ނިއުސް އެޖެންސީ އުފެއްދުމުގެ އެއްބަސްވުމުގައި އިންފޮމޭޝަން މިނިސްޓަރު އަސްވާޑު (ކ) އަދި ޕީއެސްއެމްގެ އެމްޑީ ނަސްރީން ސޮއިކުރެއްވުމަށްފަހު އެއްބަސްވުން ބަދަލުކުރައްވަނީ.-- ފޮޓޯ: އިންފޮމޭޝަން މިނިސްޓްރީ
07 އޯގަސްޓް 2025 - 13:48
ގައުމީ ނިއުސް އެޖެންސީއެއް އުފައްދަން ދައުލަތުގެ މީޑިއާއާ އެކު، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީން މިއަދު އެއްބަސްވެއްޖެ އެވެ.
އެކިއެކި ޚަބަރާއި މައުލޫމާތުތައް ފޯރުކޮށްދޭ އިދާރާ އުފެއްދުމުގެ އެއްބަސްވުމުގައި ޔޫތު އެމްޕަވަމެންޓް އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) އަދި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަސްރީން ވަނީ ސޮއިކުރައްވައިފަ އެވެ.
ސަރުކާރު ވެބްސައިޓުގައި އާއްމުކުރި ލިޔުމުގައި މިނިސްޓްރީން ބުނީ، އަލަށް އުފައްދާ ނިއުސް އެޖެންސީން ޑިޖިޓަލް ޕޯޓަލެއްގެ ތެރެއިން މީޑިއާތަކަށް ބޭނުންވާ ޚަބަރާއި މައުލޫމާތު ލިބޭނެ ކަމަށެވެ.
ނަމަވެސް، އެ ހިދުމަތް ލިބޭނީ ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ކަމާގުޅޭ ފޮޓޯ އާއި ވީޑިއޯ ވެސް ހިމެނެ އެވެ.
ބޭރު ދުނިޔޭގައި ހިނގާ ކަންކަން އާއްމުންނާ ހަމައަށް ގެނެސްދިނުމަށް ބޮޑެތި ނިއުސް އެޖެންސީތައް ހިންގަ އެވެ. ނަމަވެސް، ރާއްޖޭގައި މީޑިއާތައް ގިނަވިއަސް، ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ އެޖެންސީއެއް މި ވަގުތަކު ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަރަންޖީ
07 August 2025
މީ އަދިވެސް 1970 ގެ އަހަރުތައްތަ؟
ރަމަ
07 August 2025
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަސްރީން އަށް ވަރަށް އަދަބުވެރިކަމާއިއެކު ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު މިގޮވާލަނީ މަނިކުފާނު އިސްތިއުފާދެއްވާ ގެއަށް ވަޑައިގަތުމަށް މަނިކުފާނު ޕީ އެސް އެމް ތި ހިންގަވަނީ ޕީ އެން ސީ ގެ ކެމްޕެއިން ޖަގަހައެއްގެ ގޮތުގައި.
ރަދީފު ބިން ރަފައިދާ
07 August 2025
އަދިވެސް ޕުރޮޕެގެންޑާ ޖެެއްސޭވަރު މަދީ އުތަ؟
ބޭނުމަކީ ކޮބާ؟
07 August 2025
ތީ އެއްވެސް މަންފާއެއް އޮތްކަމެއް ނޫން. ބްރޯޑުކޮމް، މީޑިއާ ކައުންސިލް، ޕީ.އެސް.އެމް، ދެން އަދިވެސް ހަމަ ނުފުދޭ؟ ވާނުވާގަ ދެއްތޯ މިޤައުމު މިދަނީ ހަމަ.
ހަމްދާ
07 August 2025
ކަނާތްފަރާތުން އެފެންނަނީ އަޅެފަހެ ކޮންކަމެއް ކުރާ ބޭފުޅެއްބާ.
ޖަސްވީން
07 August 2025
ރައްޔިތުންގެ ލާރި ގިނަވެގެން ބަކަތަޅަނީތަ، ތިޔަ ތަނެއް ވުޖޫދެއް ނުކުރިއަސް ހަބަރު ކިޔަން ބޭނުން ވާ ފަރާތްތަކަށް ރާއްޖޭގެ ހަބަރު ގެނެސްދޭ ނޫސް މަޖައްލާ/ވެބްސައިޓުތަށް މަދެއް ނޫން.
ވިލާތުބަށި
07 August 2025
އެނގިދާނެތާ، ތިޔަ އެއްޗެއް ހަދައިގެންވެސް މީހުންނަށް ތަންދޮރު އެނގޭހެން ޚަބަރާ މާލޫމާތު ފަތުރައިފިއްޔާ ރަނގަޅު
ޕަބްލިކް ސޭފްޓީ ބިލް
07 August 2025
ކުއްޓި ނަސީދުގެ އިންފޮމޭސަން މިނިސްޓަރުކަމުގައި 2008ގައި ޓީވީއެމް ހިންގީ ނަމޫނާ ގޮތަކަށް. ސިޔާސީ ކަންކަމުގައި އިދިކޮޅު މީހުންގެ ބަސްތައް ގެނެސްދީ، ރަށްފުށުގައި ހިނގާ ކަންކަން ގެނެސްދިނުމަށް އަތޮޅުތަކުގައި ބިއުރޯ ހަދައި، އިޖްތިމާއީ ސިޔާސީ ބޮޑެތި މައްސަލަތަކުގައި ހުރިހާ ފިކުރެއް ގެނެސްދެމުން ދިޔަ، އެކަމު އަންނި ވެރިކަމަށް އައިސް އެންމެންބީސީ ހަދައި ޕްރޮފެގެންޑާ މެސިނަކަށް ޓީވީއެމް ހެދިގޮތަށް އަދާހަމައަށް މޮއޮތީ، ދެންހުރީ ސިޔާސީ ޓީވީތައް،
ދޮގުބަސް އަހަރެން ނުބުނަންވެގެނޭ ގުދުވެސް އަހަރެން ނުވަނީ
07 August 2025
ރާއްޖެއިން ދެކެން ބޭނުންވަނީ ހަމައެކަނި އެއްފަރާތް ގެނެސްދިނުމުގެ ބަދަލުގައި ދެފަރާތް ގެނެސްދޭ ޓީވީއެއް، ރާއްޖެގައި މިހިންގަނީ ސިޔާސީ ޕާޓީތަކުގެ ޕަޕެޓް ސްޓޭޝާންތައް ނޫނީ އޭރެއްގައި އޮންނަ ސަރުކާރުގެ ޕްރޮފެގެންޑާ ފަތުރާ ޓީވީތައް، އިންޓަރވިއުއެއްގައިވެސް ދެވަނަ ފިކުރަަކަށް ޖާގައެއް ނުދޭ، ދެފަރާތް ގެނެސްނުދޭތީ މިޓީވީ ބަލައިގެން މީހުންވަންނަނީ ވާ، ކަމެއްގެ ހަޤީޤަތެއް ބުނެއެއް ނުދެވޭ. ދޮގުވިއްކަނީ، ޚަބަރެއް ނޫން ފޯރުކޮށްދެނީކީ