ރައީސް މުއިއްޒު މިރޭ ނޮޅިވަރަންފަރަށް ވަޑައިގަތުމުން އެ ރަށުން މަރުހަބާ ދަންނަވަނީ.
25 އޯގަސްޓް 2025 - 22:26
ހދ. ނޮޅިވަރަންފަރުގައި އިތުރު 100 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް އަންނަ މަހުގެ ކުރީކޮޅު އެޗްޑީސީއާ ހަވާލު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހދ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ނޮޅިވަރަންފަރު ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ، އެ 100 ހައުސިން ޔުނިޓް އިމާރާތް ކުރަން ގަސްދު ކުރައްވަނީ ގޯތި ލިބި އެކަމަކު އެ ގޯތީގައި ގެއެއް އެޅުމުގެ ފުރުސަތު ލިބިފައި ނެތް މީހުންނަށް ހާއްސަ ކޮށްގެން ކަމަށެވެ.
"އެ އިން ކޮންމެ ބޭފުޅެއްގެ ގޯތީގައި ތިން ކޮޓަރީގެ ހައުސިން ޔުނިޓެއް އެޅުމުގެ މަޝްރޫއެއްގެ ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދާނީ. އެހެންވީމާ އެ ފަރާތްތައް ކައުންސިލުން ފާހަގަކޮށްދޭންވީ. ކައުންސިލާއި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާނީ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި، އެއިރުން އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމުގައި ދަތިތައް ކުރިމަތިވެފައިވާ މީހުންނަށް ބޮޑު ލުޔެއް ލިބޭނެ އެވެ. އަދި އެއީ ވަރަށް މުހިންމު އެތައް ކަމަކާ ގުޅިފައިވާ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ނޮޅިވަރަންފަރުގައި ކުރިން އިމާރާތް ކޮށްފައިވާ 100 ހައުސިން ޔުނިޓް ރަށު ކައުންސިލާ ހަވާލު ކޮށްދެއްވުމަށް ފަހު ރައީސް މުއިއްޒު ވިދާޅުވީ، ނޮޅިވަރަންފަރަށް 250 ހައުސިން ޔުނިޓް އިތުރަށް ބޭނުންވާ ކަމަށެވެ. އިތުރަށް 100 ހައުސިން ޔުނިޓް އަޅައިދެނީ ވެސް އެހެންވެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މިރޭ ވިދާޅުވީ، ފީފާ ސްޓޭންޑުގެ ފުޓުބޯޅަ ދަނޑަކާއި ސްޕޯޓްސް ކޮމްޕްލެކްސްއެއް ނޮޅިވަރަންފަރުގައި އަޅަން މިރޭ ސޮއިކުރި ކުރުމަކީ ވެސް ބޮޑު ކާމިޔާބީއެއް ކަމަށެވެ. ހާއްސަކޮށް ކުޅިވަރުގެ ދާއިރާ އިން އިތުރު ދޮރުތައް ހުޅުވޭނެ ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
އެ މަސައްކަތް ހަވާލުކުރީ އާރުޑީސީއާ އެވެ. ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ހަވާލުކުރީ އެމްއޭސީއެލްއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކައުސަރްް
26 August 2025
ހަގީގީ ފްލެޓް ދޮންބެއަކީ މިހާރު ރައީސް މުއިއްޒު.
ޖަިލަމްް
26 August 2025
ބޯހިޔާވަހިކަމަކީ މި ސަރުކާރުގެ އެންމެ ބޮޑު ވައުދު. އެހެންކަމުން ރައީސް އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނީ މިކަން.
ތަސްމީނާ
26 August 2025
ދިވެހި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ގެދޮރުވެރިކަން މިކަމަށް ރައީސް މުއިއްޒު އަހަމިއްޔަތު ކަން ދެއްވާތީ، ސިޔާސީ ފިކުރަށް ވެސް ބަދަލު އައިސް މުއިއްޒު އަށް ތާއީދު ކުރެވޭހެން ބައެއް ފަހަރު ހީވޭ
އަބްދުﷲ ވަހީދު (ބީއެޗް)
26 August 2025
މިތާ ހާދަ ފޯރީގަ ސަރުކާރުން މުސާރަ ދީފަ ތިބި ބަޔަކު ކޮމެންޓުކުރާހެން އެބަ ހީވެޔޭ… ކަންތައްތަކެއް ކޮށްދޭނަމޭ ބުނެގެން މި އުޅެނީ، ކަމެއް ކޮށްދީގެނެއްނޫން… ކޮށްދޭނަމޭ ބުނި މީގެ 2 އަހަރު ކުރިންވެސް، ވީކަމެއް ހަރާން.
