މާލޭގައި ހިނގަމުންދާ ނުރައްކާތެރި އެކްސިޑެންޓްތަކާ ގުޅޭގޮތުން އާންމު ރައްޔިތުން ހޭލުންތެރިކުރުމަށްޓަކައި ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުގެ ފަރާތުން މާލޭގައި ބޭއްވި ސިނާރިއޯ ބޭސްޑް އެކްސައިޒް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
11 އޯގަސްޓް 2025 - 12:11
އައްޑޫގައި ސައިކަލް ދުއްވި ކުޑަކުއްޖަކަށް ފުލުހުން ފެނުމުން އަނބުރާލި ވަގުތު އެހެން ސައިކަލެއްގައި ޖެހި ރޭ އެކްސިޑެންޓުވެއްޖެ އެވެ.
އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވި އެވެ.
ފުލުހުން ބުނީ އައްޑޫ ހިތަދޫ، ހީނާ މަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ލިބުނީ ރޭ 9:30 ހާއިރު ކަމަށެވެ.
އެ އެކްސިޑެންޓުގައި އެ ތަނުން އެއް ސައިކަލު ދުއްވި 15 އަހަރުގެ ފިރިހެން ކުއްޖަކަށާއި އެ ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާވި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކުޑަކުއްޖާ ދުއްވި ސައިކަލު ޖެހުނު އަނެއް ސައިކަލު ދުއްވަން އިން އަންހެން މީހާއަށް ވެސް އަނިޔާވި ކަމަށެވެ. އެ އެންމެންނަށް އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުން ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް، އެ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނޭނގެ އެވެ.
އެ އެކްސިޑެންޓް ހިނގީ ކުޑަކުއްޖާ ދުއްވި ސައިކަލު ފަހައި ފުލުހުންގެ ވެހިކަލެއް ދުއްވަމުން ދަނިކޮށް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަދެކެވުމުން ފުލުހުން މިއަދު ވަނީ އެކަން ދޮގުކޮށްފަ އެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓާ ފުލުހުންގެ ވެހިކަލަކާ ގުޅުމެއް އޮތް ކަމަށް މިހާތަނަށް ބެލިބެލުމުން އެނގެން ނެތް ކަމަށެވެ. އަދި އެ އެކްސިޑެންޓުގައި ހިމެނޭ އެއްވެސް އުޅަނދެއް ހުއްޓުވަން ފުލުހުން މަސައްކަތްކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، އެކްސިޑެންޓް ވެފައި ވަނީ ފުލުހުންގެ ވެހިކަލް ފެނުމުން ބިރުން، ކުޑަކުއްޖާ ދުއްވި ސައިކަލު އަނބުރާލާފައި ދަނިކޮށް އެކްސިޑެންޓުވި އަނެއް ސައިކަލު ކާރަކުން ނައްޓައިފައި ދަނިކޮށް ދެ ސައިކަލު ޖެހިގެން،" ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުމަދު0
11 August 2025
އަސްލުވެސް ތީ ކަންހިގިގޮތް ބާ ؟ ؟؟؟؟؟؟؟؟؟؟؟؟؟؟؟؟!!!!!!!!!!
ކިޔަމަންވޭ އޭރުން ފަހާ ނުދުވާނެ!
11 August 2025
އަހަރެން ހިނގާފައި ދަނިކޮށް ފުލުހުން މަޑުކުރަން އެނގިޔަސް ކިޔަމަން ވާނަމެވެ.
އާނިޔާ
11 August 2025
“އެ އެކްސިޑެންޓް ހިނގީ ކުޑަކުއްޖާ ދުއްވި ސައިކަލު ފަހައި ފުލުހުންގެ ވެހިކަލެއް ދުއްވަމުން ދަނިކޮށް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަދެކެވުމުން ފުލުހުން މިއަދު ވަނީ އެކަން ދޮގުކޮށްފަ އެވެ.” މި ފުލުހުން ކުރަންޖެހޭކަމެއް. މީގެ ހުރިހާގޮތަކުންވެސް ކުއްވެރިވަނީ ތިޔަ ސައިކަލް ދުއްވި އުމުރު ހަމަނުވާ ލައިސަންސް ނެތް ކުދިން.
ކޮރަލް
11 August 2025
މިހާރު ފުލުހުން ފެނުނީމަ ބިރެއް ނުގަނެ އެވެ. ހަޔާތް ގޮވަނީ އެވެ. މިކަން ބަދަލު ކުރަން އެބަ ޖެހެ އެވެ.
ރަދީފްއޮފިޝަލް /
11 August 2025
ފުލުހުން ފެނިގެން ކީއްކުރަން އަނބުރަނީ؟؟
އނއފޝލ
11 August 2025
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެތީމަ ކުޑަކޮށް ބިރުގަތީ، އަދި އެ ކުއްޖާއަކީ މާގިނައިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކުއްޖަކަށް ނުވާތީ ފުލުހުން ފެނުނީމާ ޖެހިލުންވަނީ
ފެރަޑޭ
11 August 2025
އެހެންވީމާ ތި ބުނަނީ ބޭނުން ގޮތަކަށް ލައިސަންސެއް ނެތި އުމުރު ހަމަ ނުވާ ބަޔަކުވެސް މިނިވަން ކަމާއެކު ދުއްވަންވީ އޭތަ؟ ފެނުނީމަ ނޯޓު ކޮއްލާފަ ކޯޓަށްދޯ ދާންވީ މީހާ ޘާބިތު ކުރަން. އަދި ފުލުހުންވެސް ތިކަން ތި އެންޓަޓެއިން ކުރަނީ ކީއްވެބާ؟
ރައްބީ
11 August 2025
ހެޔޮނުވާނެ، އައްޑޫ ހިތަދޫ، ހީނާ މަގުގަ އިންޖީނުލީ އެއްޗެތި ދުއްވުން މަނާ ކޮށްބަލަ... ބޮޑު ކަތީބު އަފީފު ދީދީ ކިތަމެއް ރުޅިގަދަވިޔަސް ހެޔޮ... ހާދަ ގިނަ ޒުވާނުން އެކޭ އެމަގުމަތިން ހަލާކުވެގެން އެދަނީ.
ތާކިހާ
11 August 2025
މިހާރު 15 އަހަރުން ދަށުގެ ތުއްތުކުދިންވެސް އުޅެނީ ސައިކަލުގަޔާ ކާރުތަކުގަ މުއްގަނޑު ފެލާލާފަ. އެއްޗެކޭ ބުނާއިރައް މަރުގެ އިންޒާރު ދެނީ އާންމުންނައް. މަށައް ހީވަނީ ފުޕުހުންގެ ބަޖެޓު އަދިވެސް ކުޑައީހެން...