ވައިކަރަދޫ ދާއިރާގެ މެމްބަރު ޒިޔާދު މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް
06 އޯގަސްޓް 2025 - 12:50
ސަރުކާރުން ލިބެންޖެހޭ ފައިސާ ނުލިބުނީމާ ޓެކްސް ދައްކަން ދަތިވާ މީހުންނަށް ވެސް ލުޔެއް އޮންނަން ވާނެ ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) މިއަދު ވިދާޅުވެއްޖެ އެވެ.
ޓެކްސް ނުދައްކާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅައި، އެ ފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބޮޑެތި ބާރުތައް ދޭން ޓެކްސް ނެގުމުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވާ ބިލްގެ ބަހުސްގައި ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ފިއްޓޭ ވިދާޅުވީ، ފިޔަވަޅުތައް އެޅުމުގައި ހަމަހަމަކަން ގެންގުޅެން ވާނެ ކަމަށެވެ.
އެ މައުލޫއުގައި އޭނާ ނެންގެވި އެންމެ މުހިންމު އަދި ބިލްގައި ވެސް ނެތް ކަމަކީ ދައުލަތުން ލިބެންޖެހޭ ފައިސާ ނުލިބި، ދައުލަތަށް ދައްކަންޖެހޭ ޓެކްސް ނުދެއްކި ކުށްވެރިވާ ފަރާތްތަކަށް އޮތް ލުއި ގޮތެވެ.
އިދިކޮޅު އެމްޑީޕީގެ މެމްބަރު ފިއްޓޭ ވިދާޅުވީ، ސަރުކާރުން ފައިސާ ނުދިނީމާ ދެން ވާނެ ގޮތެއް ބިލްގައި ނެތް ކަމަށެވެ.
ކޯޓުތަކުގައި އަސްލު އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން. ތަރާދެއް ހުންނަނީ. އެހެންވީމާ ތަރާދަކުން މާ ބަރު އެއްޗެއް ނުކިރޭނެ.--- ފިއްޓޭ
"އަޅުގަނޑު އުންމީދު މި ކުރަނީ ކޮމިޓީ މަރުހަލާގައި ނަމަވެސް މި އަށް ކޮންމެވެސް ހައްލެއް އެބަ އަންނަންޖެހޭ. އެންމެންނަކީ ވަގުންނެއް ނޫން. ބައެއް މީހުން މަކަރު ވެސް ހަދާނެ. އިންސާނުން މިއީ. އެހެންވީމާ މަކަރު ހަދާ ބަޔަކު މީގެ ތެރޭގައި އުޅޭނެ. ހަގީގަތުގައި އެ ފައިސާ ނުލިބިގެން ޓެކްސް ނުދެއްކޭ މީހުން ވެސް އެބައުޅޭ،" ފިއްޓޭ ވިދާޅުވި އެވެ.
"އެހެންވީމާ އެ މީހުންނަށް ވެސް ކޮންމެވެސް ގޮތެއް އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ."
ފިއްޓޭގެ އަނެއް ކަންބޮޑުވުމަކީ ކުދި ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކުގެ މެދުގައި ގެންގުޅޭ ތަފާތެވެ. އޭނާ ވިދާޅުވީ، މައްސަލައެއް ދިމާވެއްޖެ ނަމަ ސައިޒުން ބޮޑުވެފައި އަދި އަދަދު ބޮޑުވެއްޖެ ނަމަ އެ މައްސަލައެއްގެ ނިމުން ލަސްވާ ކަމަށެވެ.
