައި ދަނިކޮށް ހޮޅިދަނޑިއެއްގައި ޖެހިގެން.
06 އޯގަސްޓް 2025 - 08:56
ފުވައްމުލަކުގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި އެ ކުއްޖާ ނިޔާވީ، ފުވައްމުލަކު ފުނާޑު އަވަށުން ހުސްނުހީނާ މަގުން ސައިކަލެއްގައި ދަނިކޮށް ފާރުގައި ޖެހި ކޮންޓްރޯލް ނުވެ، މަގުބައްތި ހަރުކޮށްފައިވާ ހޮޅިދަނޑީގައި ޖެހިގެންނެވެ.
އެ ފިރިހެންކުއްޖާ ނިޔާވީ ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް ރޭ 3:38 ގައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުންނަށް އެ އެކްސިޑެންޓުގެ ރިޕޯޓު ލިބުނީ ދަންވަރު 2:40 ހާއިރު އެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނީ، އެ ކުއްޖާ ފެނުނީ އެކްސިޑެންޓުވިތާ ގިނައިރުތަކެއް ވީ ފަހުން ކަމަށް ބެލެވޭ ކަމަށެވެ. އަދި ސައިކަލް އޮތީ އެކްސިޑެންޓުވި ހިސާބާ 500 ވަރަކަށް ފޫޓު ދުރުގައި ކަމަށް ވެސް މަންޒަރު ދުށް މީހުން ބުންޏެވެ.
ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވިންދު ނެތްކަން ފާހަގަވި ކަމަށް އެ ސަރަހައްދަށް ފުރަތަމަ ދިޔަ ބައެއް މީހުން ބުންޏެވެ.
މާލޭގައި މިދިޔަ މަހުގެ ޖުލައި 13 ވަނަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓެއްގައި ވެސް އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކު ވަނީ ނިޔާވެފަ އެވެ. އެއީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމަ އެކަނި ދަރިފުޅު އަލްސަލް މުހައްމަދު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލޫފުބެ
06 August 2025
އަދިވެސް އެކްސައިޓަރ ކަހަލަ ރޭސްޖަހާ ސައިކަލް ދަރިންނަށް ގަނެދެވޭތޯ ބަލާތި! އޭރުންދީ ބާރަށް ދުއްވޭނީ. ކުދިން އަރާހިތްވަނީ ރޭސްޖަހާ ސައިކަލަށް. އެކަކަށްވުރެ އަނެކަކު ބާރަށް ދުއްވޭތޯ. މިހިރީ ހާލު
ސާޅަގަ
06 August 2025
ކީއްކުރާނީ، މިޒަމާނުގެ ކުދިން ގަންނަން ބޭނުންވަނީ، ރޭސްޖަހާ އެކްސައިޓަރ ކަހަލަ ސައިކަލް. މައިންބަފައިން ހާލުގައި ޖައްސައިގެން ނަމަވެސް ރޭސްޖަހާ އެއްޗަކަށް އެރޭތޯ ބަލަނީ. ހުރި ބާރުމިނެއްހގައި ދުއްވަ ނަގަނީ
ހަމްދާ
06 August 2025
ފުލުހުން މިކަމުގަ ޒިންމާ ނަގަން ޖެހޭ
ކުދުބެއްޔާ
06 August 2025
'އަންޑަރއޭޖްގެ' ކުދިންތައްދުއްވާ ނަގަނީ. މިކަން ބަލަންޖެހޭ ބަޔަކު ހަމަގައިމުވެސް ތިބޭނެ. އަހަރެމެންނަށް މިކުދީން ދުއްވާކަން މިއެގެނީ ފުރާނަ ގެއްލޭ ހިސާބުން. މީ ފަރުވާއެއް ބޭނުންވާކަމެއް. މުސާރަތައް ބޮޑުކޮށް މީހަކަށް ތިން ފުލެޓާ ރާއްޖޭންބޭރުން އަންލިމިޓެޑް ހެލްތްކެއަރ ޕެކޭޖެއް ހަޖައްސައިގެންވިޔަސް މިކަން ރަގަޅުކުރެވޭތޯ ބަލަންވެއްޖެނު.
