ރައީސް ޑރ. މުހައްމަދު މުއިއްޒު ހިތާދުއަށް ވަޑައިގަތުމުން މަރުުހަބާ ދަންނަވަން ނުކުމެ ސަފުގައި އެތުރިގެން: ހިތާދޫގެ ރައްޔިތުންނަށް މާމަޑުއްވަރީ ލިބޭނެ ކަމުގެ ޔަގީންކަން ރައީސް މިއަދު ވަނީ ދެއްވާފައި. -- ފޮޓޯ | ރައީސް އޮފީސް
13 އޯގަސްޓް 2025 - 12:54
ރިސޯޓެއް ހަަދަން ދޫކޮށް މިހާތަނަށް އެއްވެސް މަސައްކަތެއް ނުކޮށް އޮތް ބ. މާމަޑުއްވަރީ، އެ އަތޮޅުގެ ހިތާދޫ ރައްޔިތުންނާ އަލުން ހަވާލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.
ބ. އަންހެންފުއްޓާއި މާމަޑުއްވަރިއަކީ ހިތާދުއަށް ދީފައި އޮތް ދެ ރަށެވެ. ނަމަވެސް ފަހުން ރިސޯޓް ހަދަން އެ ދެ ރަށް އަތުލީ އެވެ.
މާމަޑުއްވަރީގައި ރިސޯޓެއް ހަދަން ހަވާލުކޮށްފައި އޮތީ ކޯސްޓްލައިން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. ނަމަވެސް މިއަދާ ހަމައަށް އެ ރަށުގައި އެއްވެސް މަސައްކަތެއް ނުކުރެ އެވެ.
ބ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވާ ދަތުރުފުޅުގައި މިއަދު ހިތާދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ ކޯސްޓްލައިނާ އެކު ސަރުކާރުންވެފައިވާ އެއްބަސްވުމާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ނުދާ ކަމަށެވެ.
އެހެންވެ، ޓޫރިޒަމް މިނިސްޓްރީ އާއި އެޖާނީ ޖެނެރަލް (އޭޖީ)ގުޅިގެން އެ ރަށުގެ އެއްބަސްވުން ބާތިލް ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެއްބަސްވުން ބާތިލު ކުރުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ހިތާދޫގެ ރައްޔިތުންނާ މާމަޑުއްވަރީ ހަވާލުކުރާނެ އެވެ.
ހިތާދޫގެ ކޮންމެ މީހަކަށް ފައިދާވެ، ރަށުގެ ތައްރައްގީއަށާއި ރައްޔިތުންގެ އިގްތިސާދީ ކުރިއެރުމަށް މުއްސަނދިކަން ލިބޭ ގޮތަށް މާމަޑުއްވަރީ ބޭނުންކުރަން ރައީސް އިލްތިމާސްކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙަha
14 August 2025
ތި ގޮތައް ނެގި ބާ ހިބަޅިދޫ ވެސް އެއަތޮޅު ދަރަވަންދޫ އަދި މާޅޮހު ރައްޔުތުންނަށް ދީ..އެއީ ފަންވިޔެ ހަދަން ފަންހޮވާ ރޯނުވަށާ ހަދަން ސާމަނު ހޯދާ ރަށެއް.ރީސޯޓް އެކަނި ހަދަން ރައްތަށް ދިނަކަސް ނުވާނެ..ރަސޯޓް ތަކުގެ ފުރާޅު ހިޔާކުރާނެ ފަންވެސްބޭނުން ވާނެ..އިންސާނުން ކާން ބޯން ކާއްޓަ އެޗުޗެހިވެސް ހޯދަން ޖެހޭ..އިންޑިޔާއިން ކާށި ވެސް މިހާރު..މާލެ އަތޮޅުގެ ވެސް ފިނޮޅުގަނޑެވެސް ނެއް ނުވިއިކްކާލަ..