އެކްސިޑެންޓުވި ސައިކަލާއި ދުވެފައި މަގު ހުރަސްކުރި މީހާ، ވީޑިއޯ ފުޓޭޖްގެ ސްކްރީންޝޮޓްގައި ފާހަގަކޮށްފައި.
13 ޖުލައި 2025 - 23:09
މިރޭ 17 އަހަރުގެ ކުއްޖަކު ނިޔާވި އެކްސިޑެންޓު ހިނގީ ކަސްރަތަށް ދުވަން އުޅުނު މީހަކު މަގު ހުރަސްކުރަން އުޅެނިކޮށް، ބާރަށް ދުއްވާފައި ދިޔަ ސައިކަލުން ޖެހިގެންކަން ވީޑިއޯއިން ހާމަވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި މާފަންނު ބަސް ޓާމިނަލާ ދިމާލުން ސްޓޭޑިއަމް ފަޅިން މަގުގެ އެއްފަރާތުން ދުވެފައި ދިޔަ މީހާ ޒިބްރާކްރޮސްއާ ދިމާލުން، ދުވެފައި ކުއްލިއަކަށް މަގުގެ އަނެއް ފަޅިއަށް ދާން އުޅެ އެވެ.
ފުލުހުން ދިން މައުލޫމާތުން ނަމަ ޒިބްރާކްރޮސް އިން، ދުވެފައި މަގު ހުރަސް ކުރަނީ އެކްސިޑެންޓުގައި ޒަހަމްވި 40 އަހުގެ މީހާ އެވެ. ސައިކަލް ދުއްވީ އުމުރުން 18 ނުވާ ދެ ކުދިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި، ދުވަން އުޅުނު މީހާ ބަސް ޓާމިނަލާ ދިމާލަށް މަގު ހުރަސްކުރަން ޒިބްރާކްރޮސްގެ ވަކި ހިސާބަށް ދިޔަ ފަހުން، ދެކުނު ހާބަރާ ދިމާލުން ބާރު ސްޕީޑުގައި ސައިކަލް އަންނަތަން ފެނުމުން އެ އިން ނެއްޓެން ދުވެލި ބާރުކޮށްލަ އެވެ. އެކަމަކު ނިޔާވި 17 އަހަރުގެ ކުއްޖާ އާއި ޒަހަމްވި 16 އަހަރުގެ ކުއްޖާ ދުއްވަމުން ދިޔަ ސައިކަލަށް ވެސް މިސްރާބު އަނބުރާލެވެނީ ދުވެފައި ދިޔަ މީހާއާ ދިމާލަށެވެ. އެއާ އެކު އެ ބާރުމިނުގައި ގޮސް އެކްސިޑެންޓުވެ އެވެ.
އެކްސިޑެންޓުވި މަންޒަރުގެ ވީޑިއޯ ފުޓޭޖް
ކެމެރާގެ ގަޑިން ފެންނަ ގޮތުގައި އޭރު 8:11 އެވެ.
އެކްސިޑެންޓުވެ، ސައިކަލުގައި އިން އެއް ކުއްޖަކު ގޮސް ޖެހެނީ ސިނަމާލެ ބްރިޖާވީ ކޮޅުން އަންނަ ޕިކަޕުގަ އެވެ. އަނެއް ކުއްޖާ ސައިކަލާ އެކު ވިއްސައިގެންދެ އެވެ.
އެކްސިޑެންޓުގައި ހިމެނޭ އެއް ކުއްޖަކު ނަގަންޖެހުނީ ވެސް އެ ޕިކަޕުގެ ދަށުންނެވެ.
މި އެކްސިޑެންޓުގައި ނިޔާވި 17 އަހަރުގެ ކުއްޖާ އަކީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) ގެ ހަމައެކަނި ދަރިފުޅު އަލްސަން މުހައްމަދެވެ. އަލްސަން އޯ ލެވެލް އިމްތިހާން ނިންމީ މި އަހަރު އެވެ.
