އައްޑޫގައި ހުންނަ ފެނަކަ އިންޖީނުގެ: ކަރަންޓު ކޭބަލަކަށް ގެއްލުން ދިނުމުން ރޭ އައްޑޫން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު.-- ފޮޓޯ: ފެނަކަ
06 ސެޕްޓެމްބަރ 2025 - 19:51
އައްޑޫގެ ކަރަންޓު ކޭބަލަކަށް ގެއްލުން ދިނުމުގެ ސަބަބުން ކަރަންޓުގެ ހިދުމަތް މެދުކެނޑި އާންމުންނަށް ބޮޑު ތަކުލީފެއް އުފުލަން ޖެހުމުން އެ ކަހަލަ ކަންކަން ނުކުރަން ފެނަކަ ކޯޕަރޭޝަނުން އާންމުންނަށް މިއަދު އިލްތިމާސްކޮށްފި އެވެ.
އައްޑުއަށް ކަރަންޓުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތް ރޭ މެންދަމު މެދުކެނޑުނީ އައްޑޫގެ 41 ނަންބަރު ސަބްސްޓޭޝަންގެ ކޭބަލަކަށް މީހަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ކަރަންޓު ޝޯޓެއް ހިނގައި، ސެންޓްރަލް ޕަވާ ހައުސް އެއްކޮށް ޑައުންވުމުގެ ސަބަބުން ކަމަށެވެ.
އެ މައްސަލަ ހައްލުކޮށް ކަރަންޓުގެ ހިދުމަތް އަލުން ދެވުނީ ގާތްގަނޑަކަށް ހަތަރު ގަޑިއިރު ފަހުންނެވެ.
ފެނަކައިން ބުނީ މިފަދަ އަމަލުތަކަކީ ކުންފުނީގެ މުދަލަށް ގެއްލުން ލިބުމުގެ އިތުރުން އާންމު ރައްޔިތުންނަށް ތަކުލީފު އުފުލަން ޖެހޭ ކަންކަން ކަމަށެވެ. މިއީ މި ކަހަލަ އަމަލުތައް ހިންގާ މީހުންނާއި އަދި އެކަމުގައި ބައިވެރި ނުވާ އެންމެންގެ ހަށިގަނޑާއި ފުރާނައަށް ވެސް ނުރައްކާ ވެދާނެ ކަމަކަށް ވާތީ، މި ކަހަލަ އަމަލުތައް ނުހިންގުމަށް އިލްތިމާސްކުރާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް، އެ ކުންފުނިން ހުއްޓާނުލައި ކުރިއަށް ގެންދެ އެވެ.
އެ ކޭބަލް ބުރިކުރަން އުޅުނު މީހާ ކަރަންޓުގައި ޖެހިގެން އޭނާއަށް އަންނަނީ އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އޭނާގެ ބޯ ފަޅައިގެން ގޮސްފައިވާއިރު، ގައިގެ ބައެއް ތަންތަން ފިހިފައިވެ އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އިންޖީނުގޭގެ ޖަނަރޭޓަރުތަކަށް މައްސަލަ ދިމާވާތީ ދޭތެރެއަކުން ކަރަންޓު ކެނޑޭ މައްސަލަ ވަރަށް ބޮޑެވެ. އެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ އާ އިންޖީނުގެ އަޅާ ނިމުމުން ކަމަށް ފެނަކައިން ކުރިން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކިހާ ފަސޭހަ
07 September 2025
ދެން އަބަދުވެސް ކޮންމެވެސް މީހެއްގެ ބޮލުގަ އަޅުވާފަ، ކަމެއް ދިމާވީމަ ވެސް ރިޕެއަރ ނުކޮށް ތިބޭ.
ހިއްސާން
07 September 2025
މިތަން މިހާލުގައި މިހާރު ހުރެއްޖެނަމަ ރަންގަޅު ކުރަން މަސައްކަތް ކުރުމޭ ތިބުނާ ބުނުމަކީ ހަމަ ކަނޑައެޅިގެން ބޮޑު ދޮގެއް.
އުދުހޭ
07 September 2025
ކުށްވެރިންގެ ބޮލުގަ ފިރުމާލާފަ ނަސޭހަތްދިނުމަކުން މައިތިރިއެއްނުވާނެ
ކޮރަލް
07 September 2025
ބޮޑު އަދަބެއް ދީބަލާށެވެ.