"ކޯޓުތަކުގައި އަސްލު އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން. ތަރާދެއް ހުންނަނީ. އެހެންވީމާ ތަރާދަކުން މާ ބަރު އެއްޗެއް ނުކިރޭނެ. ބޮޑު މައްސަލައެއް ވެއްޖިއްޔާ ކޯޓުގައި އެތައް ޒަމާނެއް. ރިސޯޓެއްގެ މައްސަލާގައި ޓެކްސް ނުދައްކައިފިއްޔާ އެތައް ޒަމާނެއް ވޭ. ކަންމަތީ ފިހާރައެއް ވެއްޖިއްޔާ ދުވަހުން ދުވަހަށް ބަންދުކުރޭ،" ކުދި ވިޔަފާރި އާއި ބޮޑެތި ވިޔަފާރިތަކާ މެދު ގެންގުޅޭ ތަފާތުތައް ދައްކަވަމުން ފިއްޓޭ ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވިގޮތުގައި އެއީ ޓެކްސް އިދާރާ، މީރާގެ މައްސަލައެއް ނޫނެވެ. އޮތީ މުޅި ނިޒާމުގެ މައްސަލައެކެވެ.
"މުޅި ނިޒާމުގެ ތެރެއިން އެކަން ހައްލު ކުރަން ވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ފިއްޓޭ ވިދާޅުވި އެވެ.
- އެއްވެސް ގާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކްސްއަކުން ގަސްދުގައި ރެކުމުގެ ނިޔަތުގައި ކުރާ އަމަލެއްގެ ކުށުގެ އަދަބު، ތިން މަހާއި އެއް އަހަރު ދުވަހަށް ގޭބަންދުކުރުމުގެ ބަދަލުގައި، ތިން މަހާއި ދެ އަހަރު ދުވަހާ ހަމައަށް ޖަލަށްލެވޭ ގޮތަށް އެ ބިލުގައި ވަނީ ހިމަނާފައި.
- ޓެކްސް ދައްކަންޖެހޭ މުއްދަތުގައި ޓެކްސް ނުދައްކާ ފަރާތްތައް ހަ މަސް ދުވަހާ ހަމައަށް ގޭބަންދު ކުރުމުގެ ޖިނާއީ އަދަބު، 250،000ރ. އާ ހަމައަށް ޖޫރިމަނާ ކުރުމާ އެކު، ހަ މަސް ދުވަހާ ހަމައަށް ޖަލަށް ލެވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ވަނީ ހުށަހަޅާފައި.
- ޓެކްސް ދައްކަންޖެހޭ މުއްދަތުން ފެށިގެން ފާއިތުވާ ކޮންމެ ދުވަހަކަށް ނުދައްކާ އޮތް އަދަދަށް ނަގަމުން އަންނަ 0.05 ޕަސެންޓުގެ ޖޫރިމަނާ ދެ ގުނަ ބޮޑުކޮށް، ނުދައްކާ އޮތް އަދަދުގެ 0.1 ޕަސެންޓުގެ ޖޫރިމަނާ ކުރަން ބިލުގައި ވަނީ ހިމަނާފައި.
- މީރާ އަށް ދައްކަންޖެހޭ ޓެކްސް ފައިސާއާ ގުޅޭގޮތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފު ހުށަހެޅުމުގެ ބާބު ވެސް ވަނީ ބަދަލުކޮށްފައި. މީރާ އަށް ދައްކަންޖެހޭ ފައިސާގެ އަދަދާ ގުޅޭގޮތުން، ޓްރައިބިއުނަލަށް އިސްތިއުނާފު ހުށަހެޅޭނީ، އިއުތިރާޒު ކުރާ އަދަދުގެ މަދުވެގެން 25 ޕަސެންޓަށްވާ ފައިސާ މީރާ އަށް ދައްކައި، ހަލާސް ކުރުމުން ކަމަށް ބިލްގައި ވޭ.
