މޯލްޑިވިއަން އިން މިއަދު ރާއްޖެ ގެނައި ދެ އޭޓީއާރް ބޯޓު، މީގެ ބޯޓަކުން 72 މީހުންނަށް ދަތުރު ކުރެވޭނެ .--ފޮޓޯ:ނިޝާން އަލީ/މިހާރު
01 ސެޕްޓެމްބަރ 2025 - 15:18
ފްރީ އިންޑިޕެންޑެންޓް ޓްރެވެލާ (އެފްއައިޓީ) ގެ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ޓިކެޓަށް 15 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ނިންމައި ގައުމީ އެއާލައިން، މޯލްޑިވިއަން އިން އެކަން މިއަދު އިއުލާނުކޮށްފި އެވެ.
މޯލްޑިވިއަނުން ނެރުނު ބަޔާނެއްގަައި ބުނީ އެފްއައިޓީގެ ގޮތުގައި އަންނަ ޓޫރިސްޓުންނަށް ޑިސްކައުންޓެއް ދޭން ނިންމީ ރާއްޖޭގެ އެތެރޭގައި ކުރާ ދަތުރުތަކަކީ އެފަދަ ޓޫރިސްޓުންނަށް އަތްފޯރާ އަގެއްގައި ކުރާ ދަތުރުތަކަކަށް ހެދުމުގެ ގޮތުން ކަމަށެވެ. އެ އެއާލައިނުން ބުނީ މިކަމުގެ ސަބަބުން ޓޫރިޒަމަށް އިތުރު ކުރިއެރުމެއް ގެނެސް ރައްޔިތުންނަށް ލިބޭ އިގުތިސާދީ ނަފާ އިތުރުވާނެ ކަމަށެވެ.
"މިއީ ލޯކަލް ޓޫރިޒަމަށް އެހީތެރިވުމަށް ތައްޔާރަށް ތިބުމާ އެކު އަޅުގަނޑުމެންގެ ފަސިންޖަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ނިންމި ނިންމުމެއް،" މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މުޖުތަމައުގެ ހިތާ ދަތުރުވެރިން ގުޅުވައިލުމަކީ މޯލްޑިވިއަން އިން ފަހުރުވެރިވާ ކަމެކެވެ.
"...އަތްފޯރާ އަގުތަކެއްގައި ފެއާތައް ތައާރަފްކޮށް، ހިދުމަތް ފުޅާކޮށް، އަޅުގަނޑުމެން މި އެހީތެރިވަނީ ޓޫރިޒަމްގެ ފައިދާ ފުޅާ ދާއިރާއެއްގައި މުޅި ގައުމަށް ފަތުރައިލަން،" އޭނާ ވިދާޅުވި އެވެ.
މޯލްޑިވިއަން އިން ބުނި ގޮތުގައި އެ ލޯކަލް ޓޫރިޒަމަށް އެހީތެރިވުމުގެ ގޮތުން އެ އެއާލައިނުން މިހާރު ވެސް އަންނަނީ ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަކޮށް ކޯޕަރޭޓް ރޭޓްތަކެއްގައި ހިދުމަތް ދެމުންނެވެ.
މޯލްޑިވިއަން އަކީ ރާއްޖޭގެ އެތެރޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވައިގެ ދަތުރުގެ ހިދުމަތް ދެމުން އަންނަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖޭގެ އެތެރޭގައި 17 މަންޒިލަކަށް ދަތުރުކުރެ އެވެ. މޯލްޑިވިއަން އިން ބުނީ އެފްއައިޓީގެ ގޮތުގައި އަންނަ ޓޫރިސްޓުންނަށް އެ އެއާލައިންގެ ވެބްސައިޓް މެދުވެރިކޮށް ބުކިން ހެދޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެޑްމުންޑޯ
02 September 2025
ހަހާސް ރުފިޔާ އަށްވުރެ ބޮޑު އަދަދެއް ހުވަދޫ މުލަކަށް ބިދޭސީ އަތުން ޓިކެޓަށް ނަގާ ، މިގެނާ ބަދަލުން ކުޑަވީ ކުޑަވަރެއް . މިދަލަކާއި އެކުވެސް 5 ހާހަށްވުރެ މަތީގައި ޓިކެޓް އުޅޭނީ ، ދެން ކޮންސަޅިވާހަކަތަކެއް ތިދައްކަނީ
ވިދާޅުނުވާ ކަންތައް ނުކުރާތި
01 September 2025
ރައީސް ވިދާޅުވެގެންތޯ އަގު ހެޔޮކުރީ؟؟
raajje
01 September 2025
ކޮންމެވެސް މަކަރަކަށްތިވަނީ، އެތެރޭގެއުދުހުންތައް އަގުހެޔޮކުރަނީޔޭކިޔާފާވެސް ދުވަސްކޮޅަކަށް ކުޑަކޮށް އަގުހެޔޮކޮށްފައި ފަހުންވީ ކުރިންހުރިވަރަށްވުރެންވެސްބޮޑު،
އަބްޑޫޅް +
01 September 2025
އެކަނި އިންނަ ދޮންތަކުރަށް މޮޅު.
ހަލީލްބެ
01 September 2025
މީގެސަބަބުންކޮންމޮޅެއްބާހާސިލްވާނީ؟ ރާއްޖެ ޕްރޮމޯޓް ކުރަން މަސައްކަތް ކުރާޓްރެވެލް އެޖެންޓުންްއިދަޖެހުންފިޔަވާ.
އަސްލު.......
01 September 2025
މަގުސަދަކީކޮބާ......
ނުރު
01 September 2025
ޢެއްވެސް ކަމެއް ހަސިލެއް ނުވާނެ... ނަމެއްގަ ކުރާކަމެއް
ޒުންނަވާރު ޖެކްސަން
01 September 2025
ހަބަރު ކިޔާލަބަލަ ބުރޯ ބޭކާރު ކޮމެންޓު ނުކޮށް.
ރާވެރިބެ
01 September 2025
ހަމ ތިގޮތަށް މުޅި އާއިލާ ގޮވައިގެން ދާ ދިވެހިންނަށް ދޭނެ ޑިސްކައުންޓެއް ނެތްތޯ؟ ފަސް ހަ މީހުންގެ ޓިކެޓަށް ވެސް ފައިސާ ދައްކަން ޖެހެނީ އެންމެ މީހަކަށޭ. ފެމިލީ ޑިސްކައުންޓް ތައާރަފް ކޮށްދެއްވާ.
މޮޅުކަމެއް
01 September 2025
މީގެ ބޭނުމަކީ ކޮބާ؟ އެކަނި އައިސްގެން ކުރިއަރާނީ ލޯކަލް ޓޫރިޒަމެއް ނޫން. މިއީ ކަމެއްކުރީމޭ ބުނަން ކުރިކަމަކާއި ވަތްތަރީ.
މީނާ
01 September 2025
ބަލަވެސް އެވެސް ހަމަރަގަޅުކަމަކޭ ، އެކަނި މާނައަކީ ، ބަޔަކާއި ނުގުޅި އަންނަ މީހުން ، އެވާދެނެ އާއިލާ އަކަށްވެސް ، އަދި ގްރޫޕަކަށްވެސް