ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޝީ ޝީ ޖިންޕިންއާ ސަލާންކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
04 ސެޕްޓެމްބަރ 2025 - 17:29
ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެންފި އެވެ.
ރައީސް މިދިޔަ ހުކުރު ދުވަހު ޗައިނާއަށް ފެއްޓެވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތުމާ އެކު ރައީސް އޮފީހުން ބުނީ ރައީސްގެ އެ ދަތުރުފުޅުގައި އެސްސީއޯ ސަމިޓްގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން އެހެންް ގައުމުތަކުގެ ވެރިންނާއި މަންދޫބުންނާ އެކު މަތީ ފަންތީގެ ބައްދަލުވުންތައް ވެސް ބާއްވާފައިވާ ކަމަށެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ވެސް ބައްދަލުކުރައްވައި، ދެ ގައުމުގެ މެދުގައި ޒަމާނުއްސުރެ އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި ދެ ފަރާތުން ހިއްސާކުރާ އަދި މަސްލަހަތު ހިމެނޭ ކަންކަމާ އެކު ކުރިއަށް ވަޑައިގަންނަވާނެކަން ކަށަވަރުކޮށްދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ސަމިޓުގެ ހަވާސާގައި ރައީސް އެހެން ގައުމުތަކުގެ ވެރިންނާއި ބައްދަލުކުރައްވައި، ހާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާކުރެއްވުމާއި ގުޅިގެން މަސައްކަތް ކުރެވޭނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި މަޝްވަރާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ދެވަނަ ބޮޑު ހަނގުރާމާގައި ޗައިނާ ރައްޔިތުންނަށް ކާމިޔާބު ލިބުނުތާ 80 އަހަރު ފުރުނު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސްގެ އެ ދަތުރުފުޅުގައި، މީހުން ބިނާކުރުމާއި އިގްތިސާދީ ތަރައްގީ އާއި އިންްފްރާސްޓްރަކްޗާ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއާ ގުޅޭ އެއްބަސްވުންތައް ހިމެނޭ ގޮތަށް 11 އެމްއޯޔޫގައި ޗައިނާ ސަރުކާރާ އެކު ސޮއިކޮށްފައިވެ އެވެ.
އޭގެ ތެރޭގައި ފިޝަރީޒް އެންޑް މެރިޓައިމް ލޮޖިސްޓިކް ހަބެއް އައްޑޫގައި ގާއިމުކުރުމާއި ނޭޝަނަލް ސްކިލް ޑިވެލޮޕްޓްމަންޓް އޮތޯރިޓީއާ އެކު ހަދާފައިވާ އެއްބަސްވުމެއް ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަފާ
05 September 2025
އުތުރު ތިލަފަޅު ހިއްކަން ފަށާތާ އެއްއަހަރު ތެރޭ އެތަން އާބަދުކުރާނެ މުއީޒުވެސް ވަރަށް މަސައްކަތް އެބަކުރޭ ކަންތައްތައް ރަގަލު ކުރެވޭތޯ ؟ ރައްޔިތުން ކެއްތެރިވެލަންވީ އަދި ތިންއަހަރައް ކ ވަރުން ކަމެއް ނުކުރެވިގެން އެއުޅެނީ ؛
65432
05 September 2025
ޗައިނާ ވިކްޓްރީ ޑޭ ޕެރޭޑުގައި މިކޔޑަ ދިވެހިރާއްޖެއިން ބައިވެރި ވެވުމަކީ މިގައުމަށް ލިބުނު ވ.ބޮޑު ޝަރަފެއް. އިސްވެރިން ބައިވެރިވި ގައުމުތަކުގެ ވާހަކަ އެނައުންސް ކުރިއިރު "މޯލްޑިވްސް" އޭ ބުނުމަކީވެސް ޝަރަފެއް. ޗައިނާ ރަޝިޔާ ނޯތް ކޮރެއާ ބެލަރޫސް އީރާން ފަދަ ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތަކުގެ ވެރިންނާއެކު ދިވެހި ރާއްޖޭގެ ރައީސް އެއް ފޮޓޯއަކުން ފެނިގެން ދިޔުމަކީވެސް ދިވެހިންނަށް ލިބުނު ޝަރަފެއް.
