ކަރަންޓު ކެނޑުނު ރެޔަކު އައްޑޫގެ މަގުމަތި: ރޭ އައްޑޫގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑުނީ ކޭބަލެއް ބުރިކޮށްލަން އުޅުމުން ކަމަށް ކައުންސިލުން ބުނޭ. -- ފޮޓޯ: މިހާރު
06 ސެޕްޓެމްބަރ 2025 - 13:57
އައްޑޫން ރޭ މެންދަމު ކަރަންޓު ކެނޑުނީ މީހަކު ކަރަންޓު ކޭބަލެއް ބުރިކުރަން އުޅުމުން ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ހިތަދޫ މެމްބަރު އިބްރާހިމް ޝިނާޒު، "މިހާރު" އަށް ވިދާޅުވީ އައްޑޫގެ ބޮޑު ބަޔަކުން ރޭ ކަރަންޓު ކެނޑެން ދިމާވީ މީހަކު ފޭދޫގެ ކަރަންޓު ކޭބަލެއް ބުރިކުރަން އުޅުމުން ކަމަށް ފެނަކައިން ކައުންސިލަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކޭބަލެއް ބުރިކުރަން އުޅުނީ އެ ވަގަށް ނަގައިގެން ގެންދިއުމުގެ ބޭނުމުގައި ކަމަށް ބެލެވޭ ކަމަށެވެ.
ކޭބަލް ބުރިކުރަން އުޅެނު މީހާ ކަރަންޓުގައި ޖެހިގެން ފަރުވާދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝިނާޒު ވިދާޅުވީ ކަރަންޓުގައި ޖެހުނު މީހާގެ ބޯ ފަޅައިގެން ދިއުމުގެ އިތުރުން ފިހިފައިވާ ކަމަށެވެ. އިތުރު މައުލޫމާތެއް ނޭނގޭ ކަމަށް ވިދާޅުވި އެވެ.
ފޭދޫ ސިއްހީ މަރުކަޒުން "މިހާރު" އާ ވާހަކަ ދެއްކެވި އޮފިޝަލެއް ކަމަށްވާ މުހައްމަދު އާތިފް ވިދާޅުވި ގޮތުގައި ކަރަންޓުގައި ޖެހުނު މީހާއަށް ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންދިޔައީ އެ ސިއްހީ މަރުކަަޒަށެވެ. އެކަމަކު އެތަނުގައި އެވަގުތު ކަރަންޓު ނެތުމުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ފޮނުވާފައިވާ ކަމަށް ވިދާޅުވި އެވެ.
އެކަމަކު އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ބަހެއް މިކަމާ ބެހޭ ގޮތުން ނުލިބުނެވެ.
ޖަނަރޭޓަރުތަކަށް މައްސަލަ ދިމާވާތީ ކަރަންޓު ކެނޑޭ މައްސަލަ މި ދޭތެރެއަކުން ވަރަށް ބޮޑުވި އައްޑޫގައި ރޭ ދިމާވި ހާދިސާއަށް ފަހު މައްސަލަ ހައްލުކޮށް ބައެއް ސަރަހައްދުތަކަށް ކަރަންޓު ދެވުނީ ހަތަރު ވަރަކަށް ގަޑިއިރު ފަހުން ކަމަށް ކައުންސިލަރު ޝިނާޒު ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވީ ބައެއް ހިސާބުތަކަށް ގަޑިއެއްހާއިރު ތެރޭ ކަރަންޓު ދިން ކަމަށެވެ.
މާލޭގައި ކަރަންޓު ކޭބަލް ބުރިކޮށްގެން ވަގަށް ނެގުމުގެ މައްސަލަތައް ދޭތެރެދޭތެރެއިން ރިޕޯޓްކުރެ އެވެ. އަދި މާލެ އާއި ހުޅުމާލޭގައި ހުންނަ ޓްރާންސްފޯމަރުތަކުން ވައްކަންކުރުމުގެ މައްސަލަ ވެސް ބޮޑެވެ. އެއް ހާދިސާއެއްގައި ވަނީ ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހިގެން މަރު ވެސް ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބޭ
07 September 2025
ރާއްޖޭގައި މިހާރު ވެއްޖެނޫންތޯ ލޮއިގަނެ ވިއްކުން ހުއްޓައިލަން، ލޮއި ގަންނަފަތާތްތަކަށް އަދަބުދޭން ޖެހިއްޖެ މިހާރު، މިލޮއިކޮޅުބޭނުމުގައި އިގިލައްވައިތޯ ހާދަބަޔަކަށް ބޮޑެތި ގެއްލުންވާމުންދާކަން، މިހާރު މިއުޅެނީ ހަދަމުންދާ ގެއްގައި ކަރަންޓް އަޅައިނުލެވިގެން، ވަގުކަލޭއައިސް ބުޑުދަށުން ކޭބަލްތަށް ބުރިކުރިވާވަރުން ސިފައިންނަކަށް މިކަން ބެލެނީކީނޫން ވައްކަމާހެދި މިއުޅެންޖެހެނީ ކޭބަލްރޯލް ބޯދަށައްލައިގެން
ހުސަ
07 September 2025
އަސްލު ޙަގީގަތް އައްޑޫ ރައްޔިތުން ގަބޫލުކުރަންވެއްޖެ! މާލެ ފިޔަވާ އެންމެ ގިނަ މަޖްލިސް މެމްބަރުން ތިބީ އައްޑޫގަ! ދައުލަތަުގެ މަތީ އެތައް މަގާމެއް އެކި ދައުރުތަކުގައި އައްޑޫ މީހުން އަދާކޮށްފި! މިއިން އެކަކުވެސް އައްޑޫގެ ތަރައްގީއަށް ކަމެއްކުރިތޯ؟ ދެން ސަރުކާރުތަކުން އައްޑޫ ރައްޔިތުންގެ ވޯޓް ހޯދާ އައްޑޫ މީހުން "ގުނބޯ" ހައްދަނީ! އެކަށީގެންވާ ތަރައްގީއެއް ނުގެނޭ! އިންޖީނުގެ، އެއަރޕޯޓް، މަގުތައް އަދި ވަޒީފާތަކަށް ބެލިޔަސް ހަމަ ފަހަތުގަ އައްޑޫ!
