އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ރިޔާސީ ގަރާރުތަކެއްގައި ސޮއިކުރައްވަނީ: މިއަދު ވަނީ އިންޑިއާގެ މުދަލުން އިތުރު 25 ޕަސެންޓުގެ ޓެރިފް ނަގަން ނިންމަވާފައި. -- ފޮޓޯ: އޭއެފްޕީ
06 އޯގަސްޓް 2025 - 19:38
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެކި ގައުމުތަކުގެ މުދަލުން ޓެރިފް ބޮޑުކުރުމުގެ ސިޔާސަތުގައި އިންޑިއާގެ މުދަލުން 25 ޕަސެންޓް ޓެރިފް ނަގަން ނިންމުމަށް ފަހު، އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަންނާތީ އަދަބު ދިނުމުގެ ގޮތުން އިތުރު 25 ޕަސެންޓް ނަގަން ނިންމައިފި އެވެ.
ރަޝިޔާއިން ޔުކްރެއިނާ ދެކޮޅަށް ކުރާ ހަނގުރާމައަށް އިންޑިއާއިން އެހީވަނީ ކަމަށް ބުނެ އެކަމުގެ އަދަބަކަށް އިތުރު 25 ޕަސެންޓް ނަގަން ނިންމުމުން މިހާރު އިންޑިއާގެ މުދާ އެމެރިކާއަށް އެތެރެކުރުމަށް 50 ޕަސެންޓް ޓެރިފް ދައްކަން ޖެހޭނެ އެވެ.
ރަޝިޔާގެ ތެޔޮ ގަންނަ ނަމަ އިންޑިއާގެ ޓެރިފް ބޮޑުކުރަން ޖެހިދާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިންޒާރު ދެއްވުމަށް ފަހު މިއަދު ވަނީ އިތުރު ޓެރިފެއް ނެގުމުގެ ރިޔާސީ އަމުރުގައި ސޮއިކުރައްވާފައި ކަމަށް ވައިޓްސް ހައުސް އިން ބުންޏެވެ.
ވައިޓް ހައުސް އިން ބުނީ އަލަށް ކަނޑައެޅި ޓެރިފް ނަގަން ފަށާނީ އަދި ތިން ހަފްތާ ފަހުން ކަމަށެވެ. އެކަމަކު ކުރިން ނިންމި 25 ޕަސެންޓް ޓެރިފަށް ބުރާސްފަތި ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ އެވެ.
މި ޓެރިފްތަކުން ބައެއް ސެކްޓާތަކުގެ މުދާ ވަނީ އިސްތިސްނާކޮށްފަ އެވެ. އޭގެ ތެރޭގައި ސްޓީލް، އެލުމިނިއަމް އަދި ފާމަޝޫޓިކަލް ހިމެނެ އެވެ.
ރަޝިއާއާ އެކު ހިންގާ ވިޔަފާރީގެ މުއާމަލާތްތަކާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން އަމާޒުވާ ފާޑުކިޔުންތަަކަށް ރައްދު ދެމުން އިންޑިއާއިން ބުނަނީ ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ފެށުނު ފަހުން އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން ވެސް ރަޝިއާގެ މުދަލާއި ހަކަތައިގެ ބާވަތްތައް ގަންނަ ކަމަށެވެ. އިންޑިއާއިން އަބަދުވެސް ބުނަނީ ހަކަތައިގެ ބާވަތްތައް ގަންނަނީ އިންޑިއާގެ ކަސްޓަމަރުންނަށް އެކަށީގެންވާ ވަރުގެ އަގެއްގައި ފޯރުކޮށްދެވޭނެ އަގުތަކުގައި ކަމަށާއި އެންމެ އިސްވާނީ ރައްޔިތުން ކަމަށެވެ.
ޓްރަމްޕް އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ލިޔުއްވި މެސެޖެއްގައި ވިދާޅުވެފައިވާ ގޮތުގައި އިންޑިއާއިން ގިނަ އަދަދަކަށް ރަޝިއާގެ ތެޔޮ ގަނެ، ބޮޑު ފައިދާގައި ގެންދަނީ ވިއްކަމުންނެވެ. އަދި ޔުކްރެއިނުން ކިތަންމެ ބަޔަކު މަރުވިޔަސް އިންޑިއާއަށް ވަރިހަމަވެފައި ތިބެނީ ކަމަށް ވިދާޅުވެ ފާޑު ކިޔާފައިވެ އެވެ.
