އައްޑޫގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ތަރައްގީކުރަން ސީއެމްއީސީއާ އެކު ދިވެހި ސަރުކާރުން ސޮއިކުރުން.-- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
04 ސެޕްޓެމްބަރ 2025 - 17:36
އައްޑޫގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ގާއިމްކުރުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ އެކު ދިވެހި ސަރުކާރުން އެމްއޯޔޫއެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް އިތުރު ދުވެއްޔެއް ގެނައުމުގެ މަޤްޞަދުގައި، އައްޑޫ ސިޓީގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ޤާއިމުކުރުމުގެ މުހިންމު މަޝްރޫޢެއް ކުރިއަށް ގެންދިއުންދިއުމަށްޓަކައި، ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ)… pic.twitter.com/yZjFy0hWfs
— Ministry of Fisheries and Ocean Resources (@MFORmv) September 3, 2025
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ އެ މަޝްރޫއަކީ ގައުމުގެ އިގުތިސާދީ ތަރައްގީއަށް މަގުފަހިކޮށްދޭނެ އަދި ދެކުނުގެ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީއަށް އާ ދޮރެއް ހުޅުވައިދޭނެ މުހިންމު މަސައްކަތެއް ކަމަށެވެ.
އައްޑޫގެ ލޮކޭޝަނަކީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެންމެ އެކަށޭނެ އެއް ސަރަހައްދު ކަމަށް ބެލެވޭއިރު، މި މަޝްރޫއު ފެށުމުގެ މައިގަނޑު މަގުސަދަކީ އައްޑޫގައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކްސްގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މި މަޝްރޫއުގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގެ މަސްވެރިންނަށް ގިނަ ފަސޭހަތަކެއް ލިބި، މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް އުންމީދުކުރެވެ އެވެ.
ދިވެހިރާއްޖޭގެ މެރިކަލްޗަރ ސިނާޢަތް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ވަކި ސިނާޢަތެއްގެ ގޮތުގައި ކުރިއެރުވުމުގެ މަޤްޞަދުގައި، ޗައިނާގެ މަސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ހޮންގްޑޮންގް ފިޝަރީ ކޯޕަރޭޝަނާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ ( އެމް.އޯ.ޔޫ) ގައި ވަޒީރު އަޙްމަދު… pic.twitter.com/SREsHBQJWm
— Ministry of Fisheries and Ocean Resources (@MFORmv) September 3, 2025
އެ އެމްއޯޔޫގެ ދަށުން އެ މަޝްރޫއުގެ ތަފްސީލީ މާސްޓަ ޕްލޭނާއި މާލީ އަދި އިގުތިސާދީ ފައިދާގެ ދިރާސާތަކުގެ އިތުރުން މަޝްރޫއު ހިންގާނެ ވިޔަފާރި މޮޑެލް އާއި ފައިނޭންސް ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ދެ ފަރާތުން ގުޅިގެން މަޝްވަރާކޮށް، ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުމަށް އެއްބަސްވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ސަރުކާރުގެ އަމާޒަކީ ދެކުނުގެ އިގުތިސާދު އާލާކޮށް، ގިނަ ފުރުސަތުތަކެއް އުފެއްދުން ކަމަށެވެ.
ރާއްޖޭގެ މެރިކަލްޗާ ސިނާއަތް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ވަކި ސިނާއަތެއްގެ ގޮތުގައި ކުރިއެރުވުމުގެ މަގުސަދުގައި، ޗައިނާގެ މަސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ހޮންގްޑޮންގް ފިޝަރީ ކޯޕަރޭޝަނާ އެކު ވެސް ދިވެހި ސަރުކާރުން ވަނީ އެމްއޯޔޫއެއްގައި އިއްޔެ ސޮއިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް +
05 September 2025
އަފީފު ދީދި ހިތްހަމަޖައްސަން ކުރާ ކަމެއް ކަމަށްވެސް ވެދާނެ. ހީވާ ގޮތުން، އެ ދީދިއްޔައު ވައުވައްދަން ވަރަށް އުދަގޫވާނެ.
ނަނަނަ
05 September 2025
ތިކަން ވިޔަސް ތިވާނީ ބޭކާރު ކަމަކަށް. އައްޑޫގަ ކުރާ އެއްވެސް ކަމެއް ކާމިޔާބެއް ނުވާނެ..
