އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
07 އޯގަސްޓް 2025 - 15:06
ތައުލީމީ ދާއިރާގައި ޓީޗަރުން ނުލިބެނީ މި ދާއިރާއަށް ވަރަށް ބޮޑަށް އަޅާނުލައި އިހުމާލުވެފައި އޮތުމުން ކަމަށާއި މިހާރު އޮތް ހާލަތަކީ "ކާރިސާ"އެއްގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސިފަކުރައްވައިފި އެވެ.
ތައުލީމީ ދާއިރާގައި ކިޔަވައިދޭނެ ދިވެހި ޓީޗަރުން ނުލިބުމަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން ދައްކަމުން ދިޔަ ވާހަކަ އެކެވެ. އެކަމަށް ހައްލެއް ހޯދަން މިދިޔަ ސަރުކާރުގައި ޓީޗަރުންގެ މުސާރަތައް ވަރަށް ބޮޑުކުރި އެވެ.
އެކަމަކު އޭގެ ސަބަބުން މާބޮޑު ބަދަލެއް ނުފެނުނު ކަމަށް ތައުލީމީ ދާއިރާގެ އިސް ބޭފުޅުން ވިދާޅުވެ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ފޭސްބުކްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަށް ކުރިމަތިލާން ޖެހިފައި ވަނީ ޓީޗަރުން ނުލިބުމުގެ ކާރިސާއަކާ ކަމަށެވެ. އެއީ، "ސިޔާސީ ގޭސް އެނބުރުމަށް ވުރެ ހައްސާސީ ކަމެއް" ކަމަށް ވިދާޅުވި އެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
އެންމެ ބޮޑު އެއް މައްސަލައެއްގެ ގޮތުގައި މިނިސްޓަރު ދެއްކެވީ، މީގެ ކުރިން ޓީޗަރުންގެ ދުޅަހެޔޮކަމާއި ވަޒީފާގެ ރައްކާތެރިކަމަށް ބަލާފައި ނުވުމުވެ.
"އާ ޓީޗަރުން ތަމްރީނުކުރަން ގައުމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތެއް ފާއިތުވެދިޔަ ކައިރި މާޒީގައި ކޮށްފައި ނުވެ އެވެ. ނަތީޖާއަކީ 2023ވަނަ އަހަރު ނިމުނުއިރު، އުގެނުމުގައި ހާއްސައެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭން ބޭނުންވާ 600 އަށް ވުރެ ގިނަ ޓީޗަރުން ނެތި ދަރިވަރުން ބިކަވެފައި ތިބުމެވެ،" އިސްމާއިލް ވިދާޅުވި އެވެ.
"މާލޭގައި ދިރިއުޅުމުގެ އަގާއި، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް އެތުރިފައިވާ ގޮތަށް ރިއާޔަތްކޮށް ޓީޗަރުން ފަސޭހައިން ކިޔެވޭގޮތަށް ކަންކަންފަހިކޮށް، މިދާއިރާއަށް ސްކޫލްތަކުން ނުކުންނަ ދަރިވަރުން ކިޔެވުމަށް ބާރުއަޅާފައިވާ މިންވަރުކުޑަ އެވެ."
މިނިސްޓަރު ވިދާޅުވި ގޮތުގައި ޓީޗަރުންގެ ދަތިކަން ހައްލުކުރަން އެއްވެސް ތަމްރީނެއް ލިބިފައިނުވާ ބަޔަކު، ހާއްސަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށްމަށް ވުރެ، އެ ދާއިރާއިން އެއް އަހަރު ދުވަހުގެ ޑިޕްލޮމާއަކާ އެކު ތަމްރީނުވެގެން ތިބި ޓީޗަރުން ގަބޫލުކުރުން މާ ރަނގަޅުވާނެ އެވެ.
ކުޑަހުވަދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ކްލާހެއްގައި ކިޔަވައިދެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެއް އަހަރުގެ ޑިޕްލޮމާއާ އެކު ޓީޗަރުންނަށްވި އެތައް ބަޔަކު މި ގައުމުގައި ތިބޭނެ ކަމަށާއި އެ މީހުންނަކީ ދަށް ބައެކޭ ނުބުނެވޭ ވަރުގެ މޮޅު ޓީޗަރުންގެ ގޮތުގައި ފާހަގަކުރެވުނު ކަމަށް ވެސް ވިދާޅުވި އެވެ.
"2022 ވަނަ އަހަރު އެކުލަވާލި ޓީޗަރުންގެ ޖޮބް މެޓްރިކްސްގައި ލެވަލް 5ގެ ޑިޕްލޮމާ [1 އަހަރުގެ] ސެޓްފިކެޓަކަށް ސެން ކުލާސްތަކުގައި ކިޔަވައިދޭނެ މުދައްރިސެއްގެ ދާއިމީ ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ވަނީ ލިޔެފަ އެވެ. ދެން މި އޮނިގަނޑަށް ފެތޭ ގޮތަށް މުދައްރިސުން ތަމްރީނުކުރުން ގޯސްވާނީ ސީދާ އިދިކީލި ސިޔާސީ ބަޔަކަށެވެ،" މިނިސްޓަރު ވިދާޅުވި އެވެ.
