މާލެއަށް އަވިދީފައި އޮތް ދުވަހެއްގައި، ކައިރީގައި ހެދިފައި ހުރި ވާރޭ ވިލާގަނޑެއް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
25 އޯގަސްޓް 2025 - 10:15
އައްޑުއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މިއަދު ޔެލޯ އެލާޓް ނެެރެފި އެވެ.
މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން އައްޑުއަށް ނެރުނު ޔެލޯ އެލާޓުގައި ބުނީ މިއަދު ހެނދުނު 7:45 އިން 10:45 އަށް އެ ސިޓީގެ ރަށްރަށަށް ބޯކޮށް ވާރޭވެހި، ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ.
އައްޑުއަށް އިއްޔެ ވެސް ވަރަށް ވިއްސާރަކުރި އެވެ. މޫސުމީ ރެކޯޑުތަކުން ދައްކާ ގޮތުގައި، އައްޑޫ ހިތަދުއަށް އިއްޔެ 103 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. އަދި ގަމަށް 109 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
Alert Yellow for torrential rain and thunderstorms. pic.twitter.com/ECwPXyIwKZ
— Maldives Meteorology (@MetMaldives) August 25, 2025
މެޓް އޮފީހުން ބުނީ ދެކުނުގެ ރަށްތަކަށް މިއަދު ވިއްސާރައިގެ އަސަރު ކުރި ނަމަވެސް، އެހެން ހިސާބުތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން، އަދި އެހެން ހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކުރެވެ އެވެ.
އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްރަށަށް މިއަދު ވަރަށް ހޫނުގަދަ އެވެ. މިދިޔަ ހަފުތާއެއްހާ ދުވަހު އިހުސާސްކުރެވޭ ހޫނުމިން ހުރީ އެވްރެޖު ގޮތެއްގައި 35-38 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވާންޗޯ
25 August 2025
ކޮބާ އަޑޫ ބްރިޖް ކިހާ ހިސާބެއްގަ؟
މޮޑަން
25 August 2025
ތިބުނި ވަގުތުތަކުގަ ގުގުރި. އެކަމަކު ތިބުނާހާ ވާރެއެއް ނުވެހޭ ބަޔަކު އެކާރޓްނެރޭ ވަރަކަށް. ކަނިކޮޅެއް ނުޖަހައެކޭ ނޫން.
ހުސެއިންް
25 August 2025
އެހެންވީމަ އައްޑޫ މީހުން އުޅޭ ގޮތް ރަނގަޅުވެފަ އަހަރުންނަށް އުޅެވޭ ގޮތް ނުބައީތާ
މެޓާ
25 August 2025
ބޯކޮށް ވާރޭ ވެހޭކަން މެޓަށް އެނގުނީ މުޅި އޮފީހުގައި ފެންބޮޑުވީމަ. ޓެކްނޮލޯއްޖިއާ......