އެކްސިޑެންޓުވެ ނިޔާވި ކުއްޖާ އާއި ޒަހަމްވި ކުއްޖާގެ ގައިން ވެސް ގިނަ އަދަދަކަށް ލޭތައް މަގުމައްޗަށް އެޅިފައި ހުއްޓެވެ. ބޮޑެތި އަނިޔާތަކާ އެކު، 16 އަހަރުގެ ކުއްޖާ އާއި 40 އަހަރުގެ މީހާގެ ހާލު ވެސް ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިސްޓަރ ވާން
15 July 2025
އޭނާ މަގު ހުރަސްކުރި ޒިބްރާ ކޮްރޮސް އަކުން ނޫން. ދުވާ މީހުްނ މަގުމަތީގައި ގުވުން މަނާ ކުރުރުން ކިހިނެއްބާ!
އެންފޯސް ރޯޑް ރޫލްސް
15 July 2025
ގަވައިދުތައް އެންފޯސް ނުކޮށް ނުކޮށް ގިނަ ދިވެހިންނަކަށް ކަފިހިހުރަހުގައި ވާންވީ ގޮތް ނުވެސް އެނގޭ. ކަފިހި ހުރަހެއް އަންނައިރު ސްޕީޑް މަޑުކުރަންޖެހޭކަމާ، މީހަކު އަރައިފިނަމަ ހުއްޓުން ތައްޔާރައް ހުންނަންޖެހޭކަން ނޭންގޭ. މަގުމަތީ ހުދު ރޮނގުއަޅާފަ ބޯޑު ބަހައްޓާފަ ހުންނަނީ، ދުއްވާ މީހާގެ ސަމަާލުކަމަށް މިކަން ގެންނަން. އެތަނުގަ ހުއްޓާ ޖެހިއްޖެނަމަ ދުއްވާ މީހާ ޒިންމާނަގަން ޖެހޭގޮތަށް މިއޮންނަނީ އެހެންވެ.
ސުވާލެއް؟
14 July 2025
ވީޑިއޯގަ ބާރަށް ދުއްވިޔޭ އެބުނާ ބަސްކޮޅަށް؟ ވީޑިއޯ ނިމޭއިރު ކުޅޭތަނުގަ ހުރި ކުއްޖާގެ ސްޕްރިންޓް ވެސް ހަމަ އެހާ ބާރީތޯ؟
ވީޑިއޯ
14 July 2025
ބުރޯ ވީޑިއޯގައި ރިއަލްސްޕީޑެއް ނުފެންނާނެ ސީސީޓީވީ ފޫޓޭޖްގެ ފްރޭމްރޭޓް ރިއަލްސިނާރިއޯއަށް ވުރެ ލަސްވާނެ
ޙުސޭނު ހގގ
14 July 2025
ޙަބަރު ތަކާއި މީހުންގެ ކޮމެންޓް ތަކުން ހީވަނީ ކުށްވެރިވަނީ ދުވި މީހާއޭ. ބާރަށް ދުއްވި ވާހަކަ އާއި ލައިސަންސް ނެތް ވާހަކަ ދެއްކުން މާ ރަނގަޅު.
އަލީ ސ
14 July 2025
ދެ ފަރާތުން ވެސް ގޯސް. ބާރަށް ދުއްވުން ގޯސް. ލައިސެންސް ނެތި ދުއްވުން ގޯސް. މަގުމަތީގައި ދުވުން ގޯސް. ތަނެއްދޮރެއް ނުބަލާ ހުރަސްކުރުން ގޯސް.
