ޕީއެންސީ ޖަގަހަ ޖަލްސާގައި ރައީސް ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
02 ސެޕްޓެމްބަރ 2025 - 12:25
ދިހަ ހާސް މީހުން ހަމަވާ ސިޔާސީ ޕާޓީތަކަށް ބަޖެޓު ދޫކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ވެރިކަން ކުރާ ޕީއެންސީ އަށް 13 މިލިއަން ހިމެނޭ ގޮތަށް އިތުރު ހަތަރު ޕާޓީއަކަށް 27 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އެ ކޮމިޝަނުން މިއަދު ބުނީ، ރަޖިސްޓަރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ މި އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10،000 މެމްބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހޭ ފައިސާގެ ޕޭމަންޓް ޕްރޮސެސް ކުރުމަށް ފަހު، ޕާޓީތަކަށް ފައިސާ ޖަމާކުރަން ބޭންކުތަކަށް ފޮނުވާފައިވާ ކަމަށެވެ.
އީސީން އާންމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން އެމްޑީޕީއަށް ޖަމާކުރަން ފޮނުވާފައި ވަނީ 8.45 މިލިއަން ރުފިޔާ އެވެ. ޕީއެންސީ އަށް 13.31 މިލިއަން ޖަމާކުރަން ފޮނުވާފައިވާއިރު، ޖުމްހޫރީ ޕާޓީއަށް 2.65 މިލިއަން ރުފިޔާ ދޫކުރާނެ އެވެ. އަދާލަތު ޕާޓީ އާއި އެމްޑީއޭ އަށް 1.7 މިލިއަން ރުފިޔާ ދޫކުރަން ބޭންކުތަކަށް ފޮނުވި އެވެ.
އީސީން ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 ޕަސެންޓް ދޫކުރާ ކަމަށެވެ. އެހެންވެ، މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ވަނީ 10،000 މެމްބަރުން ތިބި ފަސް ސިޔާސީ ޕާޓީއަކަށް އެ ޕާޓީއެއްގައި މެމްބަރުން ތިބި ނިސްބަތުން ބޮލަކަށް 193ރ. ދޫކޮށްފައިވާ ކަމަށް ވެސް އީސީން ބުންޏެެވެ.
އީސީގެ ވެބްސައިޓުގައިވާ ގޮތުން މިވަގުތު އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަކީ ޕީއެންސީ އެވެ. އެ ޕާޓީގައި 68،665 މެމްބަރުން އެބަ ތިއްބެވެ. އަދި އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 43،765 މެމްބަރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލިމު
03 September 2025
ބޭކާރު ހަރަދު
ރާވެރިބެ
03 September 2025
ރައްޔިތުންގެ ފައިސާއިން ސިޔާސީ ޕާޓީތަކަށް ބައި އެޅުމާ ދެކޮޅު. ހުރިހާ މީހުން އުޅެނީ ސިޔާސީ ޕާޓީތަކުގަ އެއް ނޫން. ޕާޓީ ހިންގަން ދައުލަތުން ފައިސާ ދޭކަށް ނުޖެހޭ. އިސްލާހު ކުރަން ބޭނުމިއްޔާ މިގާނޫނު އުވާލާ.