- ޓެކްސް ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް، މީރާ އަށް އިތުރު ފިޔަވަޅުތައް އެޅުމުގެ ބާރު ވެސް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ވަނީ ދީފައި. ދައުލަތުގެ އިދާރާތަކުން ދޭ ހިދުމަތް ހިފެހެއްޓުމާއި ބިންބިމާއި މިލްކިއްޔާތު ހިފެހެއްޓުމާއި ބޭންކު އެކައުންޓު ބެލުމާއި ތިން ވަނަ ފަރާތެއްގެ އަތުން އެ ފައިސާ ހޯދުމުގެ އިތުރަށް ބޭރު ގައުމެއް ނުވަތަ ސަރަހައްދެއް މެދުވެރިކޮށް އެ ފައިސާ ހޯދުމުގެ ބާރު މީރާ އަށް ދޭން ވަނީ ހުށަހަޅާފައި.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖިހާދު ކަރީމް
07 August 2025
ބަލަގަ އެމްޑީޕީގެ 5 އަހަރު ސުޕަރ މެޖޯރިޓީ ލިބިފައި މިކަން ނުކުރީ ކީއްވެ؟ މިއަދު މިވާހަކަ ދެއްކީމަ އިހްލާސްތެރި ކަން ނުފެނޭ
މަހްމޫދު ސައީދު
07 August 2025
އެމްޑީޕީއިން ރައްޔިތުންގެ ފައިސާގެ ވާހަކަ ދައްކަން އެއްްވެސް ހައްގެއް ނޯންނާނެ. އެހެންޔާ މިދިޔަ 5 އަހަރު ފެނަކަ އާރްޑީސީއިން ކުރި ވިޔަފާރީގެ ފައިސާ އަދިވެސް ނުލިބޭ
އާދަމްބެ
07 August 2025
ކަލޯ މި އެމްޕީ ކައިރީ އަހާބަލަ އެމްޑީޕީ ވެރިކަމުގައި ރައްޔިތުންނަށް ފައިސާ ދައްކަން ނުބުނީ ކީއްވެހޭ. ހެޔޮ ނުވާނެ މިމީހުން ވާހަކަ ދައްކަން.
ކުދުބެއްޔާ
06 August 2025
ސަރުކާރުން ލިބެންޖެހޭ ފައިސާއެއް ނުލިބިގެން ޓެކްސް ނުދެއްކާ ހާލަތެއް މެދުވެރިވެއްޖެނަމަ އެފައިސާ ސެޓްއޯފް ކުރުމުގެ އިހުތިޔާރު ވިޔަފާރިތަކަށް ދިނުމަކީ ރަގަޅުގޮތެއްކަމަށް ބެއްޔާ ގަބޫލު ކުރަމެވެ.
ކޮވިޑް
06 August 2025
ކޮވިޑް 19 އާ ގުޅިގެން އޮންލައިންކޮށް ވިޔަފާރި ކުރި، ޑެލިވަރީ ކުރި ވިޔަފާރިތައް ހުއްޓިގެން ދިޔަ. މިހާތަނަށް ޓެކްސް ދެއްކުމުގައި އެއްވެސް ލުޔެއް ދީފައި ނުވޭ. އަދި އިކޮނޮމިކް މިނިސްޓްރީން ގުޅައިގެން މައުލޫމާތު ސާފުކުރި. މީރާއިން ވެސް މެއިލްއެއް ފޮނުވި. ޖަވާބުދިނީމާ ނިންމާގޮތް އަންގާނަމޭވެސް ބުނި. އޭގެ ފަހުން އެއްވެސް ޚަބަރެއް ނުވޭ. މިހިރަ ކަންކަމަށްވެސް ބެއްލެވުން އެެދެން.
އޭމިހިރަ ރޯނާޔާ
06 August 2025
ނުލިބޭ ފައިސާއަކުން ޓެކްސް ދައްކަން އޮތީ ކޮން ގާނޫނެއްގައިތޯ؟
އޭމިހިރަ ޑެޕިއުޓީ މިނިސްޓަރާ
06 August 2025
އެހެން މީހުންނަށް ރޯނާއަށް ނުގޮވާ ކަން އޮތްގޮތް ސާފުކޮށްލަބަލަ! މީރާއަށް ޖީއެސްޓީ ފައިލް ކުރަން ޖެހޭ ޕޮރޯފޯމާ އިންވޮއިސް ކަސްޓަމަރަށް ފޮނުވާ ހިސާބުން. ސަރުކާރު އަދި ސަރުކާ ހިއްސާވާ ކުންފުނިތަކުން ޕޭމަންޓު ނުދީ އެބަ ލަސްކުރޭ އެތައް އަހަރެއްވެސް. އެކަމަކު ޕޭމަންޓު ނުލިބޭ އިންވޮއިސްއަށްވެސް ޖީއެސްޓީ ފައިލްކޮށް އަދި ކޮންމެ ކުއާޓާއަކު ފައިސާ ދައްކާ ހަލާސް ކުރަން ޖެހޭ.