ފިޒާނާާ
26 August 2025
ބަލަގަ މިއީ ރައްޔިތުންގެ ޝުއޫރު. ހަޖަމްނުވަންޏާ އެހެން ނޫހެއް ބަލަންވީނުން.
މުއްތޮލިބް
26 August 2025
ރައްފުށުގެ ތަރައްގީ މިދަނީ ބާރު ސްޕީޑުގައި ކުރިޔަށް. ރައްޔިތުންގެ ޒަރޫރީ ބޭނުން ތައް މިދަނީ ފުދިގެން އަތުން އެއްޗެއް ނުގޮސް
މިންވާލް މުހައްމަދު
26 August 2025
ރައްޔިތުންގެ އަޑުއަހާ ވެރިއެއް އައުމުގެ ނަތީޖާ މި ފެނިގެންދަނީ. މި ސަރުކާރު އައިފަހުން ފެނިގެން މިދަނީ ރައްޔިތުންގެ ބޭނުންތައް ފުއްދާ ރަށް ރަށަށް ތަރައްގީ ގެންނަން މަސައްކަތް ކުރަމުންދާތަން.
އަލީމްގ
26 August 2025
ކޮއްދޭނަމޭ ބުނުމަކުން އަދި އެ ކުރެވުނީކީ ނޫން، ކޮން ރަށެއްގަ ކޮން ކަމެއްތޯ ކޮއްދެވުނީ ތިވަރައް ސަނާ ކިޔަން،
މޫސާ ސަލީމް
26 August 2025
މި މަޝްރޫއުތަކުގެ ސަބަބުން ނޮޅިވަރަންފަރުގައި ދިރިއުޅުމުގެ ފެންވަރު މަތިވެ އިތުރު ތަރައްގީގެ ޝައުގުވެރިކަން ލިބިގެންދާނެކަން ޔަގީން
މުޙުތާޜު އާޒިމް
26 August 2025
ރަށުގައި ފީފާ ސްޓޭންޑެޑްގެ ދަނޑެއް އެޅިިގެން ދިއުމަކީ ޒުވާނުންނަށް ލިބިގެންދާ ވަރަށްވެސް ބޮޑު ހިތްހަމަޖެހުމެއް. މިރަށަކީ ފުޓްބޯޅައަށް ލޯބިކުރާ ގިނަ ޒުވާނުންތަކެއް އުޅޭ ރަށެއް. މި ކުދިންގެ ކުރިއެރުމަށް އެޅޭ މިހުންމު ފިޔަވަޅެއް މިއީ
މުހައްމަދު ކަރީމް
26 August 2025
މި ޕްރެޖެކްޓުންވެސް އަޅުގަނޑުމެންނަށް އެގިގެންމިދަނީ ރައްޔިތުންގެ ދަތިތަކަށް ހައްލު ހޯދަދިނުމަށް އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތް. މިއީ އަހަރެމެން ރައްޔިތުން ބޭނުންވާ ކަހަލަ ވެރިންނަކީ
މޫމިން އަލިީ
26 August 2025
މިއިީ އަމިއްލަ ގޯތީގައި ގެދޮރު އަޅަން ދަތިވެފައިވާ ހުރިހާ ރައްޔިތުންނަށްވެސް ލިބިގެންދިޔަ ވަރަށް އުފާވެރި ހަބަރެއް. ހަމަޖެހިލާގެން ރަނގަޅު ދިރި އުޅުމެއް އުޅުމަށް ފަހިވެގެންދާ ދޮރެއް. ޝުކުރިއްޔާ ރައީސް މުއިއްޒު.