މަތިވެރީގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު އެމްއޭސީއެލްގެ އެމްޑީ ޝަރީފުއާ ސަލާން ކުރައްވަނީ.
20 އޯގަސްޓް 2025 - 08:43
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގައި ހިމެނޭ، އއ. މަތިވެރި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ގިނަ އަދަދެއްގެ ރިސޯޓު ހިންގާ އއ. އަތޮޅުގެ ފުރަތަމަ އެއާޕޯޓު، މަތިވެރީގައި އަޅަން ބޭނުންވާ ބިން ހިއްކުމާއި އެ ތަން ތަރައްގީކޮށް އޮޕަރޭޓް ކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ސަރުކާރުން ހަވާލުކުރީ ރޭގަ އެވެ.
އެ އެއާޕޯޓު ބިން ހިއްކަން ފެށީ އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ބިން ހިއްކުމުގެ މަސައްކަތް އަމަލީ ގޮތުން ފައްޓަވައި ދެއްވީ ރައީސް މުއިއްޒާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިމްރާން އަބްދުލްމުހައިމިނާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރާއި އެ ރަށު ކައުންސިލް ރައީސް އަހުމަދު އަސްލަމެވެ.
މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މަތިވެރި އެއާޕޯޓަށް އިންވެސްޓްކޮށް، އެ ތަން ހިންގައި ހުރިހާ ކަމެއް ބަލަހައްޓާނީ ވެސް އެމްއޭސީއެލުން ކަމަށެވެ.
އއ. އަތޮޅުގެ ފުރަތަމަ އެއާޕޯޓު މަތިވެރީގައި ހެދުމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިމްރާން (ވ) އާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފު މިރޭ ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ތައްޔާރުވެގެން.---ފޮޓޯ: ރައީސް އޮފީސް
"މި މަޝްރޫއާ ގުޅިގެން ރަށަށް ބޭނުންވާ ރަށުގެ ތަރައްގީގެ އެކި ކަންކަމަށް، ބޯހިޔާވަހިކަމާއި އެކި ކަންކަމަށް 26.5 ހެކްޓަރުގެ ބިމާ އެކު އޭގެ އިތުރަށް އެއާ ގުޅިގެން އެއާޕޯޓު ތަރައްގީ ކުރެވޭނީ. މި އެއާޕޯޓަކީ ފުރިހަމަ އަށް ދެކޮޅު ޖެހޭނެ އެއާޕޯޓެއް، އޭގެ ހުރިހާ ހިސާބެއް ބަރާބަރަށް ދިމާވާ 100 ޕަސެންޓު ފީޒަބްލް ޕްރޮޖެކްޓެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި މަތިވެރި އެއާޕޯޓުގެ ހުރިހާ މަސައްކަތެއް 30 މަސް ދުވަސް ނުވަތަ ދެ އަހަރާއި ބައިގެ މުއްދަތުގައި ނިންމައި އެ ތަން ހުޅުވާނެ އެވެ.
ރައީސް އެންމެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރުގައި މަތިވެރި އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެއާޕޯޓެއް އެޅުމަކީ މަތިވެރި ދާއިރާ އަށް ވަރަށް މުހިންމު ކަމެއް ކަމަށާއި ޓޫރިޒަމަށް ބަރޯސާ ވެފައިވާ މި އަތޮޅަށް އެއާޕޯޓެއް ބޭނުންވާ ކަމަށެވެ.
އެ ސަރަހައްދުގައި ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާކުރަންޖެހޭ ކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އަމާޒަކީ ޓޫރިސްޓު ރިސޯޓުތަކާއި ޓޫރިޒަމްގެ އެކިއެކި ފަހި ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ. ވިދާޅުވީ އެ ހުރިހާ ކަމަކާ އެކު ރައްޔިތުންނަށް އިގްތިސޯދީ ގޮތުން ކުރިއެރުންތައް ލިބޭ ތަން ފެންނާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޞުލޭ
20 August 2025
ޢަދި މީހުން ހައްޖައް ގެންދިއުމުގެ ކަންތަކާއި، ގަމުމީ ޔުނިވާސިޓީ ހިންގުން ވެސް އެމްއޭސީއެލް އާއި މިފުރުސަތުގައި ހަވާލު ކޮށްލުން ރަގަޅު....
މެންގްރޫވް
20 August 2025
މިހެންގޮސް ފްލެޓް އަޅަން ހަވާލުކުރާނެ އިސްލާމިކް މިނިސްޓްރީ ނޫނީ އައި.ޖީ.އެމް ހޮސްޕިޓަލާއިވެސް.