އަފްރާސިޔާބު
06 August 2025
އެއީ މިހާރު ހަދާފައިވާ ގާނޫނުގައި. ބިލެއް ހަދައިފިއްޔާ ފައިސާލިބުނަސް ނުލިބުނަސް ދައްކަންވާނެ. ސަރުކާރުން ދައްކަންޖެހޭ ފައިސާގެ ވާހަކައެއްނެތް. ބިލަށް ފައިސާ ލިބުނު ދުވަހަކުން ދައްކާކަށް ނުވެސް ނެތް.
ކޭޝްފްލޯ
08 August 2025
ކޭޝް ނުލިބެނީސް ޓެކްސް ޕޭކުރަން ޖެހޭކަން ހަމަ ނޭގެނީބާ!!!!!!!
އަހުގާފު
06 August 2025
މިސަރުކާރުގައިތިބި ގިނަމީހުންނަށް ހީވެގެންއުޅެނީ ރައްޔިތުންނަކީ އަޅުންނޭ ތިމަންނަމެންނަކީ ވެރިންނޭ. އެހެނަސް ހަގީގަތަކީ ރައްޔިތުންނަކީ ގައުމުގެ ވެރިން . ސަރުކާރުހިންގަންތިބީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތުރަގަޅުކުރުމަށް 5 އަހަރުދުވަހުގެ ވަޒީފާގައިއުޅޭ މުވައްޒަފުން
ވަލުދޮރާށި
06 August 2025
ކުރީ ސަރުކާރުތައް މާރަނގަޅުތޯ ޕްރޮޖެކްޓްތައް ފައްޓާފަ ލާރި ހަމަ ނުޖައްސާ އޭރުގެ އެމްޑީޕީ މެންބަރުންގެ ކުންފުނިތަކައް 7 މިލިއަން 8 މިލިއަން ބޮޑުކޮއް ޖަހާފަ ނިންމާފަހުރީ
އައުގާފް
06 August 2025
ބަލަ ބްރޯ. ގިނަ މީހުންމިތިބީ 500 ރުފިޔާއަށް ނޫނީ 2000 ރުފިޔާއަށް ވޯޓު ވިއްކާލާފަ އަޅުވެތިވެގެންނޭ. ވޯޓު ގަތްމީހުން އެފައިސާ އަނބުރާ ހޯދާނެދޯ؟
ކޮލަމާހުއްޓާ
06 August 2025
ސަރުކާރާ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ފައިސާ ނުދީގެން އެތައް ބަޔަކު މިހާރުވެސް ދަރަނިވެރިވެއްޖެ. އަދިވެސް ފައިސާދޭނެ ދުވަހެއްނޭނގެ. ފިއްޓޭގެ ވާހަކައަށް ތާއީދު
އަގަތެޅުން
06 August 2025
ދަރަނި ވެރިވީ ކޮން ސަރުކާރަކާ ހެދުތޯ ބަލާލުން މުހިންމު. ތިޔަ އަނގަތަޅާ މީހުންގެ ޖީބައް އެތައް ގުނަ ބޮޑުކޮއް ފައްޓާފަހުރި ޕްރެޖެކްތައް މުޅިން ވެސް ހުންނާނީ
މިއައު
06 August 2025
ސަރުކާރު ކުންފުނިތަކުން ލާރި ދީބަލަ އެހަށް.ކުރި މަސައްކަތްތަކަށް
ނިމުނުއިރު
06 August 2025
ނުދީ ހުރީ ވެސް ނިމުނު ސަރުކާރުން އެތައް ގުނަ ބޮޑުކޮއްދީފަ ހުރި ޕްރޮޖެކްތަކުން.