ގޭންގް ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ހައްޔަރުކުރި ތިން މީހުން. -- ފޮޓޯ: ޕޮލިސް
05 ސެޕްޓެމްބަރ 2025 - 20:41
ގޭންގް ކުށްތަކާއި ނުރައްކާތެރި ކުށްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް މިދިޔަ މަހު އަމަލުކުރަން ފެށި އާ ގާނޫނުގެ ދަށުން، ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.
ގޭންގް ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން މާލެއިން ހައްޔަރުކުރި މީހުން ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ނެރެފައިވާ އަމުރުގައިވާ ގޮތުން އެ މީހުން ހައްޔަރުކުރީ ދެ ވަޅި ގެންގުޅުމުގެ ތުހުމަތުގަ އެވެ.
އެ މީހުންނަކީ މއ.މޯނިން ވިއު އިބްރާހީމް ޒައިދާން، ހަމަ އެ ގޭ އަހުމަދު ނަވާޒް އަދި ލ.މާބައިދޫ، ބަށިމާގެ މުހައްމަދު ޝިދާދު އެވެ.
ބަންދު އަމުރުތަކުގައިވާ ގޮތުން ހާދިސާގެ ރިޕޯޓާއި އިންޓެލިޖެންސް ރިޕޯޓް އަދި ކުށުގެ ވެށިން ފެނުނު ދެ ވަޅީގެ ފޮޓޯ، ހެކީގެ ގޮތުގައި ފުލުހުން ކޯޓަށް ހުށަހެޅި އެވެ.
މިދިޔަ މަހު އަމަލުކުރަން ފެށި ގޭންގް ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ހައްޔަރުކުރި އެ ތިން މީހުންގެ ތެރެއިން އެކަކުގެ ބަންދަށް 30 ދުވަސް އަދި ދެން ތިބި ދެ މީހުން 15 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ނަމަވެސް އެ ތިން މީހުން ހައްޔަރު ކުރުމާ ގުޅޭ ތަފްސީލުތައް ފުލުހުން އަދި ހާމައެއް ނުުކުރެ އެވެ.
ކުރިން އަމަލުކުރި ގޭންގް ކުށްތަކާ ބެހޭ ގާނޫނުގައި ހުރި ގާނޫނީ ހުރަސްތަކާ ހެދި އެ ގާނޫނު އުވާލުމަށްފަހު އަމަލުކުރަން ފެށި އާ ގާނޫނުގައި، ގޭންގްތަކާއި ގޭންގްތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތަކަށް ބޮޑެތި އަދަބު ދީ އަދި ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް ހިމަނާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޗިލްކޭ
07 September 2025
މިތާ އައްޑު ސޮރެއް ނެތްދޯ.
މާއެނގޭ
06 September 2025
މާދަމާ ދޫކޮށްލާނެ
ޑޫންޑޭރި
06 September 2025
މާދަމާ ދޫކޮށްލި ވާހަކަ ލިޔަންދޯ؟ ޞަދަލުވެސް ދޭންވާނެ...ކަމެއް ނިމެންދެން ހިފަހައްޓާލަން ނުކެރޭނެ...ކޮރަޕްޝަން މޫލާފަ ހުރިހާތާކު
ޖަބްރާ
06 September 2025
ދޫކޮށް ލާނެ! މި ބުނީ ދޫކޮށްލާނެ! ގޭންގުތަށް ގުޅި ލާމެހިފަވަނީ ވެރިކަން ކުރާ ސިޔާސީ ޕާޓީ ހިމަނައިގެން ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި! މިއީ މިއަދުގެ ހަގީގަތް!
ގޭންގްގޭންގް
06 September 2025
ވަރަށް ދޯހަޅި ގަވައިދެއް. ގޭގަ ކައްކާ ވަޅި ހުއްޓަސް ތޫނު ހަތިޔާރޭ ކިޔައުގެން ހައްޔަރު ކުރެވޭނެ މިހާރު
އަސުލު ދިވެހިން
06 September 2025
ތިޔަކުޅެނީ ފިލްމެއް .. ތީތޯ މިޤައުމުގަ ތިބި ގެންގުކުއްކުރާ މީހުން.. ދެން ބުނަންވީ ޤާނޫނު ތަންފީޒު ކުރަނީޔޯ .. އެއްވެސް އިހުލާސްތެރިކަމެއް ނެތް.. ޤާނޫނު ހިގާނީ ނިކަމެތިންނަށް މި ޤައުމުގަ..
ޑޮކްޓަރ ގޭންގް
06 September 2025
ޗެއިން އޮފް ކަސްޓަޑީގެ ދެލިންކެއް ދޭތެރޭ މާބޮޑު ގެޕެއް ( ފުލުހުން ހިތުން ކިޔަންޖެހޭ ނިޔަށް މާލަސްވީ) ހުރުމުގެ ސަބަބުން ވަގުތުން ދޫކޮށްލުމަށް ގޮވާލަން
ޝަފަގާ
06 September 2025
5 ސަރުކާރެއް ގޮސްސި. މިކަން ހުއްޓުވުމަށް އެޅުނީ ކޮން ފިޔަވަޅު ތަކެއްތޯ ބަަލަންޖެހޭ. ހެޔޮ ނިޔަތަކާގެން ވެރިކަން މި ކުރަނީ މުއިއްޒު
ޒިޔާޟް
06 September 2025
ނަޝީދާއި އިބޫ ދަސްކޮށްދިނީ މަސްތުވާ ތަކެއްޗާއެއްކޮށް ދިރިއުޅެން. މި ސަރުކާރު އައިސް ޑޮކްޓަރު މުޢިއްޒު ޖެހުނީ މި ކުނި ސާފުކުރަން
ދަކުތަރު ކޮސް
06 September 2025
ކުނި ސާފު ކުރަނީ އޭ؟ ތިއެއް އެނގޭނީ އިންތިހާބު ކައިރިވީމަ ޒުވާނުން ކިޔާފަ ނެރޭ މީހުން ފެނުނީމާ
ޒިމާމް މުހައްމަދު
06 September 2025
ހަރުކަށި ފިޔަވަޅު ނާޅާ މިކަން ވާކަށް ނެތް. ރައީސް މުޢިއްޒުގެ ނިޔަތް ވަރަށް ސާފު.