ރަދީފްއޮފިޝަލް / ކްރިކްފައި ޓީވީ
07 September 2025
ހާދަ ބިރެއް ނެތީމައޭ ކަނު އަނދިރީގަ ހުރެ ހައިވޮލްޓޭޖް ކޭބަލެއް ބުރިކުރަން ކެރޭނީ.އަހަރުމެން މިއުޅެނީ އިސްތީރީގެ ޓޮޕްގަ އަތްލާން ވެސް ނުކެރިގެން.
ޥާފާ
06 September 2025
ދިވެހި ރާއްޖެއިން. ޅޮއި ބޭރުކުރުމަކީ މަނާ ކަމަކަށް ހަދަން ވެއްޖެ މިހާރު
ރަދީފްއޮފިޝަލް / ކެސްޓާރާ ބަންޑާރާ
07 September 2025
ތިކަން ކޮށްފިނަމައެކްސްޕޯޓް ރެވެނިއުއަށް އަސަރުކުރާނެ.މާލެއާއި ރަށްރަށުން ވެސް ފެންނާނެ ބައިސްކަލެއްގެ ފަހަތުގަ ކަށްޓާއެއް ބަނދެގެން ދުއްވާތަން.ކަލޭ ތިދަނީ ކޮންތަނަކަށް ކީއްކުރަންހޭ ވެސް އަހާލާނެ ފުލުހަކު ނެތް.މަގުމަތީގަ ކާރު ފޮހެން ތިބި 6 ވަރަކަށް މީހުން (ޕޮލިޓެކްނިކް ސަރަހައްދުން) ހައްޔަރުކުރިކަމަށް އިނިގްރޭޝަނުން މީގެ މަހެއް ކުރިން އެކްސްގަ ބުނި.މިއަދު ވެސް އެތަނުގަ އެ 6 މީހުން އެ މަސައްކަތުގަ އެބަތިބި.ކޮން ކަމެއް މިގަމުގުގަ ކުރެވެނީ.ވ.ވެދުން
ށަތުޔހ
06 September 2025
ޑްރަގް ބޮންޏާ ކޭބަލް ބުރިވާނެ...
އަމިއްލަ އެނދުން
06 September 2025
ތިއަށްވުރެން ލޯބިން ބުނަން ވީނުން! ކިހާދެރަ ކަމެއް. ހަރުކަށި ފިޔަވަޅު އަޅާބަލަ. ކަރަންޓަކީ، ކުޅޭ ކުޅޭ އެއްޗެއް ނޫނޭ. ތިމީހުން ތި ކުރާ ކަމެއްގެ ސަބަބުން ، ކިތައް މީހުން ތަކުލީފުގަ އުޅެންޖެހޭ. މަޑުމަޑުން ލޯބިން ބުނެގެން ، ގުޑާވަރަށް ވަރަށް ވުރެން، ދިވެހިން މިހާރު މާ ބޯހަރު. ސްކޫލު ކުރިމަތީ 2 ރޮނގު ދަމާފަ އޮންނަ އިރުވެސް ކާރު ޕާކު ކުރަނީ ވިއްޔާ. ދެން ފުލުހުން އައިސް ޖެހޭނީ ޓޯކުރަން. މިހާރު ގިނަ ދިވެހިން ޤަވައިދަކަށް ޤާނޫނަކަށް ނުބަލާ.
ޢަރުތަ
06 September 2025
އާ އިންޖީނުގެ އަޅާ އަދިވެސް ނުނިމޭ އުތަ! އިންތިޚާބުގެ ކުރިން ނިންމާނެ ކަމަށް އުއްމީދު ކުރަނީ، އެހެން ނޫނީ...............އިންތިޚާބު
ގަބުޅި ކަތީބު
06 September 2025
ގެއްލުން ނުދޭން އެދެވިދާނެ. އެކަމަކު ރާއްޖޭގެ ގާނޫނުތައް ނިޔާކުރަނީ ކިތަންމެބޮޑު ގެއްލުމެއް ދިނަސް ގެއްލުންދޭ މީހާ ކުށްވެރި ނުވާގޮތަށް. މިހެން ބުނަން ޖެހެނީ މިހާތަނަށް ހިނގާފަހުރި ތިފަދަ އެތައް މައްސަލައެއްގަ ދައުލަތަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ބަދަލު ހޯދިފަ ނެތީމަ..