ސަލަފު
06 August 2025
ކުޑަކުދިންނަކީ ކުޑަ ކުދިންނެވެ މާތްﷲއަށްވުރެ ތިބާމެން އޯގާތެރިންކަމަށް ދެންކޭތީފެންނަ ނުރަނގަޅު ނަތީޖާ މިފެންނަނީއެވެ ކުޑަކުދިންނަކީ ބާލިޢުނުވާކުދިންނެވެ ހިސާބު ބައްލަވާ ބާލިޢުވުމުންނެވެ ! ކުޑަކުދިންނަކީ ކޮބައިތޯ ބެލެނިވެރިން ކޮބައިތޯ ސައިކަލުގެ ވެރިފަރާތް ފަންވަރު ތުއްތު ކުއްޖަކު މަގުމަށްޗަށް ދޫކޮއްލި މައްސަލަ އާއި ސައިކަލުގެ ވެރި ފަރާތުގެ މައްޗަށް ގަސްތުގައި ކުއްޖަކު މެރުމުގެ ދައުވާ އުފުލަންވީނޫންތޯ ؟
ފިރި ސިރު
06 August 2025
މުޅިންވެސް މައިން ބަފައިންގެ ޒިންމާ "ކުޑަކުދިން" 17 އަހަރުގެ ދަންވަރު 2 ޖަހާއިރު ގެއިން ބޭރުގައި..... ބޮއި ހަލާކު
ވަރަށް ދެރަ
06 August 2025
ކީއްވެތަ ދިމާވާ މިފަދަ ހާދިސާތަކުން ޢިބްރަތް ޙާޞިލުނުކުރަނީ. ސައިކަލަކީ ފޮނިދައްކަން ދުއްވާ އެއްޗެއް ނޫން. ފޮނިދައްކަން ވިޔަސް ރަނގަޅަށް ދުއްވަން ދަސްކޮށްގެން ލައިސަންސު ނަގައިގެން ދުއްވަންވާނީ. މިއުމުރުގެ ކުދިންނަށް އެބަޖެހޭ ސުކޫލުތަކުންވެސް ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ހިންގަން. މިއީ މަޖަލަކަށް ކުރެވޭ ކަމެއް ނޫންކަމާއި އެއަށްވުރެ ބޮޑު ކަމެއްކަން ކިޔައިދެވެންޖެހޭ.
ބޮއިހަލާކު
06 August 2025
ހޫން.. ހުރިހާކަމެއް ސްކޫލުން ދަސްކޮށްދެންވީ... ބެލެނިވެރިން ތިބޭ ސްކޫލްތައް އެއީ ޑޭކެއަރތަކަށް ހަދާފަ ކޮފީބޮއެ ޕާޓީކުރަން... އޭރު ދަރިން ތަރުބިއްޔަތު ހުންނާނީ ވެފަ..
މުލައް
06 August 2025
އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން. އަދި 18 އަހަރުވެސް ނުވާކުއްޖެއްގެ އަތަށް ސައިކަލް ލިބުނުގޮތެއްވެސް އޮންނާނެ. އެފަދަ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުއަޅަން އެބަޖެހޭ. މީ ހަމައެކަނި އެ އާޢިލާއަށް ލިބޭ ހިތްދަތިކަމެއްނޫން. މުޅި ޤައުމަށްލިބޭ ހިތްދަތިކަމަކާއި ވޭނެއް. މިފަދަ ޚަބަރެއް ފެންނަ ކޮންމެފަހަރަކު ގައިން ހީބިހިނަގައިގެންދޭ. ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އާމީން
ރަދީފްއޮފިޝަލް / ހިލޭ ޓީވީ
06 August 2025
ޔޭސް ބްރޯ.ކޮންމެ ދިވެއްސަކަށް ލިބޭ ގެއްލުމެއް / އަނިޔާއެއް އެއީ މުޅި ގައުމަށް ލިބޭ ދެރައެއް.
ދޮހޮއްތުބެ
06 August 2025
ހިތާމައިގެ ކޮޅެއް ނެރް. ތިބއުމުރަކީ އެކްސްޕެރިމެންޓް ކުރުމާ އާކަންކަމައް ކެއްމަދުވާ އުމުރެއް ބެލެނިވެރިންގެ ސަމާލުކަން މުހިއްމު އުމުރެއް ބެލެނިވެރިންނައް ނޭގޭ ކިތައްމެ ކަމެއް ތި އުމުރުގަ ކުރާނެ . ކެއްތެތިކަން ދެއްވާށި
ރަދީފްއޮފިޝަލް /
06 August 2025
އާއިލާއަށް ލިބުނު ހިތާމައިގަ ބައިވެރިވަން. 17 އަހަރުގެ ކުއްޖަކު ކީއްވެ ދަންވަރު މަގުމަތީގަ؟؟ ލައިސަންސް ނެތި ދުއްވިކަމަށް ބެލެވެނީ.