ހމމމމމ
08 September 2025
މީދާ މަޅީގައި ޖެހިއްޖެ. މިހާރު އައްޑޫގެ ކަރަންޓު މައްސަލަ އެޅޭނީ އައްޑޫ މީހުން ބޮލުގަ. ސަރުކާރުން އައްްޑޫއަަށް އިހުމާލުވެފައިވާ ކަމަށް ތުހުމަތު ކުރެވުމުން ދަނިކޮށް މިކަން މިހެން ދިމާމިވީ.
ޢިންތިޒަާރު
07 September 2025
އޮނަރަބަލް އަފީފު ދީދީގެ ކޮމެންޓެއްގެ އިންތިޒާރުގަ މި އިންނަނީ، ކަރަންޓު ނުލިބިގެން ފޯނު ނިވުނީ ތޯޗެއް
ދޮންތި
06 September 2025
ކުރިންވެސް ޖެހީ ތި ސަކަރާތް
ތެދު ޚަބަރެއް ؟؟؟
06 September 2025
ޕްރޮޖެކްޓްތަށް ނުނިމެނީވެސް ހަމަ މިގޮތަށް ދެއްތޮ، ކޮންމެވެސް ދިމާލަކުން ވައްކަން ކުރެވޭތީ.
ކައުންސެލަރު...
06 September 2025
ކޮބާ ކޮބާ އެހެންވީމާ ވައްކަންކުރާމީހާ ކުރަންބާއްވާ... ފެނަކައިން މީހުންގެ ފުރާނަޔަށް ނުރައްކާވާ ކަރަންޓް ކޭބަލްއަޅާފާ ސަބްސްޓޭޝަން "ކަރަންޓް ދަންތުރަ" ހެދީމާ މައްސަލަ ޖައްސާނެބާ؟ ނޫންބާ؟
ބުއްދިކާ.ހހގތþ
06 September 2025
ބޭރުގެ ކޭބަލް އޮޕަރޭޓަރުންނާއި ވާހަކަ ދައްކާއިގެން ކޯޑު ލެސް ކަރަންޓުގެ ޚިދުމަތް ދެވޭނެ ގޮތެއްވޭތޯ ބެލުން މުހިންމު
ޑެބީ
06 September 2025
ނޭގެ ތީގެ ވައުދެއްވެފައި ނެތްކަމެއްވެސް. ދާކޮންމެ ރަށަކަށް 50 އިން މަތިން ވައުދުތައްވެފަ ފުރައިގެން ދަނީ.
ބަލާތި
06 September 2025
ދެން ތިހާ ބޮޑެތި ވަގުން އުޅޭ ތަނެއްގައި އިންވެސްޓް ކުރާނެ މީހަކު ވެސް ނުވާނެއޭ އައްޑޫން މީހުން ބާލައިގެން ނޫނީ ތިކަން ހައްލުނުވާނެ
ޔާއިބްރީ.
06 September 2025
ކ.މާލޭގައި ވަގަށް ކޭބަލް ބުރިކޮށް ޓްރާންސްފޯމަރު ތަކުން ވައްކަން ކުރިއިރު ކަލޭ އޮތީ ކޯމާއެއްގަދޯ ؟
ރަދީފްއޮފިޝަލް /
06 September 2025
"ކަރަންޓުގައި ޖެހުނު މީހާއަށް ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންދިޔައީ އެ ސިއްހީ މަރުކަަޒަށެވެ. އެކަމަކު އެތަނުގައި އެވަގުތު ކަރަންޓު ނެތުމުން".މީތި ސަޅި.
ހެހެހެހެހެ
06 September 2025
ސީ އެމްބިއުލާންސް އަދި އެއާ އެމްބިއުލާންސް އޮތީ ރެޑީގަ
ސޯއެއީދީ
06 September 2025
މިޔޮއް ހާ އަހަރު އައްޑޫގަ ކަރަންޓުގެ މައްސަލަ އުޅުނީ މިކަމަކާ ހެދިދީ އެކަމު ސަރުކާރަށް ބެވީ. ޢަލަ ކަނޑާގޮތަށް ކޭބަލް ބުރިކޮށްގެން ދޮލަނގަކަށް ލައިގެން ވިއްކާބަޔަކު އުޅުނީ ދެން ގެނަރޭޓަރުތައް ހަލާކުވަނީ ޝޯޓްކުރާތީ ކޭބަލް ބުރިކުރަން