އެމްޑީޕީގެ ނައިބު ރައީސް ޝިފާޒް މިރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
25 މާޗް 2017 - 00:13
ހުރިހާ އިދިކޮޅު ފަރާތްތައް ގުޅިގެން މި ފެށީ ރާއްޖެ އިސްލާހުކުރުމުގެ ބުރަ މަސައްކަތެއް ކަމަށާއި އެ މަސައްކަތް ނިންމާލާނީ ކާމިޔާބުކުރުމަށްފަހު ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްގެ ރައީސް އަދި އަދާލަތު ޕާޓީ ގުޅިގެން މިރޭ މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ޝިފާޒް ވިދާޅުވީ 2008 ވަނަ އަހަރު ތަސްދީގުކުރި ގާނޫނު އަސާސީ ހޯދުމަށް ދިވެހިން ކުރި ބުރަ މަސައްކަތް އަބަދުވެސް ހަނދާންކުރައްވާ ކަމަށެވެ. އެ ކަމަށް އެމްޑީޕީގެ މެމްބަރުން މުޅި ރާއްޖޭގައި އަޑު އުފުލި ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ ހާއްސަ މަޖިލީހުގައި މެމްބަރުން އެ މަސައްކަތްކުރަމުން ގެންދިޔަ. އެ މަޖިލީހުގެ ރިޔާސަތުގައި އޮނަރަބްލް ގާސިމް އިބްރާހިމް އިންނަވައިގެން އެ ގާނޫނު އަސާސީ ވުޖޫދަށް ގެނައުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރެއްވި. ހަމަ އެއާއެކީ އެ ގާނޫނު އަސާސީ ތަސްދީގުކުރެއްވުމަށް ރައީސް މައުމޫން އަބްދުލްގައްޔޫމް ގެންގުޅުއްވި ހިކުމަތްތެރިކަން އެއީ މިއަދު ދިވެހިރާއްޖޭގެ ރައްޔިތުން އެކަމަށްޓަކައި އުފާކުރާ ކަމެއް،" ޝިފާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދު ދިވެހިރައްޔިތުން އަނބުރާ ނުކުތީ އެ ބުރަ އުފުލުގައިގެން ހޯދި ގާނޫނު އަސާސީ ދިފާއުކުރުމަށް ކަމަށެވެ. އަދި އޭގައި ލިޔެފައިވާ ހައްގުތައް ކަށަވަރުކުރުމަށް ކަމަށް ވެސް ޝިފާޒް ވިދާޅުވި އެވެ.
"ވަކިން ހާއްސަކޮށް ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ހަޅުތާލުކުރުމާއި ވަކިން ހާއްސަކޮށް ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް އަޅުގަނޑުމެން ހޯދި ޖާގަ އަޅުގަނޑުމެން އަލުން އަނބުރާ ކަށަވަރުކުރަން ބޭނުންވީތީ،" އޭނާ ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވީ "އެކަންކަން ހާސިލްނުވާހާ ހިނދަކު އަޅުގަނޑުމެން ގެއަށްވަދެ މަޑުން ނުތިބޭނަން" ކަމަށެވެ.
