އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
02 ސެޕްޓެމްބަރ 2025 - 21:38
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ 2018 ގައި އުފެއްދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އިލެކްޝަންސް ކޮމިޝަނުން މިއަދު އުވާލައިފި އެވެ.
އީސީން އެ ޕާޓީ އުވާލީ ޕާޓީތަކުގެ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުކުރެވުމުގެ ސަބަބުންނެވެ. އެ ގާނޫނު ބުނާގޮތުން ސިޔާސީ ޕާޓީއެއްގައި އެންމެ މަދުވެގެން 3،000 މެންބަރުން ތިބެން ޖެހޭނެ އެވެ.
އީސީން މިރޭ ބުނީ މިއަދުން ފެށިގެން އެމްޓީޑީ އުވާލައި އެ ޕާޓީ، ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށެވެ.
މީގެކުރިން ވެސް 3،000 މެންބަރުން ހަމަނުވާތީ، އެ ޕާޓީއަށް ފުރުސަތު ދިނެވެ. އެ ފުރުސަތުގައި އެ ޕާޓީން އެ އަދަދަށް މެންބަރުން ހަމަ ވެސް ކުރި އެވެ.
ނަމަވެސް އީސީން މިފަހަރު އެ ޕާޓީ އުވާލަން ނިންމީ އެ އަދަދަށް އަނެއްކާވެސް މެމްބަރުން ހަމަނުވުމުންނެވެ.
އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ބޮޑު ތުހުމަތެއް އޮތް ކުރީގެ ނައިބު ރައީސް އަދީބު އިސްކޮށް ހުރެ އުފެއްދި އެމްޓީޑީ މީގެކުރިން ބައެއް ސިޔާސީ ހަރަކާތްތައް ހިންގި ނަމަވެސް، މި ފަހުން އެ ޕާޓީގެ އެއްވެސް ހަރަކާތެއް ނެތެވެ.
ކުރީގެ ސަރުކާރުން އަދީބުގެ އަދަބު ލުއިކޮށްދީ، ޖަލުން މިނިވަންކުރުމުން، އޭނާ މިހާރު ދިރިއުޅުއްވަނީ ރާއްޖެއިން ބޭރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
03 September 2025
ރާއްޖޭގަ މިހާރު ސިޔާސީ ޕާޓީ ހިންގާ ގޮތަށް ހިންގައިގެން ގައުމަށް ލިބޭ ފައިދާ އެއްނެތް. ވަނީ ގެއްލުން. ޑިމޮކްރަސީ އޮންނަން މިކަހަލަ ސިޔަާސީ ޕާޓީ ބޭނުމެއް ނޫން. މިހާރުވާ ގޮތަކީ ވެރިކަމުގަ އެވަގޮތަކު އޮތް ސިޔާސީ ޕާޓީގެ މެމްބަރަކަށް ނޫނީ ވަޒީފާއެއް ވެސް ނުލިބޭ. ފްލެޓެއް ނުލިބޭ. އެހެން އެއްޗެްއް ނުލިބޭ. 5 އަހަރު ވަންދެން އިދިކޮޅު މީހުން ޖެހެނީ މަގުމތީ ހަޅޭއްލަވައިގެން އިންތިޚާބުން ހޮވެނ
ދެރަސޮރު
03 September 2025
ތިޕާޓީ އުވާލި އިރު ތިބި މެންބަރުން ކޮޅު ޕީ އެން ސީ އަށް ކަހާލާ, އޭރުން ޒ މެންނަށް ކަމެއް ކޮށްދެވުނު ކަމަށްވާނީ,
ރަޖިވް
02 September 2025
ކިހިނެތް ތި އުވާލީ. މަ އަދިވެސް އޮތީ ތި ޕާޓީގައި.
އަދީބު
03 September 2025
ދެން އޮވެބަލަ، މީހަކު ނުދާނެ އުނދަގޫކުރާކަށް.
ލާލު
02 September 2025
ކޮންތާކު. އަދިވެސް މަ އޮތީ އެމްޓީޑީގަ.
ސަސި
02 September 2025
ރާއްޖޭގެ ޑިމޮކުރަސީގެ ދަތުރުގާ ތިޔަ ލިބުނު ގެއްލުން ފޫބައްދަން އުނދަގޫވާނެ ކަމަށް ފެންނަނީ
ާހަލްޕީ
02 September 2025
އަދީބު ހުރީ މިނިވަންކޮށް ގޭގަ، ދުބާއީގަ! ހުޅުމަަލޭގަ! ސިޔާސީ ބޮޑުން އޭނައާއި ބައްލަދުކޮށް މަޖާނަގާ!