އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ހަމަޖެއްސި ބަދުރުއްދީން ހަސަން (ކ) އަދި ޗެއާމަންކަމަށް ހަމަޖެއްސި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް (ކ-2) އަށް ބީއެމްއެލްގެ އިވެންޓެއްގައި.
03 ސެޕްޓެމްބަރ 2025 - 18:29
ގައުމީ ބޭންކު، ބީއެމްއެލްގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގުމަށް މިހާރު ހަމަޖެހިފައިވާ އެސްޑީއެފްސީގެ ޗެއާމަން ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދުރުއްދީން ހަސަން އައްޔަންކޮށްފި އެވެ.
ބަދުރުއްދީން މީގެކުރިން ހުންނެވީ ބީއެމްއެލްގެ ޑިރެކްޓާ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގެ މަގާމުގަ އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މާލީ ގާބިލްކަން އިތުރުކޮށް އަދި ލޯނުތައް ހުއްޓުމެއް ނެތި ދޭން ބޭނުންވާތީ، އެ ކޯޕަރޭޝަންގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ވަނީ ނިންމައިފަ އެވެ.
ބީއެމްއެލްއިން ބުނެފައިވަނީ އެސްޑީއެފްސީން ރާއްޖޭގެ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ޒަމާނީ ޓެކްނޮލޮޖީއާ އެކު، ފޯރުކޮށްދޭނީ އިސްލާމިކް ފައިނޭންސިން ހިދުމަތްތަކެއް ކަމަށެވެ.
އެ ޑިޖިޓަލް ބޭންކުގެ އާ ސްޓްރެޓެޖީގެ ދަށުން އަލަށް ފަށާ ވިޔަފާރިތަކަށާއި އަންހެނުން ހިންގާ ވިޔަފާރިތަކަށާއި މަސްވެރިންނަށާއި ދަނޑުވެރިންނަށާއި ދަނޑުވެރިކަމުގެ ވިޔަފާރިތަކަށާއި ދެމެހެއްޓެނިވި ވިޔަފާރިތަކަށާއި އީ-ކޮމާސްގެ ދާއިރާތަކަށް ފައިނޭންސް ފޯރުކޮށްދިނުމަށް އިސްކަންދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން އެސްޑީއެފްސީ ގަތުމުގެ މަގުސަދަކީ ބޭންކުގެ ހަރުދަނާ މާލީ ހާލަތާއި ފުޅާ ވިއުގަ އާއި ކުރިއަރަމުން އަންނަ ޑިޖިޓަލް ބޭންކިންގެ ތަޖުރިބާ ބޭނުންކޮށްގެން ރާއްޖޭގައި އެމްއެސްއެމްއީ ބޭންކިން ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކުރުމާއި ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކޮށް އަދި ދިވެހި އިގުތިސާދަށް ފުދުންތެރިކަން އިތުރުކުރުން ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްއިން އަމާޒު ހިފާފައިވަނީ، ފުރަތަމަ އަހަރުގެ ތެރޭގައި އެ ސަބްސިޑަރީ މެދުވެރިކޮށް 500 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމެވެ. އޭގެ އިތުރުން، މުޖުތަމައުގެ ތަރައްގީ އާއި ދެމެހެއްޓެނިވި ވިޔަފާރީގެ ކުރިއެރުމަށް އެހީތެރިވުމަށް މޯލްޑިވިއަން އިސްލާމިކް ސޯޝަލް ފައިނޭންސިން އިނީޝިއޭޓިވް (އެމްއައިއެސްއެފްއައި) މެދުވެރިކޮށް، ތިން އަހަރު ދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
04 September 2025
ދެން ތިޔަތަނުން ލޯނުގަޑެއްވެސް ނުލިބޭނެ! ފޯނުން ލޯނެކޭ ކިޔައިގެން އިސްތިހާރު ކުރާއިރު ލޯނު ހޯދާ މީހާގެ އިންކަމް އަށް މަހަކު 30 ހާސް ރުފިޔާ ލިބެންޖެހޭ!
،މަރޭ
04 September 2025
އެސްއެމްސީ ލޯނު ނުދެއްކި ހުރިމީހުންނަށް ވެގެން އުޅޭ ގޮތެއް ބަލާ އެކަމަށް ލުއެއްދިނުން ރަނގަޅު.ްއެއީ ބޮޑަތި މަހުޖަނުން ގެ ދަރަނިތަށް މާފު ކުރުން އާންމު ކަމަކަށް ވެފަ ވާތީ
ދޯހަޅިޒީނާދު
04 September 2025
މަހުޖަނުން ވިޔަސް ސ.މ.އ. ލޯނުވިޔަސް މާފުކުރަން ވާނީ ހަރުދަނާ އުޞޫލުތަކާއި ސަބަބުތަކާއި އެކު. ވ. ގިނަ ލޯނުތައް ބޭނުންކޮށްފައި އޮތީ ބޭކާރު ގޮތުގައި. ވިޔަފާރި ކުރާކަށް ނޫން. ރީތި ކާރު ގަތުމަށާއި، މަޖާ ނެގުމަށް
ޙުސެއިންސް
03 September 2025
ާޑެޓު ކަލެކުޝަން ރަގަޅު kuran ކުރި ކަމެއްތީ...އެސް އެމް އީ ލޯނު މާފު ކޮށްލާ..