"އަޅުގަނޑުމެން އަނެއްކާ ވެސް މިނުކުތީ އަޅުގަނޑުމެން ހޯދި ހައްގުތައް އަލުން އަނބުރާ ކަށަވަރުކުރުމުގެ އެބުރަ މަސައްކަތަށް. އެނގިވަޑައިގަންނަވާނެ މިވަގުތު ދިވެހިރާއްޖޭގެ ރައްޔިތުންގެ މައްޗަށް ވެރިކަންކުރެއްވުމަށް ހުންނެވީ ކޮން ބޭފުޅެއްކަން... ދިވެހިރާއްޖޭގައި އުފެދުނު އެންމެ މަގުބޫލްކަންކުޑަ ލީޑަރު،" އޭނާ ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވީ މިހާރު ފަށައިގެން އުޅޭ މަސައްކަތަކީ ބުރަ މަސައްކަތެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
"އިނގޭ މިއީ ބުރަ މަސައްކަތެއްކަން. އިންތިހާއަށް ގޮންޖެހުން ކުރިމަތިވާނެކަން. ރައްޔިތުންގެ ތާއީދު ނެތް ވެރިއެއްގެ ވެރިކަން ހަމަމަގަށް އެޅުވުމަށްޓަކައި، އެވެރިކަން ޖަވާބުދާރީކުރުމަށްޓަކައި މަސައްކަތްކުރަން ނިކުންނައިރު ދިމާވާނެ ބައިވަރު ގޮންޖެހުންތައް އަބަދުވެސް ސިކުނޑީގައި ބަހައްޓަން،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
25 March 2017
ތިޔައީ އެއްވެސް އުރަތްޕަތް ހުރިބޭފުޅެށްނޫން ،،،، އެހެންމީހަކު ފުމެން ގެންގުޅޭ ދުންމާރިއަކަށް ތިމާ ބަދަލުވީމައި ކަމަކުނުދާނެ ،، ތިމާގެވެސް އިންނާނެ މަތީންދެއްވާފައިވާ ބުއްދިއާއި ފިކުރާއި ،،، އެގޮތަށް މަސައްކަތްކުރީމައި އޯކޭވާނެ ،،، ، އެއްވެސް ހާލެއްގައި އެހެންމީހެއްގެ ދުންމާރިއަކަށް ވެގެންނުވާނެ ،،، އޭރުން ނުވާނެ ޑިމޮކްރެސީޢަކަށް ،،،،، ވަރަށްވެދުން
ީއިށާ
25 March 2017
ސާބަހޭ ތިކުރާހިތްވަރަށް.. ﷲ ގެ ވާގިފުޅާ އެކުތިކަން ކާމިޔާބުަވާނެ..
ކޮބާލަދު
25 March 2017
ކޮބާހޭ ޢެއްކަލަ ވީޑިއޯ ކޮބާ މިހާރު މަޢުމޫނު އޯކޭ؟ ޗިފާޒޫ ހަނދާންވޭތަ ޤާނޫނު އަސާސީ ތަސްދީގު ކުރުން ލަސްވެގެން ތީމުގޭދޮށަށް އެއްވި ދުވަސް އެދުވަހުވެސް މަޢުމޫނާ މުހާތަބު ކުރީ ހަމަ ތިހާފަށުވިކޮށް ރީތިކޮށް ތޯ ތިޔަ އެމްޑީޕީން، މަައުމޫނު ހަނދާން ނެތަސް އަހަރެމެން ހަނދާން ެެބަހުރި އެހެންވީމަ މި އެހެނީ ކޮބާހޭލަދުހަޔާތް.
މުންކޮ
25 March 2017
ކީތްކުރާނީ؟ މިހާރު މިހުރި މީހާއާ އެންމެ ފަހުން 5 ޕަސެންޓު ލިބުނު ރައީސް ވަހީދު ކުރިމަތި ލިޔަސް ވަހީދު ހޮވޭނެ 95 % ނަގައިގެން..
އިބޫބޭ
25 March 2017
ކަލޯ އަނގަ އޮޅުނީތަ؟ ނޫނީ "ކަލޯމެން ކީ ޑިކްޓޭޓަރ މައުމޫން" ހުދުކާފޫރަށް ބަދަލުވެ މަނިކުފާނެއްގެ ޢިއްޒަތް އެރުވީތަ؟ ތީ ކަލޯމެންގެ މައްސަލަޔަކީ. މަވާ ތި ޕާޓީއަށާ މިއަދުން ފެށިޮގެން ޢުމުރަށް ސަލާމް!
ނުވާނެ
25 March 2017
ނުވާނެ ކޮބާ ނަސީދު ވެރިކަމުގަދޯ ބިރުންފިލާ