ގެއްލިގެން ހޯދާ ގއ. ކޮލަމާފުށީގައި ދުއްވާ "ކޮލަމާ" ބޯޓު-- ފޮޓޯ: އެމްއެންޑީއެފް
01 ސެޕްޓެމްބަރ 2025 - 15:08
މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި ސައީދުބެ ޚަބަރު ހުސްވީ ބޯޓުގެ އޮޓޯ ޕަމްޕުގެ މައްސަލައެއް ދިމާވެގެން އިންޖީނު ރޫމަށް ފައިބައިގެން އުޅުމުގެ ތެރޭގައި. އަދި ސައީދުބެގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާތަކެއް ފެންނަން ހުރި ކަމަށް ބޯޓުގެ ބައެއް ކުރޫންނާ ހަވާލާދީ، "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުނި. ކޮލަމާ ބޯޓުގައި ގިނައިން ތިބީ ބިދޭސީން ކަމަށްވޭ.
އުމުރުން 60 އަހަރުން މައްޗަށް ގޮސްފައިވާ ސައީދުބެ ނިޔާވީ ކިހިނެއް ވެގެން ކަން އަދި ސާފެއް ނުވޭ. އެކަމަކު، އެކެފަރަ ސަރަހައްދުން ކޮލަމާ ބޯޓު ފެނުނުއިރު ވެސް ސައީދުބެ ޚަބަރު އޮތީ ހުސްވެފައި ކަމަށް ބޯޓުން ވާހަކަ ދެއްކި ބައެއް މީހުން ބުނި. އެހެންވެ، ފުލުހުންގެ ލޯންޗެއްގައި ވަގުތުން ގެންދިޔައީ ވިލިނގިލީ ހޮސްޕިޓަލަށް.
ކޮލަމާފުށި ބޯޓުގެ ކެޕްޓަން ކޮލަމާފުށި، ދޮންވެލި އާދަމް ސައީދު (ސައީދުބެ) ނިޔާވެފައިވާ ކަމަށް ވިލިނގިލި ހޮސްޕިޓަލުން އޭނާ ބެއްލެވި ޑޮކްޓަރު ދެންމެ ބުނެފި.
ކޮލަމާފުށިން ވާހަކަ ދެއްކި މީހަކު ބުނީ، ކެޕްޓަންގެ ޚަބަރު ހުސްވެފައިވާ ކަމަށް. އިތުރު މައުލޫމާތެއް ނޭނގޭ ކަމަށް އޭނާ ބުނި.
ފުލުހުން ބުނިގޮތުގައި، ބޯޓުގެ ކެޕްޓަން ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންދިއުމަށް ފުލުހުންގެ ލޯންޗެއް މިހާރު ދަތުރުކުރަމުން އަންނަ ކަމަށް. ކެޕްޓަންގެ ހާލެއް އަދި ސާފެއް ނުވޭ.
ފުލުހުން ދެންމެ ބުނީ، އެކެފަރަ ސަރަހައްދުން ކޮލަމާ ބޯޓު ފެނިފައިވާ ކަމަށް. ފުލުހުން އެ ސަރަަހއްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ބުނި.
ލ. އަތޮޅުން ރޭ ފުރި ބޯޓެއް ގެއްލިގެން އެމްއެންޑީއެފުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.
ގެއްލިގެން ހޯދަނީ ގއ. ކޮލަމާފުށީގައި ދުއްވާ "ކޮލަމާ" ބޯޓެވެ.
އެމްއެންޑީއެފުން ބުނީ ރޭ 10:00 ހާއިރު ލ. އަތޮޅުން ފުރައިގެން އެ ބޯޓު ދަތުރު ކުރީ ހުވަދު އަތޮޅަށް ކަމަށެވެ.
މާލެ އިން މުދާ ހިފައިގެން އެކި ރަށްރަށަށް ދަތުރުކުރާ ކޮލަމާ ބޯޓު ފުރި ފަހުން އެއްވެސް ޚަބަރެއް ނުވާތީ އެ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
އެ ބޯޓާ ގުޅޭ އެއްވެސް ޚަބަރެއް ލިބިއްޖެ ނަމަ 191 އަށް ގުޅައި މައުލޫމާތު ދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެއް އުއްމަތެއް އެއް މިއްލަތެ
01 September 2025
ކޮމެންޓް ސެކްޝަނުގަތިބޭ ޕްރޮފެސަރުންނާ ހަވާލުކޮއްފަ ފުލުހުން ނިދަންދޭ ގެޔަށް...ހުސް މުރަގަގަސްދޮށު މާލިމީން މީހަކުމަރުވިޔަސް ކަނޑުވިޔަސް މަގުމަތީ ހާދިސާއެއް ހިގިޔަސް ގޮތްކިޔާ އެކިއެކި ދިރާސާތައް ނެރެލާއިރު ސޮނީގެ ސީއައިޑީގެ ޑައިރެކްޓަރަށްވެސް ސީންއެއް ކްރިއޭޓްނުކުރެވޭނެ މިތާއުޅޭ މުރަގަމާލިމީންނާ އެއްވަރަށް.މައްޔިތާގެ ފާފަފުއްސަވާ ސުވަރުގެދެއްވާށި އާމީން..އާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން.