"ޓީޗަރެއްގެ އަތުގައި ފުރަތަމަ ޑިގްރީގެ ސަނަދެއް އޮތުން މުހިއްމުވީ ނަމަވެސް، ސްކޫލެއްގައި ކިޔަވައިދެވޭނީ ހަމައެކަނި 3 ނުވަތަ 4 އަހަރުގެ ސަނަދެއް ހޯދުމަށް ފަހު ކަމުގައި ހެދުމަކީ ރާއްޖޭގެ ހާލަތު ތަންދޭ ކަމެއް ނޫނެވެ."
އިސްމާއިލް ވިދާޅުވީ، އެއީ ޓީޗަރުން ނުލިބޭ އެހެން ގައުމުތަކުގައި ވެސް އަމަލުކުރާ ގޮތް ނޫން ކަމަށާއި އެ ވިސްނުމަށް އަމަލުކޮށްގެން ދުވަހަކު ވެސް ރާއްޖެއަށް ދިމާވެފައި އޮތް ޓީޗަރުން މަދުވުމުގެ ހާލަތު ބަދަލެއް ނުވާނެ ކަމަށެވެ.
ޓީޗަރުންގެ ދަތިކަން ހައްލުކުރަން، ތަފާތު މަގުތައް ތައާރަފުކޮށް މުޖުތަމައުގައި ޓީޗަރުންނަށް އިހުތިރާމާއި ގަދަރު ލިބޭ، ޓީޗަރުންގެ ދެކެ ލޯބިވާ މުޖުތަމައެއް އުފައްދައި ދާއިރާއަށް ވަނުމަށް ހިތްވަރު ދޭންޖެހޭކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ަތަކަނޭއޭ
08 August 2025
މިނިސްޓަރ ގެ މިކަމުގެ ތަޖްރިބާ ވަރަށް ދަށްހެން ހީވަނީ، ފާއިތުވި 15 ވަރަކަށް އަހަރު ޓީޗިން ކިޔަވައިގެ ކިތައްސަތޭކަ ކުދިން ނުކުންތޯ، އޭގެ ތެރެއިން ކިތައްޕަސެންޓަކީ އަންހެނުން އަދި ކިތައް ޕަސެންޓަކީ ފިރިހެންބާ، މި ދާއިރާގަ ގިނައިން ކިޔަވާފަ ހުރީ އަންހެނުން އެހެންކަމުން މާގިނަ ދުވަހަކު ވަޒީފާގެ ދެމިހުރެވޭ ގޮތެއްނުވޭ، މިކަމާ ކުރި ދިރާސާ ކިޔާލައްވާ
ބައްޕީ
08 August 2025
ހުރިހާ ވެސް މައްސަލައަކީ ޓީޗިން ނުހަދާ ތަޢުލީމާއި ތަޖްރިބާމަދު ހުނަރުވެރިކަމެއްނެތް ފެންވަރުދަށް މީހުން ވައްދައިގެން އެމީހުންލައްވާ ކިޔަވައިދިނުމުން ދިމާވާ މައްސަލަތަކެވެ. ތަޢުލީމީ ދާއިރާ މިހާ ދަށަށްދާން ޖެހުނީ މިސަގާފަތް ސްކޫލްތަކުގައި އަށަގަނެ ޢަމަލުކުރާތީއެވެ. އަހަމަ އެހެންމެ ގިނަޕްރިންސިޕަލުންނަކީ ވަރަށްވެސް ފަރުވާކުޑަ ކަންކަންބަލައި ރަގަޅުކުރަން ނޫޅޭ ބައެއްކަން ވަރަށްބޮޑަށް ފާހަގަވެއެވެ.
އިއްޒަތު
08 August 2025
މިއަހަރު ރާއްޖެތެރޭ ސްކޫލެއްގެ ގްރޭޑް 10 ގެ ކްލާހެއްގައިތިބި 43 ކުދިންގެ ތެރެއިން މޮޕް ޓެސްޓުން ފާސްވީ 12 ކުދިންނެވެ. އޭގެތެރެއިން 31 ކުދިން ފާހެއް ނުވެއެވެ. ދެންޖެހެނީ ކްލާސް ދެބައިކޮށް 12 ކުދިން އެކްސެޓެންޑަށްނަގާ އަނެއް 28 ކުދިން ކޯއަށްނަގާ ކްލާސް ދެބައިކޮށްގެން ވަކިން ކިޔަވައިދޭށެވެ. މީގެއިން އެގެނީ ކިޔަވައިދޭ ޓީޗަރުގެ ފެންވަރުދަށްކަމެވެ. މިހުންނަކަންކަން ރަގަޅުނުވެ ކިޔަވައިދިނުމުގެ ފެންވަރު މަތިނުކުރެވޭނެއެވެ. މިކަންކަން ބަލާނެމީހަކުނެތެވެ.