އަސަަފަ
20 August 2025
މަތިވެރި ރައްޔިތުން ފަހުން ދެރަވާނެ
އުދުހޭ
20 August 2025
ނާށިގަނޑަކުން ބިން ހިއްކިދާނެ އަޅުގަނޑަށްވެސް
މިމްހާދު
20 August 2025
އެއާޕޯޓުގެ ސަބަބުން ވަރަށް ގިނަ މީހުންނަށް ގިނަ ވަޒީފާތައް ލިބި ރަށުގަ ހުރިުމުގެ ނަސީބު މި ލިބިގެންދިޔައީ.. އަދި ލޯކަލް ޓޫރިޒަމްއަށް އިތުރު ކުރިއެރުން ލިބިގެންދާނެކަން ޔަގީން
ނުއުމާން
20 August 2025
އއ. އަތޮޅަކީ އެއާޕޯޓް އޮންނަންޖެހޭ ހިސާބެއް. އެއީ މިހާރު ޓޫރިސްޓުން އެންމެ ގިނައިން ދަތުރުކުރާ ހިސާބު، އެއާޕޯޓެއް އެޅުމާއެކު އާދަޔާ ހިލާފަށް މީހުން އަންނާނެކަން ޔަގީން.
ބޯންބެ
20 August 2025
މަތިވެރީގެ ރައްޔިތެއްގެ ހައިސިއްޔަތުން ބުނެލަން އޮތީ، ރާއްޖޭގެ އެންމެ ބޮޑު އިންޓަރނޭޝަނަލް އެއަރޕޯރޓަށް ލޯންޗުން 1 ގަޑިއިރުން ދެވެން އޮއްވާ، ރަށުގެ ރީތި މޫދާއި ފަޅާއި ބީޗު ހަލާކުކޮށްލައިގެން ކުރަން އެކަށީގެންވާ ކަމެއް ނޫން މިކީ. ލޯކަލް ޓޫރިޒަމްގެ ނަފާވެރިކަމުން ރަށަށް ލިބެމުންދާ މަންފާތަކަށްވުރެ، ޖެޓްޕާކިންގ އެއަރޕޯރޓަކަށް ހަދައިގެން 50 އެތައް ހެކްޓަރެއްގެ ޖާގަ ގެއްލިގެން ދިއުމަކީ ފަހުން ހިތާމަކުރާނެކަމެއް.
އިލްހާމްް
20 August 2025
މަތިވެރީގަ ޓުއަރިޒްމް ކުރިނާރާއިގެން އުޅެނީ ކައިރީގަ އެއަރޕޯޓެއް ނެތިގެން. މި އެއަރޕޯޓް އެޅުމާ އެކީ މަތިވެރި ވެގެން ދާނެ ލޯކަލް ޓުއަރިޒަމްގެ މެއިން ހަބަކަށް. އިނދިކޮޅު ފިކުރުގެ މީހަކަސް މިކަމަކީ އަޅުގަނޑުގެ ވަރަށް ވަރަށް ތާއީދު ކުރާ ކަމެއް. މިކަން އެކަންޏެއް ނޫން ކާސާމިއާ އަނބުރާ މަތިވެރި ރައްޔިތުންނަށް ހޯދާ ދިނުމަކީ ހިތުގެ އެންމެ ފުންމިނުން ބަލައިގަންނަ ކަމެއް. ޝުކުރިއްޔާ ރައީސް
އުލްފާާ
20 August 2025
ރައީސް މުއިއްޒަކީ ބަހުގެ އޮިތުބާރު ހިފޭ ރައީސެއް. ވައުދުވި ގިޮތަށް އެ ފެށީ މި މަސައްކަތް. އިންތިހާ ޝުކުރު ރައީސްް.
މަބުނީ
20 August 2025
ދެމީހުންނާފަޅި އުޅުނަސް އެއްފަޅުގައޮތަސް މީހުން ބަދަލުވާން ބޭނުންނުވާތީ މިއޮއްހާޒަމާނު ވަކިވެގެންއެތިބެނީ. އެހެންވީމާ ދެންޖެހޭނީ ރަށެއް ހިއްކާކަށްނޫންތޯ. ރާއްޖޭގެ އެއްމެން އެއްބަސްކިޔާފަ ކުދިރަށްރަށުގެމީހުން ބޮޑެތިރަށްރަށަށް ބަދަލުވެގެންނޫނީ މުސްތަގުބަލެއް ފެންނާކަށްނެތް.