އެކަން ކުރާލެއް ރަނގަޅުކަމުން ...
01 September 2025
ކޮމެންޓް ސެކްޝަނުގަތިބޭ ޕްރޮފެސަރުންނާ ހަވާލުކޮއްފަ ފުލުހުން ނިދަންދޭ ގެޔަށް.
އެކަމަކުވާދޯ.
01 September 2025
ބޯޓުގެ ޚަބަރެއްނުވެގެން އެންގީމަ އާއްމުންގެ އެހީއަށް އެދުނީމަ މަހީކުރީ ކަމާބެހޭ ފަރާތްތަކަށް ބޯޓުހޯދާ ނުފެނުނީމަށް. އެކަމަކު ބޯޓުފެންމަތީގަ އޮތްތަންދައްކާ.
ކޮރަލް
01 September 2025
ފެރީ ތަކުގަ ފަތަން ނޭނގޭ ބިދޭސީން އެބަ އުޅެ އެވެ. މިއީ ކޯސްޓް ގާޑުން ބަލާ ޗެކް ކުރަން ރަނގަޅު ކަމެކެވެ.
ރަދީފްއޮފިޝަލް /
01 September 2025
Device List KOLAMAAKOLAMAA KOLAMAA Speed: 4.00 NM @ 201° Location: 0.9022, 73.4327 Last Reported: 1-9-2025 16:56
އެއްކަލަޑްރޯން
01 September 2025
ތިވަރުކުރިއަސް ހޯދަންނޫޅޭމީހުންނަކަށް ނުފެންނާނެ.
އަބްޑޫޅް +
01 September 2025
ދުވަސްކޮޅެއް ކުރީން ނަމަ ގެންދާނީ ވިލިނގިލީ ހަސްފަތާލަކަށް ނޫން. ގެންދާނީ ވިލިނގިލީ ޖަލަށް.
ވެންގަބޯ
01 September 2025
ކޮބާ ހަނދާން ނެތުނީދޯ ޑްރޯން ނެރޭ އަވަހަށް އޭރުން ތިހުރިހާ ކަމެއްވެސް ނިނުނީ ކޮބާތޯ ކަނޑުގެ ސަރަހައްދު ބަލަން ގެނައި ބޮޑު އުޅަނދު ކޮބާތޯ އަނެއްކާ ކަނޑުފޭރޭ މީހުންގެ ނުރައްކާ މިތަނަށް ވެސް ކުރިމަވީބާ ؟ ނޫނީ ހިތާމަވެރި ހާދިސާއެއް ދިމާވީބާ ކޮބައިތަ ރާޑަރުތަކަށް ނާރާތަ މީހުން މަދީތަ އިދާރާތަކުގައި
ބޯބުރާންތި
01 September 2025
ކަލޭ އަނގަ ތަންމިނަށް ހުޅުވާފަ ހަޅޭލަވާފަ ބަހައްޓާ. އޭރަށް ކަލޭ ތިބުނާ ހުރިހާކަމެއް ހުންނާނި ވަގުތުން ހަމަޖެހިފަ.
މޮޑަންް
01 September 2025
ބެލެވެނީ ތީގެ އިންޖީނު ހުއްޓުނީ ހުވަދޫކަނޑު މެދަށް. އެއީ މޯބައިލް ރޭންޖް ލިބޭ ސަތަހައްދެއްނޫން. އެހެންވީމަ ފޮލޯމީ އެޕުންވެސް ނުދެއްކީ. މިހާރު އެޕުން އެބަދައްކާ ހުވަދޫގެ އިރަށް މަޑުމަޑުން ދާތަން. ބެލެވެނީ ބެހިގެންކަމަށް. ޕޮލޯމީއެޕްގެ ސެޓެލައިޓް ރޭންޖް ޕެކޭޖްބޭނުންކުރުން މަޖްބޫރުކުރުވަން ޖެހޭ.
ކޮރަލް
01 September 2025
ސަލާމަތީ ކަންކަން އެޕް ނޫނީ އެހެން އެއްޗެއް ބޭނުން ކޮށްގެން ވެސް ބަލަން ޖެހެނީ ކޯސްޓް ގާޑުންނެވެ. ފޮލޯމީ އަކުން ނޫނެވެ.
ކޮލަމާ
01 September 2025
ޓްރެކިން ޑިވައިސް ނިއްވާލައިގެން ކުރާކަމެއް ބަލަންޖެހޭ
މިކިޓަރީ
01 September 2025
ކޮބާތަ ޑްރޯން. އެ ފޮނުވައިގެން ބަލާބަލަ.
ހޯދަބަލަ
01 September 2025
ފޮލޯމީގަވެސް ނުފެނުނުތަ؟