ޕިކަޕަކަށް ބަނގުރާ އަރުވައިގެން ދަނިކޮށް އަތުލައިގަތް މީހާ އާއި އެ ޕިކަޕުން ފެނުނު ބަނގުރާ ކޭސްތައް.-- ފޮޓޯ: ޕޮލިސް
25 އޯގަސްޓް 2025 - 13:35
ފުލުހުން މިއަދު ހުޅުމާލޭގައި ފަހައި ދުއްވައިގެން އަތުލައިގަތް ޕިކަޕަކުން 144 ދަޅު ބަނގުރާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ ބަނގުރާ ކޭސްތަކަކާ މީހަކު ހައްޔަރުކުރީ ހުޅުމާލެ 1 އިން ކަމަށެވެ.
ހައްޔަރުކުރި މީހާއަކީ، ހުޅުމާލެ 1 ގެ ފުލުހުން މިއަދު ހެނދުނު ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔަ ވަގުތު ބާރު ސްޕީޑުގައި ދުއްވައިގެން ހުއްޓުވި ޕިކަޕެއްގެ ޑްރައިވަރު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ އިންޑިއާ މީހެއް ކަމަށްވާ ފަސަލު ރަހްމާން މަޓުމަލް އެވެ.
ފުލުހުން ބުނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ އެ ޕިކަޕު މަޑުކުރަން ފުލުހުން އަތުން އިޝާރާތްކޮށް، އަދި ބަރުގޮނު އަޅައިގެން އެންގުމުން ވެސް އޭނާ މަޑުނުކޮށް ދިޔަ ކަމަށެވެ.
އެ ޕިކަޕު ދުއްވީ ބާރު ސްޕީޑުގައި، ޒިގްޒެކްކޮށް އެކި މަގުތަކުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެހެންވެ، ފުލުހުން އެ ޕިކަޕު ފަހަތުން ގޮސް ހުއްޓުވައި، ޕިކަޕު ދުއްވަން އިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ޕިކަޕު ބަލައި ފާސްކުރި އިރު، 144 ދަޅު ބަނގުރާ ފެނިފައިވާ ކަމަށެވެ.
އެހެންވެ، އެ ޕިކަޕުގެ ޑްރައިވަރު ހައްޔަރުކޮށް، އޭނާގެ މައްޗަށް ފުލުހުން ވަނީ ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަސް
26 August 2025
ބޭރުމީހެއް ވީމަ ބަގުރާ، ދިވެއްސެއް ނަމަ ބަގުރަލަށް ޝައްކުކުރެވޭ އެއްޗެއް.
ދިވެހިން123
26 August 2025
ދިވެހި ޕާސްޕޯޓެއްއޮތް ހިންދޫއެއްތަ؟ ލޮލް
ރަނޭ
26 August 2025
އިންޑިޔާ މީހުންގިނަވެ ނުރައްކާ ބޮޑުވަނީ. ދިވެހި އާބާދީ އަށް ވުރި ބިދޭސީން ގިނަވަނީ. ވިސްނާކަށް ނުވޭތޯ!
ދހިވެން
26 August 2025
ކޮންވިސްނުމެއް. މުޅި ގައުމު ވިއްކާ ދަރަނިވެރިކޮށްގެން ކޮންމެ މީހަކު އެދަނީ 5 އަހަރު ހަމަކޮށްފަ އަނެއްކާވެސް އެނބުރި އަންނަން.
ކަލުބެ
26 August 2025
ފުލުހުން ބުނީ އެ ޕިކަޕު ބަލައި ފާސްކުރި އިރު، 144 ދަޅު ބަނގުރާ ފެނިފައިވާ ކަމަށެވެ. ދަޅުގައިހުންނަނީ ބިޔަރެއްނޫންތަ؟
ސާބަހޭ ފުޅުހުން
26 August 2025
ޑްރައިވަރު މާ އަވަހަށް ވިއްޔަ ތީގެން ބައެއް ތި ބޯލީ. މަންޒިލަށް ދެވެންދެން ކެތްނުލަވައިގެން އުޅެންޏާ ާނީ ތިހެން
ތަކުރޭ
25 August 2025
އޭނާ ދުއްވީ ކާކު ޕިކަޕެއް. ތިކަމުގެ އަޑީގައި ބަޔަކު ތިބިތޯ ބަލަންވާނެ
ތއޑ
25 August 2025
ލޯކަލްޓޫރިޒަމް ރަށްރަށުގެ ރެސްޓޯރެންޓްގައި ދުވާލުމެންދުރު ޓޫރިސްޓުން ބޮނީތިޔަ ބުރޭންޑްގެ ތިކުލައިގެ ދަޅެއްގަހުންނަ އެއްޗެއް. ރަށުތެރޭ ޓޫރިސްޓުންނާ އަވަށްޓެރި ބިދޭސީން ފުރިފަ. ރަށުމީހަކު މަގެއްމަތިންވެސް ނުފެނޭ. ހުރިހާކަމެއްގަ ބިދޭސީން. ރަށްވަށާ ދޮންމީހުން ބިިނީގަ. ގައުމެއްވާނެތްތާ ޑޮލަރެއްވެސްނެތް.
ނޫނީ ބޭރުމީހުންގެ ކިއްލާއަކަށް މިތަންވެދާނެ.
25 August 2025
ހުޅުމާލެ، މާލެ، ތިލަފުށި، އަދި ގުޅިފަޅު ރަނގަޅު ޗެކްޕޮއިންޓްތަކެއް ހެދެން އެބަޖެހޭ. ވިސާވެސް ވެހިކަލް ހުއްދަތަށްވެސް އަދި އުފުލާމުދާވެސް. ދޭތެރެ ދޭތެރެއިން ޗެކްކުރުން މުހިއްމު ކަމުގަ ދެކެން.
ކޮރަލް
25 August 2025
ދިވެހީންނަށް އަދަބު ދެވެ އެވެ. ދެވޭނެ އަދަބު އެބަހުއްޓެެވެ. ބިދޭސީންނަށް އަދަބެއް ނުދެ ވެ އެވެ . ކޮބާ އަމުރަށް ނުކިޔަމަން ތެރި ވުމުގެ ދައުވާ ! ނެތެވެ.
ގޮރުނުދޯރު
25 August 2025
ހިފަހައްޓަނީ ދޫކޮއްލަންވެގެން؟
ދޫކޮށްލާ
26 August 2025
ނުހިފަހަައްޓާ ދުލެއްނުކުރެވޭނެ ނު