އެމެރިކާ ސަރުކާރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރު އެމެރިކާއިން ވަނީ އިންޑިއާގެ 87.4 ބިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާމޮން
07 August 2025
ބޭކާރުވާހަކަ ނުދައްކާތި އައްޒާގެ ރައްޔިތުންނާދެކޮޅައް ޖަރީމާ ހިންގާއިރު އިސްރާއިލާއި އިންޑިއާގެ ވިޔަފާރި ކުރިއަށްދިޔަޔަސް ކަލޭމެން އެއްޗެކޭނުބުނަން ؟
ކަލް ހޯ ނަ ހޯ
07 August 2025
އަސްތާ ޓުރަންޕޫ... ތިޔަހެން އިންޑިޔާއަކާ ނުކުޅެވޭނެ... ތިޔަހެން އުޅެނިކޮށް ލަނޑެއް ލިބިދާނެ. ނާސާގައިވެސް އަދި އެމެރިކާގެ އެތެރޭގެ ވިޔަފާއިޔާ އިންފޮމޭޝަން ޓެކްނޮލޮޖީގެ ހުރިހާ ހިސާބެއްގައިވެސް ގިނަވާނޭ އެ ދަރިކޮޅު މީހުން. ބޮޑެތި ކުންފުނިތަކުގެ ވެރިންނަށްވެސް އެދަރިކޮޅު މީހުން ނަގަނީ ވިޔަފާރިޔަށް ފަހިކުރަން، ވަތަނީ ބަޔެއް ވީމާ... ތިޔަހެން ނުހަދައި ޓުރަންޕޫ...
ޗިކަންގުންކާ
07 August 2025
އިނޑިޔާގެ ނެޕޮޓިޒަމާ ދެކޮޅަށް ކުރާ ޖިހާދަށް ނެޕޮޓިސްޓް ޑޮނާލްޑް ހިތްހަމަ އެއް ނުޖެހޭނެ. ސަބަބަކީ ޑޯނާލްޑް އަކީ ވަރަށް ނެޕޮޓިސްޓް މީހެއް، srk އަށް ނެޕޮޓިޒަމް ބޭނުން ކޮށްގެން އިންޑިޔާގެ ދިން އެވޯޑް ޑޮނާލްޑަށް ބަލައިނުގަނެވޭނެ ސަބަބަކީ srk ފަދަ ނެޕޮޓިޒަމް އަށް ހިތްވަރުދޭ ކަމަށް ވަންޏާ، ނެޕޮޓިސްޓް ޑޮނާލްގެ ލަނގޮޑީޔަށް ކަތެެއް ނުވާނެ.
ވާންޗޯ
07 August 2025
ތާހިރު ވެއްޖެ؟
ރާއްޖެ
07 August 2025
އަސްލު ވީ ގޮތަކީ އިންޑިއާއިން އުޅުނީ ދެކޮޅުން ކާން. ބްރިކްސް އިން ވެސް އެމެރިކާ އިންވެސް ކާން.
އޮނަރަބްލް ވާންޗޯ
07 August 2025
ތެދެއް ތީ
އަފްރާސިޔާބު
09 August 2025
ކޭލެއްގިނަކަމުން ކަރުގައި އަޅައިގަތީމާ ޓްރަމްޕް ވަރުގަދަ އެތިފަހަރަށް ބުރަކަށީގައި ޖެހީމާ ވިއްސައިގެންގޮސް ބްރިކްސް މައްޗަށް ވެއްޓުނީ ދޯ؟ އެހެންވާނީ ގެ ރާނަން ބްރިކްސް ގަތިމާ ނުރާނަން މޮޑީ ބޮޑާ ހޭކީމާ.
ބުނަން
07 August 2025
ތި އެމެރިކާ ބޭނުން އެއްޗެއް ހަދާނެ. މުނާފިގު ބައެއްތީ! އެމީހުންނަކީ އެމީހުން ބޭނުން ވަރަކަށް ފައިސާ ޗާޕްކުރާ ބައެއް. ކިހިނެއް އެމީހުން އިނދަޖައްސާނީ.
ކޮއްކޮބެ
06 August 2025
އިންޑިޔާއައް ތޮޅެވޭނީ ރާއްޖެ ކަހަލަ ޖަޒީރާ ގައުމަކާ. އެމެރިކާ ކައިރީ އިންޑިޔާއައް ޖެހޭނީ ކުޑަކަކޫ ޖަހަން.. ޓްރަންޕަކީ މީހުން ސައިޒުކުރަން ދަންނަ ވެރިއެއް.
ލާމަސީލު
06 August 2025
ހުރިހާ އޭޝިއާ އާއި އެފްރިކާ ގައުމުތަކުންވީ އެމެރިކާގެ އުފެެއްދުން ތަކުން %200 ޓެރިފް ނަގަން. އޭރަށް މައިތިރި ވެދާނެ. މުޅި ދުނިޔެ ފިތުނަކުރަމުން ގައުމުތަށް އަޅުވެތިކޮށް ބިރުދައްކާ ފޭރުންނޫންކަމެއް ތި އެމެރިކާ ނުދަނޭ.
ވާކައްނެތޭ
07 August 2025
ތިހެންވެސް ތިކަން ވާކައްނެތޭ. އަހަރެމެން ކޮންމެ މީހަކު އެބަ ބޭނުންވޭ އެންމެ ފަހުގެ އައިފޯނު އެމެރިކާގެ އުފެއްދުމެއް. ބޭނުންކުރާ ސޮފްޓްވެއާތައް އެމެރިކާގެ އުފެއްދުންތައް. މިހެން ކިއިދާނެ. އެކަމަކު މީގެން ގިނަ ތަކެއްޗަކީ ގިނަމީހުން ބޮޑުކަން ދެއްކުމައްހޯދާތަކެތި އެފޮނިކަމާނުލާ އަހަރެމެންނައް އުޅެވިދާނެތަ؟