07 އޯގަސްޓް 2025 - 14:35
އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އުރީދޫގެ އެމްބެސަޑަރު އަދި މަޝްހޫރު ބޮޑުބެރު، ގްރޫޕް ހަބޭސް ބޮޑުބެރު ގްރޫޕާ އެކު ހާއްސަ ބޮޑުބެރު ކްލާސްތަކެއް ފެށުމަށް އިއުލާންކޮށް، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިއީ ބޮޑުބެރު ގްރޫޕުގެ ތަޖުރިބާ އާއި ހުނަރު ހިއްސާކޮށް، ދިވެހި ސަގާފަތުގެ ބޮޑު ބައެއްގެ ގޮތުގައި ހިމެނޭ ބޮޑުބެރު ދަސްކޮށްދިނުމަށް ހިންގާ ހަތަރު ކްލާހެވެ. މި ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫގެ ވެބްސައިޓު މެދުވެރިކޮށް މިހާރު ހުޅުވާލާފައި ވާއިރު، ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް އުރީދޫން ބުންޏެވެ.
މި ކްލާސްތަކުގައި ބައިވެރިވެވޭނީ އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރާ 20 ފަރާތަކަށެވެ. މި ކްލާސްތަކަށް ރެޖިސްޓްރީ ކުރެވޭނީ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ކްލާސްތަކުގައި ބައިވެރިވެވޭނީ 18 އަހަރުން މަތީގެ ފަރާތްތަކަށެވެ.
މި ކްލާސްތައް ކުރިއަށް ދާނީ މިމަހުގެ 16 ވަނަ ދުވަހާއި 23 ވަަނަ ދުވަހާއި 30 ވަނަ ދުވަސް އަދި އަންނަ ސެޕްޓެމްބަރު ހަ ވަނަ ދުވަހު އެވެ. މި ކްލާސްތައް އޮންނާނީ ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގެ 4 ވަނަ ފަންގިފިލާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަނީލް
07 August 2025
ހަބޭސް އަކީ މިހާރު 3 ވަނަ ޑިވިޝަންގެ ގުރޫޕެއް
ކައިން
07 August 2025
ބޮޑުބެރު ޑާންސުވެސް ދަސްކޮށްދޭނެތަ؟