ރައީސް އޮފީހުން ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއް: ދައުލަތުގެ ބަޖެޓުން މީޑިއާއަށް ދޭ ފައިސާގެ އެހީއަށް އެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައި.-- ފޮޓޯ: ރައީސް އޮފީސް
27 އޯގަސްޓް 2025 - 11:33
ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޔޫތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރަޖިސްޓަރީކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެހީއަށް އެދި ހުށަހެޅުމުގެ މުއްދަތަކީ މާދަމާއިން ފެށިގެން އަންނަ މަހު 27 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ އިއުލާނުގައި ބުންޏެވެ. އަދި އެކަމަށް އެދި ހުށަހެޅޭނީ އެކަމަށްޓަކާ ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލެއް ސަރުކާރުން ފުރަތަމަ ފަހަރަށް އެކުލަވާލައި އާންމުކުރީ މި މަހުގެ 19 ވަނަ ދުވަހު އެވެ.
މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓްގައި އެކަމަށް ފައިސާ ވެސް ކަނޑައަޅާފައިވެ އެވެ. އެއީ ބަޖެޓުގެ އަންދާޒާކުރެވޭ ރެވެނިއުގެ 0.1 ޕަސެންޓަށް ވާ މިންވަރުގެ ފައިސާ އެވެ.
އެ ފައިސާ ދެނީ އެކަމާބެހޭ އުސޫލުގައި ބުނާ ވަކި ޝަރުތުތަކެއް ހަމަވާ އަދި ވަކި މިންވަރަކަށް ޕޮއިންޓް ލިބޭ މީޑިއާތަކަށް އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަދާލަތު
27 August 2025
މީޑިއާތަކުގެ އަނގަ ބަންދުކުރާ ފަރުވާއެއްކަމަށް ލަފާކުރެވެނީ. މުށުތެރެއަށް މީޑިއާތައްލަނީ.
ޖަފްނީ
27 August 2025
ތިޔަބުނާ އުސޫލެއް އޮވެގެންތަ މިހާރުވެސް ބައެއް މީޑިއާތަކަށް ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް ފައިސާ ދެނީ.
ސަލީމު އިދުރީސް
27 August 2025
އެހެންވީމަ ދެންތިބޭނީ ސަރުކާރު ނޫސްވެރިން އެސާބުން ނޫސްތައް ބެލުން ހުއްޓާލާނައް މިނިވަންކައްނެއް ބަޔަކައް ތެދު ހަބަރު ނުފެތުރޭނެ
އަފުން
27 August 2025
ނޫސްވެރިން އުޅެނީ ވަރަށް އައްޗިކޮށް، އެހެންވީމަ ދައުލަތުގެ މާލިއްޔާއިން މީޑިއާތަކަށް ފައިސާ ނުދިނުމަށް ގޮވައިލަން.
ވަހީދުއްދީން
27 August 2025
މީ ނޫސްވެރިކަން ކުރިއަރައި ނޫސްތަކަށް ޖެހިފައިވާ މާލީ ބުރަޔަށް ލުޔެއް ލިބި އެ ވަޒީފާއަށް އިތުރު ޒުވާނުން ނިކުތުމަށް މަގުފަހިވެ ޝައުގުވެރިކަން އުފެދޭނެ ކަމެއް، އެމްޑީޕީ ވެރިކަމުގަ މިކަން ނުކުރުމަކީ މިހާރު މިކަން ނުކުރަން އޮތް ހުއްޖަތެއްނޫން.. ވ ރަނގަޅު ކަމެއް
ހަމްދާ
27 August 2025
ކޮބާ ހުރިހާ ނޫސްތަކަކުން އަވަށް އެޕްލިކޭޝަން ފޮނުވާ،،، ދެން ނުޖެހޭނެ ފައިސާ ނެތިގެން ނޫސް ނުހިންގިގެން ބައެއްގެ ފައިބުޑަށް ވެއްޓޭކަން، ސުޕޮންސަރ ނުލިބިގެން ނޫސް ހުއްޓާލާކަށް
އަފްރާސިޔާބު
27 August 2025
ފައިސާ ނެތިގެން ބޭސްފަރުވާ ނުކުރެވުނަސް ނޫސް ހިންގަން ސަރުކާރުން ވީހާ ބޮޑަކަށް ފައިސާ ހޭދަކުރަންވީ.
ނަޓަކުރު
27 August 2025
ވިސްނޭ ބަޔަކަށް ވިސްނޭނެ މި ވަނީ ކިހިނެއްކަން. ދައުލަތުން (ސަރުކާރުން) މީޑިއާތަކަށް ފައިސާ ދިނުމަކީ މީޑިއާތަކަށް ނުފޫޒުފޯރުވުން ކަމުގައި ނުވާނެ ގޮތެއް ނުވިސްނުނު.
އަފްރާސިޔާބު
27 August 2025
ލާރި ދެންޏާ ބޮޑުބޭބެގެ ނުބައިކަމުގެ ވާހަކަ ދައްކާނޭ ކުއްޖަކު ނުހުންނާނެ.
ނިބްރާސް މުހައްމަދު
27 August 2025
ރަނގަޅު ފެށުމެއް. އެކަމަކު މީޑިޔާއޭ ކިޔާފަ ފިތުނަ އުފައްދާ ފަރާތްތަކަށް މި ދޭކަށް ނުފެނޭ.
އިބުރ
27 August 2025
އެއް އަތުން ލާރި ދީފަ އަނެއް އަތުން އަނގަމަތީ އަތް އަޅަނީ. ދެފުށްފެންނަ ވެރިކަމެއް ކުރެވޭނީ މިހައިކަންހާ ވަރަށް.
ސައްދާމް މުހައްމަދު
27 August 2025
މީޑިޔާ ތައް ބާރުވެރި ކުރަން ސަރުކާރުން ކުރާ މަސައްކަތް ހަމަ ވަރަށް ފުރިހަމަ.
ޗީޑި
27 August 2025
މީޑިއާތައް ގަނެލަން ހިފާފަ