ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް: މި ސަރުކާރުން އީއައިއޭ ގަވާއިދު އިސްލާހުކުރީ މި ވެރިކަމުގެ ބާކީ އޮތް މުއްދަތުގައި އަމަލުކުރާ ގޮތަށް އެކަނި.-- ފޮޓޯ: މިހާރު
13 އޯގަސްޓް 2025 - 13:00
ސަރުކާރުން ހިންގާ ޕްރޮޖެކްޓުތައް އަވަސް ކުރުމުގެ ބޭނުމުގައި ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް ނުވަތަ އީއައިއޭގެ ހެދުމުގެ ގަވާއިދަށް އިސްލާހު ގެނައީ މި ސަރުކާރުގެ ބާކީ އޮތް މުއްދަތުގައި އެ އަށް އަމަލުކުރާ ގޮތަށް އެކަނި ކަމަށް އެ އިސްލާހުގައި ބުނެފި އެވެ.
ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާ ބެހޭ ގަވާއިދަށް ގެނައި ހަ ވަނަ އިސްލާހު އާންމުކުރީ އިއްޔެ އެވެ.
އެ އިސްލާހުގައި ބުނީ ސަރުކާރުން ހާއްސަ އިސްކަމެއް ދޭ މަޝްރޫއުއެއްގެ ގޮތުގައި މިނިސްޓްރީން ކަނޑައަޅާ މަޝްރޫއުތަކުގެ އީއައިއޭގެ ރިޕޯޓް އަވަސް މުއްދަތެއްގެ ތެރޭގައި، އެއްވެސް ލަސްކަމެއް ނެތި ނިންމަން ޖެހޭނެ ކަމަށެވެ. ހާއްސަ އިސްކަމެއް ދޭ މަޝްރޫއުއެއްގެ ގޮތުގައި ބަލާނީ ކެބިނެޓުން ނުވަތަ ކެބިނެޓުގެ ކޮމިޓީއަކުން ކަނޑައަޅާ ގައުމީ ތަރައްގީގެ މަޝްރޫއުތައް ކަމަށް އެ އިސްލާހުގައި ބުންޏެވެ.
"މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރަށް އަމަލު ކުރެވޭނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝައިއުކުރާ ތާރީހުން ފެށިގެން ތިން އަހަރާއި ހަ މަސްދުވަހުގެ މުއްދަތަށެވެ،" އެ އިސްލާހުގައި ބުންޏެވެ.
އީއައިއޭގެ ގަވާއިދަށް ގެނައި އިސްލާހާއި އީޕީއޭގެ ނަން ބަދަލުކޮށް އެ އިދާރާގެ ހިންގުމުގެ އޮނިގަނޑަށް ސަރުކާރުން އިއްޔެ ގެނައި ބަދަލުގެ ސަބަބުން އާންމުންގެ ފާޑުކިޔުން ސަރުކާރަށް ވަރަށް ބޮޑަށް ވަނީ އަމާޒުވެފަ އެވެ.
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ނަން އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)އަށް ބަދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން ވަނީ އިއްޔެ އިއުލާންކުރައްވައިފަ އެވެ. އަދި އެ އިދާރާގެ ބާރުތައް ސީދާ ތިމާވެއްޓާ ބެހޭ މިނިސްޓަރަށް ލިބޭ ގޮތަށް މެންޑޭޓަށް ވަނީ ބަދަލު ގެނެސްފަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، އެ ބަދަލު ގެނައީ އީޕީއޭއިން މިހާތަނަށް ކުރި މައިގަނޑު މަސައްކަތްތަކަކީ ރާއްޖޭގެ ތިމާވެއްޓާ ބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށް ވާތީ، އެ އިދާރާއިން ކުރާ މައިގަނޑު މަސައްކަތްތަކާ ވީހާ ވެސް ގުޅުންހުރި ނަމެއް ހަމަޖެއްސުމަށެވެ. އަދި އެ އިދާރާގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކޮށް، ހަލުވިކުރުމުގެ ބޭނުމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
14 August 2025
ރޯމާ ދުވާލު އެންމެން ކުރިމަތީ ހިތުހުރި ގޮތަކަށް ކަންކަން ކުރަނީ ސަރުކާރުގެ އަމަލުތަކަށް ފާރަލާނޭ ފަރާތެއް މިހާރު ނެތީމަ. އެންވީމަ އެންމެ ދުވަަހަކު އަމަލު ކުރާނެ ޚާއްސަ ގާނޫނެއްގެ ވެސް ހެދިދާނެ.
ސަހަރޯހީވޭ
13 August 2025
ޤާނޫނުތައްވެސް ހަދަންވީ ކޮންމެ މީހަކަށް ވަކި ޤާނޫނެއް.
ބޯގޯސް ސަލީމު
13 August 2025
ޓޫރިޒަމް ސެކްޓަރު ހަވާލުކުރިފަހުން ވަރަށް ފޮނިފުޅު ވެއްޖެ ދެއްތޯ! މިހާރު ތިމާވެށި ވުޒާރާ އަރަނީ މަނިކުފާނުގެ ރާޑަރުގެ ފުލަށް. އީއައިއޭ އުވާލީމަ ނޫންތޯ ތަނެއް ދޮރެއް ނުބަލާ ފާފަޅާއި ކަނޑުތައް ހިއްކާ ހުސްކުރެވޭނީ. އެކަމު މިކަން ކުރާނެ ލާރިއެއްވެސް ނެތް.
ހޮޅިސަރުކާރު
13 August 2025
އިންސާނުން ވީމާ ލަދުހަޔާތުގެ ކަންފުޅެއް
ޓިނު
13 August 2025
3 އަހަރާ 6 މަސް ދުވަހައް އެއްވެސް ޤާނޫނަކަށް ޢަލަލުކުރަން ނުޖެހޭގޮތަށް ޤާނޫނެއް ފާސްކޮށްފަ ބޭނުންކަމެއް ސަރުކާރުން ކުރަމުންދާންވީނު
ލުބްލާ2025
13 August 2025
ހިޔަޅު ބައެއް ދޯ.
ބާއްވާނީ
13 August 2025
ނޫނޭ، ދެންވެސް ތިގޮތަށް ބާއްވާނީ. ކުރީގެ ވެރިކަމެއްގައި އިދިކޮޅު ޕާޓީތަކައް އުނދަގޫކުރަން ގަނޫނުތަކައް ގެނައިބަދަލުތަކުން އުނދަގޫވީ އެބަދަލު ގެނައިމީހުންނަށް.
މިއައު
13 August 2025
ލޮލް. އޯކޭ. ބައެއް ގާނޫނު އިސްލާހު ކޮށްލަންވީނުން ވެރިން އިސްތިސްނާވާ ގޮތައްވެސް
އުދުހޭ
13 August 2025
ކުރީދުވަހަކު ފެނުން ކެބިނެޓް އޭޓީއެމް މެޝިނެއް ހުޅުވުމުގެ ރަސްމިއްޔާތެއް ބާއްވާތަން. އެފެންވަރަށް ތިމާވެށި ފެތިއްޖެއްޔާ ވާނީ ކިހިނެތް؟