14 އޯގަސްޓް 2025 - 12:50
ސްޓެލްކޯ އިން ދެންމެ ބުނީ، ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ހައްލުކޮށް، ހިދުމަތް މެދުކެނޑުނު މާލެ އާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ދީފައި ކަމަށް. އަދި ހިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރަކު އުޅޭ ނަމަ ސްޓެލްކޯގެ ހޮޓްލައިން 104 އަށް ގުޅުމަށް އެ ކުންފުނިން އެދޭ.
މާލެ އާއި ހުޅުމާލެ އިން އެންމެ ފަހުން ކަރަންޓު ކެނޑުނީ މިދިޔަ ހޮނިހިރު ދުވަހު. އެ ދުވަހުގެ ހެނދުނު 9:30 ހާއިރު އެ ދުވަހު ކަރަންޓު ކެނޑުނު ގޮތަށް ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ފޯރުކޮށްދެވުނީ މެންދުރު 12:04 ގައި. އެ ދުވަހު ކަރަންޓު ކެނޑުމާ ގުޅިގެން ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވީ، މައްސަލަ އެނގިވަޑައިގަންނަވާ ކަމަށާއި އެކަން ހައްލު ކުރައްވާނެ ކަމަށް.
މާލޭގެ ހުރިހާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދީފި ކަމަށް ސްޓެލްކޯ އިން ދެންމެ ބުނެފި.
ސްޓެލްކޯ އިން ދެންމެ ބުނީ، ކުރިއަށް އޮތް ބައިގަޑިއެއްހާއިރު ތެރޭގައި މާލެ އާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު އަލުން ދެވޭނެ ކަމަށް. ހުޅުމާލެ އިން މިހާރު ކަރަންޓު ނުދެވި ވަނީ 19 ޕަސެންޓަށް އަދި މާލެ އިން 27 ޕަސެންޓަށް ކަމަށް އެ ކުންފުނިން ބުނި.
މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ އެވެ.
މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާއިރު، އެކަމާ ގުޅޭ ގޮތުން ސްޓެލްކޯއިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
"މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން،" ސްޓެލްކޯ އިން ބުންޏެވެ.
ހުޅުމާލެ އަދި މާލޭން މީގެކުރިން ދެ ފަހަރެއްގެ މަތިން އެއްކޮށް ކަރަންޓު ކެނޑި ގިނަ އިރުތަކެއް ހޭދަވި އެވެ. އެންމެ ފުރަތަމަ ނުވަ ގަޑިއިރަށް ކަރަންޓު ދިޔައިރު، މި މަހުގެ ނުވަ ވަނަ ދުވަހު ދެ ގަޑިއިރަށް މާލެ އާއި ހުޅުމާލެއިން ކަރަންޓު ދިޔަ އެވެ.
ސްޓެލްކޯ އިން އޭރު ބުނެފައިވަނީ ކަރަންޓު ކެނޑިފައިވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށާއި އެކަން ތަކުރާރުނުވާނެ ގޮތަށް ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބުޅާގޯނި
14 August 2025
މީދެން ކިހާ ބޮޑު ވެއްޖެއްކަމެދޯ މިގޮތަށް ތެޔޮހުސް ވެގެން ހުއްޓެން ވެއްޖެޔާ މަނިކްފާނު ބޮޑު ހަރަދުތަކެއް ބޭރުގައުމު ނުގޮސް އެފައިސާ ތެލަށް ހަރަދު ކުރުން މާއައުލާ ކަންބޮޑުވާނެއެވެ ކަރަންޓް ދިއުމުގެ ސަބަބުން ގޭގައި ބޭނުންކުރާ ކަރަންޓް އާލާތައް ހަލާކުވަނީ މިކަމުގެ ޒިންމާ ނަގަނީީ ކޮންބައެއް ތޯއެވެ. ؟ ހުރިހާ ގެއްލުމެއް ރައްޔިތުންނަށް 2 އިރު ކާބޭހެންހެން ތިރިން މައްޗަށް ބުރުޖެހުނީމާ ނިމުނީކީނޫން މިހާރު މިޖެހެނީ ދެން ގަރުދިއާއި ބަތް ކާން އެހެންނޫން ދޯ
ޑރ ވާންޗޯ
14 August 2025
ތިޔައީ މިހާރު ސްޓެލްކޯއިން ފޫހިފިލުވާލަން ކުރާކަމެއްތޯ؟. ނޫނީހަމަ ވާނުވާ ނޭގެނީތޯ؟.
