ސްކޫލު ކުދިންތަކެއް ރިޕޯޓް ފޮތް ބަލަނީ: މިއަދު ވަނީ އޯލެވެލް ނަތީޖާ ދޫކުރަން ފަށާފައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު
19 އޯގަސްޓް 2025 - 09:21
މިި އަހަރު މެއި/ޖޫންގައި ބޭއްވި އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށާނެ އެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ކުރި އިއުލާނުގައި ބުނީ އެސްއެސްސީ އަދި ކެމްބްރިޖް އައިޖީސީއެސްއީ އިމްތިހާނުގެ ނަތީޖާ މިއަދު މެންދުރު ފަހު 1:00 އިން ފެށިގެން ލިބޭނެ ކަމަށެވެ.
އަމިއްލަ ގޮތުން އިމްތިހާނު ހެދި ދަރިވަރުންގެ ނަތީޖާ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެ ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު 1:30 ޑީޕީއީން ދޫކުރާނެ ކަމަށް ވެސް ބުންޏެވެ.
އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ ދޫކުރާނީ އައިޑީކާޑު ގެންދިއުމުންނެވެ. ބަދަލުގައި މީހަކު ފޮނުވާ ނަމަ، ދަރިވަރުގެ އައިޑީކާޑާއި ހަވާލުވާ މީހާގެ އައިޑީކާޑު ގެންދަންޖެހެ އެވެ.
އެސްއެސްސީ އާއި ކެމްބްރިޖު އައިޖީސީއެސްސީ އިމްތިހާނު 260 ސެންޓަރަކުން 8،364 ދަރިވަރުން މި އަހަރުގެ އިމްތިހާނުގައި ބައިވެރިވި އެވެ.
މިހާރު ކުރިއަށްދާ ދިރާސީ އަހަރު ގްރޭޑް 10 ކިޔަވާ ކުދިން އޯލެވެލް އިމްތިހާނު ހަދާނީ އަންނަ އަހަރުގެ ފެބްރުއަރީ/ މާޗުގަ އެވެ. އަދި 9 ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ އޯލެވެލް އިމްތިހާނު އޮންނާނީ އަންނަ އަހަރުގެ އޮކްޓޫބަރު/ ނޮވެމްބަރުގަ އެވެ.
މިނިސްޓްރީން ވަނީ އަންނަ އަހަރުގެ ދިރާސީ އަހަރުން ފެށިގެން އޯ ލެވެލް އިމްތިހާނުތައް ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު/ ނޮވެމްބަރުގައި ބާއްވަން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަސްލްހަތު
19 August 2025
ބިދޭސީންގެ އަތްމައްޗަށް ދޫކޮށްލި ބަޔަކު އެމީހުންގެ އަތްމަތިން އެ ނުނަގާހާ ހިނދަކު ކަން އޮންނާނީ އެހެން
ކޮރަލް
19 August 2025
ސްކޫލް ނިންމިއަސް ބިދޭސީން ދިވެހީންނަށް ވަޒީފާ އެއް ނުދެ އެވެ. ރާއްޖޭގަ ވަޒީފާ އަދާ ކުރަނީ ވަޒީފާ ދެނީވެސް ބިދޭސީންނެވެ. މާލޭގަ އެއްވެސް ހޮޓަލެއް ، ކެފޭ އެއް ، ފިހާރައަކުން ދިވެއްސަކު ނުފެނެ އެވެ. ވިޔަފާރި ކުރާ ތަނުގަ ދިވެއްސަކު ނެތި އެއްވެސް ވިަޔފާޜި އެއް ނުކުރެވޭ ގޮތަށް ހަދަން ވީ އެވެ. ގަރާޖް އާ ވޯކް ޝޮޕް ތަކުގަ ވެސް ދިވެއްސަކު ނުހުންނަ ނަމަ ބަންދު ކުރަން ވީ އެވެ. މަސައްކަތް ދަސްވާނީ ފުރުސަތު ލިބިގެންނެވެ.