ދިގުސީ
14 July 2025
ބާރައް ދުއްވާ ފަރާތް ތަކައް މިހާރު ފުލުހުން އެއްވެސް ވަރަކައް ފިޔަވަޅު ނާޅަނީ ކީއްވެ ތޯ
ޒިކީ
14 July 2025
ކޮންމެ މަގެއްގަ 12 ފުލުހުން ބެހެއްޓިޔަސް އަމިއްލަ ޒިންމާ ނެތިއްޔާ މިކަން ރަނގަޅު ވާނެ ތޯ
އައިފާން
14 July 2025
ދުވަސްކޮޅެއް ވަންދެން ދެކެވުނު ލައިސަންސް ނެތި ދުއްވާ އުޅަނދުގެ ވެރި ފަރާތް ޖޫރިމަނާ ކުރާ ވާހަކަވެސް. މިކަން ކުރމަކީވެސް ކަން ކަން އިސްލާހު ކުރަން ފައްޓަން ކުރެވޭނެ 1 ކަމެއް
ބުޅާދޮންޔޫސުބު
14 July 2025
ރާއްޖޭގަ މަގުހިގާމީހުންނަށް ވުރެ ހައްގުތައްގިނައީ ވެހިކަލްދުއްވާމީހުންގެ، މަގެއްދައްކަބަލަ ހިގާމީހުނަށް ހަމަޖެހިގެން ހިގާލާފަދެވޭނެ، މާލޭގަޔާއި ހުޅުމާލޭގަ ދުވާޓުރެކްހަދާފަ އޮތީ ދުވާއެންމެން ގޮސް ދުވާކަށްނޫން، ވެހިކަލް ކޮންޓްރޯލްކުރަންވީ މާލޭގެ ދެވިޔަފާރިވެރިއަކު މަހަކު ތިންހަތަރުކޮންޓޭނަރު ސައިކަލުގެނެސް ވިއްކާ އެމީހުން މުއްސަދިވެ ނިމިއްޖެ، ގަރާޖުސިޓީވިއްކާ ކާރުތައްވެސް އެއޮތީ މަގުތަކުގަ އެގޮތްމިގޮތްނުބަލާ ޕާކުކޮއްފަ ހުޅުމާލޭގަވެސް ނޭވާލެވެންނެތް
ބުޚޅާ
14 July 2025
ސުރުހީ ބަދަލުކޮށްލަ ބަ! ލައިސަން ނެތި ބާރަށް ދުއްވި ސައިކަލަކުން ޖެހި މީހަކު ވެންޓިލޭޓަރަށް
އަޖައިބު
14 July 2025
އަސްލުވެސް މިވާގޮތުން 18 އަހަރު ނުވާ ހުރިހާ ކުދިން ސައިކަލް ދުއްވާނީ ދެން ލައިސަންސް ނުލާ 18 ވިޔަސް
ދޮންކަރާ
14 July 2025
3 އާއިލާއެއްގެ ދިރިއުޅުން މުޅިން ބަދަލުވެއްޖެ. އެއްއާއިލާއެއްގެ ހުރި އެންމެ ދަރިއަކު ނިޔާވެއްޖެ. 2 މީހެއް ހޮސްޕިޓަލުގައި މަރަށް ތެޅެނީ. ހާދިސާއަށް ނެގީ 5 ސިކުންތު. ހެޔޮނުވާނެ މިރާއްޖޭގައި ބާރަށް ދުއްވުން ހުއްޓުވައިދީބަލަ. ހިނގާ މީހުން ސޭފްކޮށް ހުރަސް ކޮށްދެވޭނެގޮތް ހަދައިދީބަލަ.
ރައްޔިތު ކޮއި
15 July 2025
އާން! އެއީ ތެދެކެވެ. ބާރަށް ދުއްވުން ހުއްޓުވަންޖެހޭނެއެވެ. އެކަމަކު، ބާރަށް ދުއްވާ މީހާ އެކަމު ތަނެއްދޮރެއް ނުބަލާ، ކުއްލިއަކަށް ސައިކަލު ދުއްވަން އިން މީހާ ނަމަ ނަަމަނަމަ، މަޑުކުރުވެން ޖެހޭނެ!