ހުޅުމާލޭ ވޯޓާތީމް ޕާކް ސަރަހައްދު: މަރުވެފައި އޮއްވާ ފެނުނީ ނޭޕާލް މީހެއް ކަމަށް ފުލުހުން ބުނޭ.
27 އޯގަސްޓް 2025 - 23:58
ހުޅުމާލޭގެ ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުގައި މަރުވެފައިވާ އޮއްވައި މިދިޔަ ހޯމަ ދުވަހުގެ ރޭ އިރާކޮޅު ފެނުނީ ނޭޕާލުގެ މީހެއް ކަމަށާއި އޭނާގެ މަރުވުމުގައި ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ފާހަގަނުކުރެވޭ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ މި މަހުގެ 21 އިން ފެށިގެން ގެއްލިގެން ހޯދަމުން އައި ރުޕަން ތަޕާ މަގަރް ކަން ފޮރެންސިކް ކަން ތަހުލީލުތަކުން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
"މިހާތަނަށް ބެލިބެލުމުން ރުޕަން ތަޕާ މަގަރް މަރުވުމުގައި ތުހުމަތުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވޭ،" އުމުރުން 29 އަހަރުގެ އެ މީހާގެ މަރާ ގުޅިގެން ފުލުހުން ބުންޏެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏަަސް އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
އެ މީހާ މަރުވެފައި އޮއްވައި ފެނުނުއިރު ވެސް އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށާއި އެއީ ކާކުކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ކުރިން ފުލުހުން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ާއަލިމޯޑު
28 August 2025
ޝައްކު ކުރެވޭ ކަމެއް ނެތޯ. އެކަމަކު އެމީހާ މަރުވެފަ އޮއްވަ ފެނުނު ވަގުތު އެއް ނޫހެއްގަ ލިޔެފަ އޮތީ އެމީހާ މަރާލައިފަ އޮތީ ވަރަށް އަނިޔާވެރިކޮށޭ.ކޮށާލައިފައޭ އޮތީ.ކުނިވަސް ދުވާތީ ހޯދިއިރު ފުރަތަމަ ފެނުނީ ވެސް އަތެކޭ. އެހެން ނޫހެއްގަ އޮތް އެމީހާ ހުރީ ދަންޖައްސާފައޭ
ދޫހެނބެރި
28 August 2025
ދެން ނިމުނީ ދެއްތޯ، ބޭރުމީހެއް ވީމާ، އޭނަ މަރުވާން ކައިރިވީމާ އެތަނުގައި ގޮސް އޮށޯތީ ތޯއްޗެއް. ޒަކިއްޔާ ދިޔަމަގުން މީނަވެސް ދިޔައީ. ތިޔައީ، މީހެއްގެ މަރުގެ މައްސަލާގައި ބުންނަން، އެކަން ބަލާފަރާތްތަކުން ލަދުގަންނަން ޖެހޭފަދަ ވާހަކައެއް.
އަލީލީ
28 August 2025
ފުލުހުންވެސް ވިޔަފާރި ކުންފުނި ހަދައިގެން މިހާރު ބޭނުންވަނީ ވިޔަފާރިކުރަންތިބެން. ތުހުމަތުކުރެވޭ ކަމެއްނެތޭ ކިޔާފަ ކޭސް ކުލޯސްކޮށްލީމަ ހައްޓަށް ފަސޭހަވާނެ ދޯ.
ވެންގަބޯ
28 August 2025
އެތަނަށް އެމީހާ ވަނީއެކަނިތޯ ނޫނީ ގުރޫ ޕަކާއެކުގަތޯ ބައެއްގެ ކައިރީގައި އުޅޭ މީހަކު އެތަނުގައި މަރުވާންވީ ސަބަބެއްވެސް އޮންނާނެއެވެ ޕޯސްޓްމޯޓަމް މިފަހަރު ހަދަންޖެހޭ އެބަ މިކަހަލަ މަރުތައް ޖެހޭނެ ކޮންމެހެންވެސް ޕޯސްޓްމޯޓަމް ހަދަން މީގޮތް ނޭނގޭ މަރެއް. މީހެއްގެ ބޮލުގައި ޖަހާ ފާޅާލީމަ އެމީހާ މަރުވީމާ ނުޖެހޭނެ ޕޯސްޓްމޯޓަމް ހަދާކަށް އެބަ އިނގޭދޯ ބޮލަށް ލިބުނުގެއްލުމުގެ ސަބަބުން މަރުވީކަން މި ބޭރުމީހާ ޕޯސްޓްމޯޓަމް ހަދަންޖެހޭނެ މީކުރަންވިފަހަރު
ޑެބީ
28 August 2025
މަރާލާފަ އޮއްވާ ފެންނަ މީހުންގެ މަރުގެ ހަގީގަތް ނުހޯދޭ ބަޔަކަށް މަރުވެ ކުނިވެފައި އޮންނަ މީހެއްގެ މަރުގެ ހަގީގަތް ހޯދޭނެ ކަމަށް އަހަރުމެން އުއްމީދެއްވެސް ނުކުރަން. އެހެންވީމަ ތިހެން ބޮލުން ނައްޓާލުން ތީހަމަ އެންމެ ބުއްދިވެރިގޮތް.
ކުރަފިސިކުނޑި
28 August 2025
އެތަނަށް އެމީހާ ވަނީއެކަނިތޯ ނޫނީ ގުރޫ ޕަކާއެކުގަތޯ ބައެއްގެ ކައިރީގައި އުޅޭ މީހަކު އެތަނުގައި މަރުވާންވީ ސަބަބެއްވެސް އޮންނާނެއެވެ ޕޯސްޓްމޯޓަމް މިފަހަރު ހަދަންޖެހޭ އެބަ މިކަހަލަ މަރުތައް ޖެހޭނެ ކޮންމެހެންވެސް ޕޯސްޓްމޯޓަމް ހަދަން މީގޮތް ނޭނގޭ މަރެއް. މީހެއްގެ ބޮލުގައި ޖަހާ ފާޅާލީމަ އެމީހާ މަރުވީމާ ނުޖެހޭނެ ޕޯސްޓްމޯޓަމް ހަދާކަށް އެބަ އިނގޭދޯ ބޮލަށް ލިބުނުގެއްލުމުގެ ސަބަބުން މަރުވީކަން މި ބޭރުމީހާ ޕޯސްޓްމޯޓަމް ހަދަންޖެހޭނެ މީކުރަންވިފަހަރު.