ހަގީގަތް
05 September 2025
ޔާމީން ޗައިނާއާ ގާތްވީ އިންޑިޔާއާ ރުޅިއަރުވާފަ. އިބްރާހިމް އިންޑިޔާއާ ގާތްކުރީ ޗައިނާ ތުންފިއްތުވާފަ. މުއިއްޒު ދެ ގައުމާ އެކުއެކީގައި ގާތްކަން ބާއްވަނީ ދެ ގައުމުވެސް ހެޕީކޮށްދެމުން. މިތަނުން އެންމެ ކާމިޔާބު ހާރިޖީ ސިޔާސަތު އަދި ގައުމަށް އެންމެ ފައިދާހުރި ގޮތުގައި ކުރިއަށް ދިއުމުގެ ބުއްދި ހުރީ ކޮން ވެރިއެއްގައިކަން ރައްޔިތުންނަށް މިހާރު އެނގެންވާނެ. ގޮތް ނިންމަންވާނީ ޒާތީނުވެ، ހަގީގަތުގެ މައްޗަށް.
ޟމމމމމ
05 September 2025
ޢެކަމަކު ވީކަމެއް ހަރާމް!
ރިބަން
05 September 2025
އެ ސަމިޓުގެ ހަވާސާގައި ރައީސް އެހެން ގައުމުތަކުގެ ވެރިންނާއި ބައްދަލުކުރެއްވި ކަމަށް މި ޚަބަރު ގައި ލިޔެފައި ވާ އިރު، ނުވަތަ ރައީސް އޮފީހުން އެހެން ވިދާޅުވާ އިރު، އެއީ ކޮން ޤައުމުތަކެއް ކަން ބުނެފަ ނެތުމާ އެކު، ތި ވާހަކަ ޤަބޫލުކުރަން ދަތި.
ތަސްމީނާ ސަލީމް
04 September 2025
ދުނިޔޭގެ ބޮޑެތި ބާރުތައް ހިމެނޭ ގައުމުތަކުގެ ވެރިންނާއި އެއް ހަމައެއްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ފެނުމަކީ އަހަރެން ދިވެއްސަކަށްވީތީ ފަޚުރުވެރިވާ ކަމެކެވެ.
ހހހހހ
05 September 2025
ވ.ބޮޑުތެދެއް. ގައުމިއްޔަތު ކަމެއް އަމުދުން ނެތް ދިވެހިންނަށް އެއުފާވެރިކަން ނާންނާނެކަމީވެސް ޝައްކެއް ހުރި ކަމެއްނޫން.
ތަމްހީދު
04 September 2025
ރައީސް މުއިއްޒުގެ ޒައާމަތުގައި ޗައިނާއާއެކު އޮތް ގުޅުންދަނީ ވަރުގަދަ ވަމުން
ކަންކުރާގޮތޭދޯ
04 September 2025
2008 އިން ފެށިގެން 2024 ވަނަ އަހަރާޢި ހަމައަށް ކުރި ވެރިކަން ތަކުން ރައީސް ޔާމީންގެ ވެރިކަން ފިޔަވައި ދެން މިފެންނަނީ އެމްއޯޔޫ ވެރިކަން ތަކޭ އެމްއޯޔޫ ތަކަކީ އެއީ އެއްވެސް ބާރެއް ހުރި އެއްޗެއް ނޫނޭ އެމްއޯޔޫ ތަކުގައި އެމްޑީޕީ ސަރުކާރުން ސޮއިކުރީ އެއީ އެމެންނަށް އެއްވެސް ކަމެއް ކުރަން ނޭގޭތީވެ ދެން އެމްއޯޔޫ ތަކުގައި ސޮއިކޮށްގެން ބަލަނީ ކޮންޓްރެކްޓަރ ލައްވާ ޕްރޮޖެކްޓްގެ އެޕްރެއިސެލް ރިޕޯރޓް ވެސް ތައްޔާރުކުރެވޭތޯއޭ އެއީ އެންމެ ކައްޕަޅި ވެރިކަންތަކުން
ހުއްޓާލާފައޭދޯ
04 September 2025
ޗައިނާ ދަތުރުން ކުރި ފައިދާ އަކީ ކޮބައިތޭ ޗައިނާގެ ކިތައް އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރާނެތޭ ޗައިނާގެ އެހީގައި ހަދަން ބުނި މާލޭގެ މަގުތައް ވެސް ނަހަދާދޭ ގޮތަށް މިހާރު ވަނީ ޗައިނާއިން ނިންމާފައޭ ސަބަބަކީ މިސަރުކާރުން މަގުހަދަން ޗައިނާ ގާތު އެދުނު އިރު މަގުގައި ވަޅުލާފައިވާ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރާ ވާހަކަ ނުދައްކާ މިހާރު ކުއްލި އަކަށް އެވާހަކަ ދައްކަން ފެށުމުން ޗައިނާ ސަރުކާރުން ބުނީ ނޫނެކޭ އެކަމެއް ނުވާނެއޭ އެމަޝްރޫއު ވަނީ
1828
04 September 2025
ދެން އޮތް ދަތުރު އޮތީ ޔޫކޭއަަަސް ތަ؟