ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ އާއި އެޗްޑީސީގެ ގުޅިގެން ހުޅުމާލޭގައި 60 ރުއް އިންދުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އެޗްޑީސީ
13 އޯގަސްޓް 2025 - 18:05
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅުވައިގެން ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ އާއި އެޗްޑީސީ ގުޅިގެން ހުޅުމާލޭގައި 60 ރުއް އިއްޔެ އިންދައިފި އެވެ.
ހުޅުމާލޭގައި އެ ރުއްތައް އިންދުމުގެ ގޮތުން އިއްޔެ ވަނީ ހުޅުމާލެ 2 ގެ ޗެނަލް ޕާކާ އިންވެގެން އޮންނަ ގޮނޑުދޮށް ސަރަހައްދުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ އެ ރުއްތައް އިންދީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން އެ ކުންފުންޏާއި ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ ގުޅިގެން ކަމަށެވެ.
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ އާއި އެޗްޑީސީގެ ގުޅިގެން ހުޅުމާލޭގައި 60 ރުއް އިންދުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އެޗްޑީސީ
ރުއްތައް އިންދުމަށް ބޭއްވި ރަސްމިއްޔާތަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓާރު ޑރ. މަރިޔަމް މާރިޔާގެ އިތުރުން ދިވެހިބަހާ ބެހޭ މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އަދި އެޗްޑީސީގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ. އަދި މާލެ އާއި ހުޅުމާލޭގެ ސްކޫލްތަކުގެ ދަރިވަރުން ވެސް އެ ހަރަކާތުގައި ބައިވެރިވި އެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގައި އިންދި 60 ރުކަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން ވެސް އިންދި ރުއްތަކެއް ކަމަށެވެ.
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ އާއި އެޗްޑީސީގެ ގުޅިގެން ހުޅުމާލޭގައި 60 ރުއް އިންދުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އެޗްޑީސީ
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި އެޗްޑީސީން ބައިވެރިވެ، އެ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އެ ކުންފުނީގެ ފަރާތުން އެއް މިލިއަން ގަސް އިންދުމަށް ނިންމައި މިދިޔަ އަހަރު ވަނީ އެކަމުގެ އަހުދުނާމާގައި ސޮއިކޮށްފަ އެވެ.
އެޗްޑީސީން ބުނީ އެ ޕްރޮގްރާމަށް ބޭނުންވާ ގަސް ހެއްދުމަށްޓަކާ ލ. ގަމުގައި އެއް ލައްކަ އަކަފޫޓުގެ ނާސަރީއެއް އެ ކުންފުނިން ހަދަން ނިންމާފައިވާ ކަމަށެވެ. ހުޅުމާލޭގެ އިތުރުން އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަސްމާލެ އާއި ކުޑަގިރި އާއި ތިލަފުށި އަދި ގުޅީފަޅުގައި އިންދާނެ ގަސްތައް ހެއްދުމަށް ވެސް އެ ނާސަރީ ބޭނުންކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ އާއި އެޗްޑީސީގެ ގުޅިގެން ހުޅުމާލޭގައި 60 ރުއް އިންދުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އެޗްޑީސީ
"އެ ޕްރޮގްރާމާއެކު ހުޅުމާލެ ހިމެނޭހެން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ފެހިކުރުމަށް މި ކޯޕަރޭޝަނުން ހިފާފައިވާ އަމާޒަށް ވާސިލުމަށް ވެސް މަގުފަހިވާނެ އެވެ. އެޗްޑީސީގެ އަމާޒަކީ، މި ކޯޕަރޭޝަންގެ ދަށުގައި އޮތް ހުރިހާ ރަށްތަކަކީ ވެސް ހިތްފަސޭހަ، ފެހި މާހައުލަކަށް ހެދުމެވެ،" އެޗްޑީސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިސްމާލި
14 August 2025
ބުޅާ ކޮށި ހެދުމާ، ފަސްދޮޅަސް ރުއް އިންދުމާ، ރެސިޕީ ލިޔުމުގައި ދަނޑުވެރިކަމުގެ ވުޒާރާ ވަރަށް ބިޒީ. ފުޑް ސެކިއުރިޓީ، ކާނާގެ ރައްކާތެރިކަން، ދަނޑުވެރިކަން ކުރިއެރުވުން، ދަނޑުވެރިކަމުގައި ކެމިކަލް ކޮންޓްރޯލް ކުރުމާއި، ބަލިތައް މެނޭޖް ކުރުމަކީ އެހާ މުހިއްމު ކަންކަމެއް ނޫން.
އަހައްމާމ
14 August 2025
ތިޔޮތީ މޮޅު ކަމެއްކުރެވިފަ! ބީބީސީ އަދި ސީއެންއެން އަށް ތިޔަ ޚަބަރާއި ފޮޓޯތައް ދީ، 60 މިނެޓަށް ދެން ހަވާ އަރުވާ!
ހެސް
14 August 2025
ތިތާމާދަމާ އަޅާނީ އިމާރާތެއް. ތި ރުއްތަށްއުކާލާނެ
ފޫހި
14 August 2025
މެގަ ޕްރޮޖެކްޓެއް
ގުދުގުދާބެއްޔާ
14 August 2025
ފެންފޯއް ރުއްތަ؟
ކޮން
14 August 2025
ވަރަށް ފައްކާ.. އަދިވެސް އިންދަންވީ.. އެކަމް މުހިއްމު ވާނީ ރުއްތައަ ރަނގަޅަށް ބެލެހެއްޓުން.
އެނެރިކާ
14 August 2025
މާ ކައިރި ތަންކޮޅެއް ދުރު ދުރުން ރުއްއިންދިނަމަ.
ދޯރި_
13 August 2025
5 މިލިޔަން ގަސް އިންދީމަ ނިމުނީތޯ. ތި އިންދާ ގަސްތައް ނެތިދަނީއެވެ. ގަސްތައް ނުއެއް ބަލަހައްޓައެވެ. ފެނެއް ނުދެއެވެ. ގަދަވަޔާއެކު ގަސްތަކުގެ ފަތްތައް ނެތި ދަނީއެވެ.
ކަލޯ ބެއްޔާ
13 August 2025
ޥަރަށް ގަދަ!
ޖޭމ1
13 August 2025
ވަރަށް ބައިވަރު ތީ..