ހުޅުމާލޭގެ ފޭސް 2: ފޭސް 2 ގެ ބިމެއް ލާ ޖައްސައިގެން ބީއެމްއެލްއަށް ވަނީ ބަދަލުކޮށްފައި --- ފޮޓޯ/މިހާރު
31 އޯގަސްޓް 2025 - 11:36
ހުޅުމާލެ 2 ގައި އޮންނަ ބިމެއް ލާޖައްސައިގެން ބީއެމްއެލް އަށް ބަދަލުކޮށްފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ހުޅުމާލެ 2 ގައި އޮތް އެ ބިމުގެ މިލްކުވެރިކަން ބީއެމްއެލް އަށް ބަދަލުކުރީ އެ ބޭންކުގެ ނަމުގައި ހުޅުމާލެ 1 ގައި އޮތް ބިމަކާ ލާޖައްސައިގެންނެވެ. އެ ދެ ބިމަކީ ވެސް 15،800 އަކަފޫޓުގެ ދެ ބިމެވެ.
އެ މުއާމަލާތާ ގުޅިގެން ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައިވަނީ ލާޖެއްސުމުގެ މުއާމަލާތްތަކުގައި ދައުލަތުގެ ފަރާތުން ބިމުގެ ކަންކަން ހަވާލު ކޮށްފައިވާ ނާޒިރުގެ ރުހުން އޮތްތޯ ބަލަން ޖެހޭ ނަމަވެސް އެ ދެ ބިމަކީ އެޗްޑީސީގެ އިހުތިސާސްގެ ތެރޭގައި އޮތް ދެ ބިން ކަމަށް ވާތީ އެކަމުގައި ރުހުން އޮތްތޯ ބަލަން ނުޖެހޭ ކަމަށެވެ. އެ މުއާމަލާތުގައި ގާނޫނީ ހުރަހެއް ނެތުމުން އެއީ ސައްހަ މުއާމަލާތެއް ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، ހުޅުމާލެ 2 ގެ ބިމުގެ މިލްކުވެރިކަން ބީއެމްއެލް އަށް އަދި ހުޅުމާލެ 1 ގެ ބިމުގެ މިލްކުވެރިކަން އެޗްޑީސީ އަށް ލިބިގެންވާ ކަމަށް އެ ހުކުމުގައިވެ އެވެ.
މީގެ ކުރިން ބީއެމްއެލް އިން ހުޅުމާލެ އިން ބިމެއް ގަނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސޮބީހާ
01 September 2025
ބިންބޮޑު އާބާދީބޮޑު ރަށަކުން ތި ސައިޒުގެ ބިމެއްގަނެ އިމާރާތެއް އަޅާ ބެންކުގެ އިދާރީ އަދި އޮަންލައިންކޮށް ހިދުމަތްދިނުމުގެ ގޮތުން މުވަޒަފުންކުރަންޖެހޭ މަސައްކަތްތަށް ކުރެވިދާނަ، އެ ރަށަކުން މުވަޒިފުން ނަގައިގެން، ގައިމު ހަރަދު ކުޑަވެފަ މާލެއަށް ހިޖުރަކުރަން ޖެހޭނިސްބަތް ކުޑަކުރެވޭނެ،
އުދުހޭ
31 August 2025
އޭޓީއެމް ހުޅުވާ ވަފުދު ނުދޭތަ ބިން ހުޅުވާކަށް؟
އަޅޭއެ
31 August 2025
ކޮބައިތަ އަޅެ ލައި ޖެއްސުމަކީ. މީގެ މާނަ ބުނެދީބަ
ލާޖެއްސުން
31 August 2025
ލައި ޖެއްސުމެއް ނޫން. ލާޖެއްސުން
ދަގަތްފާނު
31 August 2025
އަކަފޫޓަކަށް 5400ރ މަގުން 28 ހާސް އަކަފޫޓު އެއީ 154 މިލިއަން. އެހާ އަގުބޮޑު ބިން އެއްބަޔަކަށް ހިލޭ ބަހާލާފަވަނީ. އެވެސް ފޯމުގަ އޭތިމީތި ލިޔެގެން ދިޔާމަ ޕޮއިންޓުދީގެން.
ޑރ ވާންޗޯ
31 August 2025
މިވެސް ޚަބަރެއް؟. އެއްވަރެއްގެ ދެބިން އެއްބިން އަނެއްބިމާ ބަދަލުކޮއްލީދޯ؟. ދެބިމުގެ ވެރިފަރާތުން އެއްބަސްވެގެން. އެކައްޗެއް ޖައްސައިގެންވެސް ތީގެންބިމެއް މަށަކަށް ގައިމުވެސް ނުލިބޭނެ.