ރަމަ
08 August 2025
ޓީޗަރުން ނުލިބެނީ މިދާއިރާއަށް ކުރީ ސަރުކާރުތަކުން އިހުމާލުވުން ކަމުގައި ވާނަމަ އެކަން ރަގަޅުކުރުމަށް ކުރެއްވީ ކޮންކަމެއްތޯއެވެ. ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ފެންވަރު ދަށްވެގެން އުޅެނީ ޓީޗަރުން މަދުވެގެން ނޫނެވެ. މިކަން ދިމާވަނީ އޮންލައިންކޮށް ވަކިމާއްދާއަކުން ކިޔަވައިގެން ޑިގްރީ ނުވަތަ މާސްޓަރ ހަދާފަ ޓީޗިން ނުހަދާ އަދި އެއްވެސް ހުނަރެއް ޤާބިލްކަމެއްނެތް ބަޔަކު ސްކޫލްތަކުގައި ކިޔައިދިނުމުންކަން މަނިކުފާނު ޤަބޫލުފުޅު ކުރައްވަންތޯއެވެ.
ބަތްކައްކާ
08 August 2025
އެކަކުވެސް ޓީޗަރުންނޭކިޔާފަ ވާހަކަދައްކާނެ އަނގައެއްނެތް. ޢެންމެންވެސް ހިމެނޭހެން މިހާރު ތިބިމީހުންވެސް ބޭނުމެއްނުވޭ ޓީޗަރުންނަށް ރަނގަޅުގޮތެއްވާކަށް. މިމިނިސްޓަރުގެ ކަމަކީ ދުޅަހެޔޮކަމޭކިޔާފަ ހަފުތާއަކު 6ދުވަހު މަސައްކަތްކުރުވަނީ ހިތުހުރިހާ ގަޑިޔަކު. އޯޓީއޮތީ މަދު ޕަސެންޓެއް ލިޔެވޭގޮތަށް. ހުރިހާބުރައެއް އާދައިގެ ޓީޗަރުންނަށް. ވެރިން ބޭނިުންގަށިއަކު ވަދެލާފަ ސަޅިބައިސާ ކަނޑަން. ޢެލްޓީން ކްލާސް ނުނަގާތިބެ ޓީޗަރުންގެ ކުއްހޯދަން.
ޔސފ
08 August 2025
2 އަހަރު ދުވަސްދެން މިސަރުކާރުގެ އެޑިޔުކޭޝަން މިނިސްޓްރީންވެސް ވީ ހަމަ އިހުމާލު،ކޮބާތޯ އަރަބިއްޔާ ކުދިންނަށް ކުރި އިހުމާލު...މަތީ ސާނަވީ ނިންމި ކުދިންގެ އުއްމީދުތައް ފުނޑުފުނޑު ކޮށްލީ ތިޔަ މިނިސްޓަރު.....
ޕލި ޒ
08 August 2025
މޮޅުމީހާއަކީ އަނެކުންގެ ކުއްދައްކާ މީހާއެއްނޫން. ގޯސްކޮން ހުރިކަންކަން ރަނގަޅުކުރާމީހާ!
ގޭސް ގަނޑު ރަނގަޅުކޮށްބަ
08 August 2025
ޔޫ ވެސް ތި ބުނަނީ "ކުރީ ސަރުކާރޭ" ތަ
ހަމްދާ
08 August 2025
ދެން ހަމަ ތިހެންކިޔާފަ މިފަސްއަހަރު ނިކަނެތި ރައްޔިތުންނަށް މިވަނީ ބޭކާރު.
އޮނަރަބްލް އަފީފު ދީދީ
08 August 2025
ދިވެހި ޓީޗަރުން ނުލިބޭ މައްސަލަތަކަށް ބަލާއިރު ބޭސިކް ޓީޗާރސް ޓްރެއިނިންގ ކޯހުން ފެށިގެން އެޑްވާންސް ކޯހާއި ހަމައަށް ކިޔެވުމަށްޓަކާ ކ.އަތޮޅު މާލެއަށް ދިއުން ނޫން ގޮތެއްނެތް. ތިޔަ މުޤައްދަސް ރަށްކޮޅަކީ ސިންގަޕޯރ އާއި ލަންޑަނަށް ވުރެން ދިރިއުޅުމުގެ އަގު ބޮޑު ތަނަކަށްވާތީ ޓީޗަރުކަން ކުރަން ބޭނުންވާ އެތައް ކުދިން ތިރަށަށް ދާންޖެހޭތީ އެ ވިސްނުން ބަދަލު ކޮށްލާ. ވަޒީރުވެސް މިވާހަކަ ކުރުގޮތަކަށް ބުނެފައި އޮތް ކަމަށް ވިޔަސް ހައްލެއްގެ ވާހަކަ ނުދައްކަވާ.