ކަނޑޫމާ
03 September 2025
މީހަމަވޭސްޓެއް. މިހާގިނައިން ފައިސާދޭންޖެހޭ މ ނިޒާމު އޮވެގެން ދުވަހަކުވެސް ގައުމު ކުރިނާރާނެ. މަޖްލިސް މީހުންނަށް ވެސް އޮންނަ ޢިނާޔަތްތައް ބޮޑު. ލިބޭއެއްޗަކާ ކުރާމަސައްކަތާއެއްވަރުވާންޖެހޭ
ސާފުފެއްޖެތަ
03 September 2025
27.9 މިލިއަން ރުފިޔާއިން މިގައުމަށް ކޮންމެހެން ބޭނުންވެފަވާ އެތައް ކަމެއް ކުރެވޭނެ. ރައްޔިތުންގެ ފައިސާއިން ބޭކާރު ޚަރަދުނުކޮށް ގައުމަށް ފައިދާހުރި ކަންކަން ކުރިއްޔާ މާރަނގަޅުވާނެ. ސިޔާސީ ޕާޓީ ހިންގަން ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ދިވެހި ރައްޔިތުންގެ ފައިސާ ޚަރަދުކުރާކަށް ނުޖެހޭނެ. ސިޔާސީ ބާޓީ ހިންގާނެ ފައިސާ ހޯދާނީ އެޕާޓީއަކުން އަމިއްލައަށް މަސައްކަތްކޮށްގެން. ޕާޓީ ތަކުން ޚަރަދުކުރާނެ އަމިއްލަ ފައިސާ ނެތިއްޔާ ޕާޓީ ނުހިންގާނީ
އައިމިނާ
03 September 2025
ކޮންމެ ދެމަފިރިއަކަށް ޕާޓީއެއް ހަދަންވީ.
އަހައްމަދޫ
03 September 2025
މިކަހަލަ ބޭކާރު ޚަރަދުކުރުން ހުއްޓާލާނީ ކޮން އިރަކު ބާއޭ ހިތަށް އަރާ. ތިޕާޓީ ތަކުން ގައުމަށްވާ ފައިދާއެއްނެތް.
ވަކީލްް
03 September 2025
ޢެއްވެސް އަޑެއްބަޑެއް ނީވޭ އަދާލަތު ޕާޓީއަށްވެސް މިލިއަނުން ފައިސާ. ތިޔައޮތީ ރަނގަޅު ވިޔަފާރިއެކެވެ. ސަރުކާރު ތެރެއިންވެސް މިވެރިންނަށް ވަޒީފާއާއި ފައިސާ އަދި ނުވިތާކަށް އަހަރުގެ ދައުލަތުގެ ބަޖެޓުންވެސް މިމީހުންނަށް ފައިސާ. ވެރިކަމުގަ ނެތަސް ކައިބޮއިގެން އުޅެވޭނެ. ގޯހެއްނޫން.
ކޮންސޮޅިބެ
02 September 2025
ފައިސާ ބަހާލި ސިޔާސީ ޕާޓީތަކަކީ ގާނޫނު ބުނާމިންގަޑަށް ބާލިއުވެފައި ތިބި ޕަޓީތަކެއްތޯ، ކުރަންޖެހޭ މަސަކަތްކުރޭތޯ ސައިޒު ހަމަވެތޯ މިއިންކަމެއް ރަގަޅަށް ބެލޭބާ. ދިހަހާސް މީހުން ދަފުތަރު ކޮބައިކަމެއް. މިދޭހާލާރިއަށް ކީއްތޯ ކުރަނީ! އެއްޕާޓީއަަކު ދެމީހަކު މައިކުން ގޭގަތިބެގެން ޓޯކުފްރޮމް ހޯމް އަނެއް ޕާޓީ ދެމީިހަކު ގޯޅިކަންމަތީ ދުންފަތްބަންދުކުރީމަ ހުނިގޮޑިއަށް ކިރުދޭން.އަނެއްބަޔަކު ރަށްރަށަށް އަރާ ވާނެއެއްޗެއްވާން ވައުދުވަމުން އެދަނީ.
ޥިލްމްސް
02 September 2025
މިމީހުން ވެރިކަމަށް އައިސް މުއްސަދިވާން އުފައްދާފައިވާ ‘ވިޔަފާރި ޕާޓީ’ ތަކަށް ފައިސާ ބަހާލީދޯ. ނޫނޭވާ މޮޅުބައެއް މީ. މިކަން ނުދަންނަ މީހުން މިތިބެނީ މިމީހުން ޖަހާހާ ބެރަކަށް ނަށަން.
ހައްޖަ.
02 September 2025
ޕާރޓީ ނިޒާމް އުވާލަން ވީ .ބޭކާރު ކަމެއް.ރައްޔިތުން ނަށް ވާ ފައިދާ އެއް ނެއް.ހިފާ ގަދަ ވާމީހަކު ވެރިކަމައް ގެންނަން ވި