އިނދަ
31 August 2025
އިނދަޖައްސައިގެން
އަފްރާސިޔާބު
01 September 2025
ދަރަނި ނެގިމީހަކު އޭނާ ނެގި ދަރަނި ދައްކައިފި. އެއްގޯއްޗެއް އަނެއްގޯއްޗާ ލާޖައްސައިފި. މިވެސް ހަމަ ޚަބަރު؟
ރާވެރިބެ
31 August 2025
ހުސް ރައްޔިތުންގެ ފައިސާ
ބމލ
31 August 2025
ރައްޔިތުންގެ ބޭންކް.
އޮނަރަބްލް އަފީފު ދީދީ
31 August 2025
ދައުލަތާއި ރައްޔަތް ޙިއްސާވާ ޕަބްލިކް ލިމިޓެޑް ކުންފުނިތަކުގެ ޙާއްސަކޮށް ބޭންކްފަދަ މާލީ އިދާރާތަކުގެ މިފަދަ މުއާމަލާތް ހިންގަންވާނީ މިއަށްވުރެބޮޑަށް ކަމުގެޙަޤީގަތް ކުންފުނީގެ އާންމު ޙިއްސާދާރުންނަށް ވެސް އިގޭގޮތަށް ކަމުގައިދެކެން. ކ.މާލޭގެ ބިންތަކާއި، ހުޅުމާލެ 1 އަދި ހުޅުމާލެ 2 ގެ ބިންތަކުގެ އަގުގައި ހުރި ތަފާތު ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖްމަންޓްގައި ތިއްބެވި ބޭފުޅުންނަށް އެގިވަޑައިނުގަތްކަމަށްވިޔަސް މިއީ ދިވެހިންފަރިތަ ދިވެހިނަށްއިގޭ ކަމެއް.
ފެނިލާ
31 August 2025
އެއްކަލަ ދަންނަ ނުދަންނަ ރޯނު އެދުރު ފެށީ... ސަހާދެއް މިބުނީ ފަށައިފީޔާ ހުއްޓާލަންވެސް ނޭންގެނީޔޭ...
ޕިސް
31 August 2025
އޮނަރޭ ބޯނުކޮއްޕާ Hama އެއްކަމެއް ނެތީއޭ!!
އޮނަރަބްލް އަފީފު ދީދީ
31 August 2025
ބޭންކް ބްރާންޗް ތައް ހިންގުމަށް ކ.މާލެއިން ބޮޑު އަގުގައި ކުއްޔަށް ހިފާ ތަންތަނާއި އެކަންކަމާއި ގުޅުވައިގެން ސުވާލު އުފެދޭ އެތައް ވާހަކަ ތަކެއް ދެކެވޭ އިރު ބޭންކް ހެޑް އޮފީސް ގޯޅިތެރޭގައި ބޭންކުން ޙަރަދު ކޮށްގެން ކުރީގެ ވަޒީރެއްގެ ގޯތީގައި 10 ބުރި އިމާރާތެއް ވެސް ކޮށްފައި އަދި އުމުރުދުވަހަށް އެތަނަށް ކުލި ހިގާގޮތަށް ބޭންކުން ވަނީ އެއްބަސްވުން ވެސް ހަދާފައި. ދައުލަތާއި ރައްޔަތް ޙިއްސާވާ ކުންފުންނަށް ބޭންކް ހިންގަން ބިން ނުލިބެނީތޯ ؟
ނަނަނަ
31 August 2025
އައްޑު އަތޮޅު ދީދީ އަށް “ކ. މާލެ” ކިޔާ ރަށެއް ރާއްޖޭގަ ނުއޮންނަކަން ހަމަ ނޭނގެނީތަ؟
ސެމުއެލް ޝަފީއު
31 August 2025
އެއީ އެވަރު ކަމެއްްތޯ
ނަންނުގަތި.
31 August 2025
ދީދީ ކ.މާލެ އޭ ނުކިޔާތި. އެރަށު މީހުން ލަދު ގަނޭ އެމީހުންނަކީ ކ.އަތޮޅު ރަށެއްގެ މީހުންނޭ ކިޔާތީ.
ރާވެރިބެ
31 August 2025
މީ ވަރަށް ބޮޑު ތެދެއް. ކުރީގެ ވަޒީރެއް އަދި މާލޭ ބޭފުޅެއްގެ ގެ ހެދީ ބޭންކުން ދިން ލޯނުން. ހަދާފަ މިއޮތީ ބޮޑު ކުއްޔަކަށް ދިގު މުއްދަތަށް ބޭންކަށް ކުއްޔަށް ހިފާފަ. ހަމަ ގައިމުވެސް ދުނިޔޭގެ އެހެން ގައުމެއްގަ ނަމަ ޏި ވަރަށް ބޮޑު ކޮރަޕްޝަނަކަށް ވީސް