ފާރުން ބައެއް ބެއްޓި ވެހިކަލްތަކަށް ގެއްލުންވި، އީޑީސީ އިމާރާތް ތަޅާލަން ފެށުން.-- ފޮޓޯ: ނިޝަން އަލީ / މިހާރު
14 ސެޕްޓެމްބަރ 2025 - 14:41
އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު (އީޑީސީ) ހިންގި އިމާރާތުން ބައެއް ވެއްޓި ހިނގި ހާދިސާއަށް ފަހު، އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފި އެވެ.
ބޭނުން ނުކުރާތާ އެތައް އަހަރެއް ވެފައިވާ، ބިލަބޮން ސްކޫލު ކުރިމަތީގައި ހުންނަ އެ އިމާރާތުން ބޮޑު ބައެއް ވެއްޓުނީ މިދިޔަ މަހު 16 ވަނަ ދުވަހު އެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުން އައި އިމާރާތުން ބައެއް ބެއްޓުމުގެ ހާދިސާގައި މީހަކަށް އަނިޔާ ނުވި ނަމަވެސް އެ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި ބައެއް އުޅަނދުތަކަށް ވަނީ ގެއްލުން ވެފަ އެވެ.
ފާރުން ބައެއް ބެއްޓި ވެހިކަލްތަކަށް ގެއްލުންވި، އީޑީސީ އިމާރާތުން ބައެއް ވެއްޓިފައި.-- ފޮޓޯ: ނިޝަން އަލީ / މިހާރު
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް "މިހާރު" އަށް މިއަދު ވިދާޅުވީ އިމާރާތުގެ ބައެއް "ކްރިޓިކަލް އޭރިއާތައް" މިހާރު ވެސް ތަޅާލާފައިވާ ކަމަށެވެ. އަދި ގާކުނޑި އަޅާނެ ޖާގަ ހަމަޖެހުމާ އެކު، މުޅި އިމާރާތް ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށައިގަންނާނެ ކަމަށް ވިދާޅުވި އެވެ.
"އިމާރާތުގެ ވަށައިގެން ބަންދުކޮށް މިހާރު އެހެރީ އެ ތަން ސެކިއުކޮށްފައި. މީހުންނަށް ވެސް ނުވަދެވޭނެ،" މުޖުތަބާ ވިދާޅުވި އެވެ.
ފާރުން ބައެއް ބެއްޓި ވެހިކަލްތަކަށް ގެއްލުންވި، އީޑީސީ އިމާރާތް .-- ފޮޓޯ: ނިޝަން އަލީ / މިހާރު
އަމީނިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލްގެ ބާ އިމާރާތް ވެސް ތެޅުމުގެ މަސައްކަތް ކޮށްދިނީ ވެމްކޯއިންނެވެ.
މިހާރު ތަޅާލަން ފަށާފައިވާ އީޑީސީ އިމާރާތަކީ މީގެ ކުރިން އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ކިޔެވުން ވެސް ބޭއްވި އެ އިމާރާތެކެވެ. އޭރު ވެސް ހުރީ އެ ތަން ހުރީ ވަރަށް ބޮޑަށް ބާވެ ރެނދުލާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހަންމަ
14 September 2025
އަދި ނުވޭނު ތަޅާލާކަށް. އަދި މާ އަވަސް. ހައުސިންގ މިނިސްޓްރީވެސް އެހެރީ މަހިތުން މީހެއްގެ ބޮލަށް އަދި ނުވެއްޓޭތީ ބަހައްޓާފަ.
އާދަމް ކުރޮޅި
14 September 2025
މިއީ ޔުނިވަރސިޓީ އިމާރާތެއް ނޫންތޯ
އަހަންމަ
14 September 2025
އެބަ އޮތް އެހެން ޖަހާފަ ޚަބަރުގަ
ޗަޕް
15 September 2025
ދުވަހަކުވެސް އެއިމާރާތުގައި އީޑީސީ ނުހިގާ. އީޑީސީ ހިންގީ އެއާޖެހިގެން މިހާރު ހުސްކޮށް އޮތް ބިމުގައި އެންމެފަހުން ހުރި ސަލާހުއްދީން އިމާރާތުގައި.