އާރިފޫ
14 August 2025
ރަގަޅަށްވެސް ގަރުދިޔަ އާއި ބަތް ކާންޖެހިއްޖެ. ފުރަ މާލެއަށް ކަރަންޓު ނުދެވިގެން ދިވެހިން އުޅެންޖެހިފައި މިއަދު މިތިބީ. ސަރުކާރުގެ ވެރީންގެ އިހުލާސްތެރިކަމާއި ހިންގުންތެރިކަން ފެނި އެބުނާ ފަޅިނޫން އަނެއްފަޅީގެ އާއްމު ނިކަމެތި ރައްޔިތުން މިތިބީ ބުނާނެ އެއްޗެއް ނޭގި ބަސްހުއްޓި އާޝޯޚުވެފައި، ގޭގެ މަތާރަންފިލާ މަތީގައި ލަދު ފޮރުވާފައި ނިކުމެ ތިބެ އަދިވެސް ކުރީސަރުކާރު ކުރީސަރުކާރޭ ކިޔާ ނަގަމުން ދުވާބަޔަކުވެސް އުޅޭނެތާ
އަބްޑޫޅް +
14 August 2025
ކަރަންޓު ކެނޑުމަކީ މިދުވަސްވަރުގެ ވިޔަފާރި މަރުކާ އަކަށް ވެ އަވަދިވެއްޖެ.
ސަސި
14 August 2025
ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ވެރިކަމުގެ މުއްދަތު 15 އަހަރަށް ދަންމާލަން ޖެހެއެވެ
ކަރަންޓޭ25
14 August 2025
ކަރަންޓާއި ނުލައި އުޅެން ދަސްކުރަން މިޖެހުނީ
ޢެޑްމުންޑޯ
14 August 2025
މިވެސް ދެން މިހާރު އާްއްމު ކަމަކަށްވަނީ ، ކަރަންޓާ ނުލާ ވަގުތު ހޭދަކުރަން ދަސްކުރަންވީ ،
ފަހޭ
14 August 2025
ކަރަންޓު މައްސަލަ ހައްލުކުރަން ދައުރު ދަންމާލަންޖެހޭ.
ޔަގީނޭ
14 August 2025
މީ ކަރަންޓް ބަގާވާތެއް
އިސްމާލި
14 August 2025
ބަލަ ކަރަންޓު ކެނޑޭނީ ޓެކްނިކަކްލ މައްސަލައެއް ދިމާވެގެން ދޯ . އެ ނޫން ގޮތްގޮތައް، މިސާލަކަށް އެޑްމިނިސްޓްރޭޓިވް މައްސަލައެއް ދިމާވެގެން ކަރަންޓު ކެނޑޭތަ؟
އަފްރާސިޔާބު
14 August 2025
ދެ ގޮތަކަށް ކަރަންޓް ކެނޑުން އޮންނަނީ. އެއީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަރަންޓް ކެނޑުން. ދެން އަނެއްގޮތަކީ އެޑްމިނިސްޓްރޭޓިވް މައްސަލައެއް ދިމާވެގެން ކަރަންޓް ކެނޑުން. ކުރިންބުނި ކަން ދެބައި ހުރޭ. ކަރަންޓް ކޭބަލެއް ހަލާކުވުން. ނުވަތަ ލޯޑަށް އެކަށީގެންނުވާ ޖަނަރޭޓަރު ހިންގުން. ފަހުން މިބުނި ގޮތަކީ ޖަނަރޭޓަރަށް ތެޔޮއަޅާނެ ފައިސާ ނެތުން. ނުވަތަ ބިލަށް އިރުކޮށްލާނެ ޔުނިޓް ކަނޑައެޅުން.