އޮނަރަބްލް އަފީފު ދީދީ
05 September 2025
އިބްރާހިމްގެ ސަރުކާރުންވެސް އިންޑިޔާ އިން 800މ ޑޮލަރުގެ ލައިން އޮފް ކުރެޑިޓް ހޯދީ "އައްޑޫ ބަދަލު ކޮށްލުމަށް" ކަމަށް ކެމްޕޭނު ތެރޭގައި އައްޑޫ ފަޅުގައި އޮތް ކަންނެލި އޮނޑި އެއްގައި ހުންނަވައިގެން ދެއްކި ވާހަކަ ތަކުން އިގޭނެ. އެހެން ނަމަވެސް 800މ ޑޮލަރުން ޒައްރާއެއްގެ މިންވަރު އައްޑޫ މަގުގައި "ޗަކަވެލިން ތަޅުން ގަނޑެއް އަޅަން ހޭދަކޮށްފައި" އަށްސަތޭކަ މިލިޔަން ޑޮލަރު ޙަރަދު ކުރީ މާލޭގައި 2 ވަނަ ބުރިޖެއް އެޅުމަށާއި އެރަށް ތަރައްޤީ ކުރުމަށް.
ބަބަބގސ
05 September 2025
ކިތަންމެވަރެއް ކުރިޔަސް އެމީހުން ނުރުހޭނެ. އެމީހުންނަށް ކަމެއް ނުކޮށްދިނަސް ރުހޭނީ ޔެލޯ ޕާޓީގޮސް ކަޑަ ޖަހައިގެން އަތްޖަހާށޭ ބުނީމައި. އޭރަށް އޯކޭ ދަޅަ ދެއްކިޔަސް. 15 އަހަރު ބޭކާރުވީ ހުވަފެނުގައި. ދެންވެސް ނަނާހުވަފެން ބަލަން ތިބޭނީ ތައްޔާރުގަ ކަންނޭގެ.
ދަގަތްފާނު
05 September 2025
ހަލާލު ލޮޖިސްޓިކު ޕުރޮޖެކުޓަކާ ވައްތަރީ.
ދިއްދޫމީހާ
04 September 2025
ވަރަށް ހީވޭ ރައީސްމީހާ އައްޑޫއަ ދާންއުޅޭހެން..
އޮނަރަބްލް އަފީފު ދީދީ
04 September 2025
ހަމަ ތިގޮތަށް އިބްރާހިމް ސަރުކާރުގައި ވެސް އައްޑޫ ހަންކޮޅު ތަރައްޤީ ކުރަން Integrated Tourism Development Project ގެ ނަމުގައި މަޝްރޫޢެއް ހިންގަން ކަމަށް ބުނެ ޗައިނާ އެގްޒިމް ބޭންކުން ލޯނުވެސް ހަމަޖެހި ޗައިނާ ކުންފުންޏަކާއި މަސައްކަތް ޙަވާލު ކޮށްފި ކަމަށްވެސް ބުނި. އެކަމަކު ފަހުން އެގުނު ގޮތުގައި ލޯނު އެއްބަސް ވުމުގައި ސޮއި ނުކުރޭ. މިހާރު އެލޯނު ކ.މާލޭގެ ޕްރޮޖެކްޓަކަށް ބަދަލުކޮށް މިސަރުކާރުން ހަންކޮޅުގައި ޙަލާލު ޓްއަރިޒަމް ހިންގާނެކަމަށް އެބަކިޔާ.
ނަނަނަ
05 September 2025
އޯއި އައްޑޫ އަފީފޫ… ކ. މާލެ ކިޔާ ރަށެއް ރާއްޖޭގަ ނޯވޭ… ކަލޭ ތީ އުތުރު ކުޑަ ރަށެއްގެ ކައުންސިލް ކާތިބަކަށް އުޅުނު މީހެއް ދޯ…
ރާވެރިބެ
04 September 2025
ރާވެރިބެ ރުކަށް އަރާ އޮށްވާ މިހެން އުދުހިފަދިޔަ ދޫންޏެއް ބުނީ މިފަހަރު ވަރަށް ވަރަށް ބޮޑު ހަދިޔާއެއް ލިބޭނެޔޯ! ހަދިޔާ ލިބެނީ ކާކަށް ކަމެއް އަދި ހަދިޔާ ދޭނީ ކާކު ކަމެއް ނުބުނޭ. އ.ހ.
އިލަ
04 September 2025
މީ އެމްއޯޔޫ ސަރުކާރު
އެމް އޯ ޔޫ ސަރުކާރު
04 September 2025
އެމް އޯ ޔޫ ސަރުކާރުން ގދ. ތިނަދޫގައި ދުނިޔެ ހައިރާންކުރުވަނިވިއެއާރޕޯޓު އާއި ބާރަ ރިސޯޓުއާއި ފަންސާސްހާސް ވަޒީފާ ކަނޑިކިދަށުވީތޯ ؟