ހުޅުމާލޭގައި ހުންނަ ރެހެންދީ ސްކޫލުގެ ދަރިވަރުންތަކެއް އެސެމްބްލީއެއްގައި-- ފޮޓޯ: ރައީސް އޮފީސް
07 ސެޕްޓެމްބަރ 2025 - 11:20
ހުޅުމާލެ 1ގައި ހުންނަ ރެހެންދި ސްކޫލަށް ބަޔަކު ފޮނުވި އިންޒާރުގެ އީމެއިލްއަކާ ގުޅިގެން އެ ސްކޫލުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ވިދާޅުވީ ފުލުހުން ހަރަކާތްތެރިވަނީ އެ ސްކޫލުގެ މެއިލްއަށް މީހަކު ފޮނުވި އީމެއިލްއަކާ ގުޅިގެން ކަމަށެވެ.
އެ އީމެއިލްއަކީ ސްކޫލް ކައިރީ ބޮމެއް އޮތް ކަމަށް ބުނެ ކޮށްފައިވާ އީމެއިލްއެއް ކަމަށާއި އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ އެ ސްކޫލު ޓީޗަރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ގޮތް ނޭނގޭ މެއިލަކުން ފޮނުވާފައިން އީމެއިލްއެއް. ފުލުހުން އެކަން ބަލަމުން އެ ދަނީ. މިހާތަނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ދިނީ. އެކަމަކު ފުލުހުން އެކަން ބަލާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ފުލުހުން ބުނީ އެ ސްކޫލުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ާށސދދފ
07 September 2025
ތިމީހަކު ހޯދައި ފިޔަވަޅު އަޅަންފެނޭ. އެހެން ނޫނީ ދޭތެރެ ދޭތެރެއިން މިފަދަ ކަންކަން ހިނގައި ދަރިވަރުންގެ އެތައް ގަޑިއެއް ގެއްލޭނެ.
ކަޅުތުއްތު
07 September 2025
ސޯސަލް މީޑިއާ ކޮންޓްރޯލް ކުރަން އުޅުން އެއީ މޮޔަކަމެއްކަން ބަޔަކް ތިދެއްކީ ވަރަަށް ޒިންމާދާރު ކުޑަގޮތަކަށް ކުޑަކުދިންތަކަކަށް މިވަނީ ކީއްކަމެއް ނުވިސްނޭނެ .. އެކުދިން ތިކަމުންކުރާނީ ވަރައްގޯސް އަސަރެއް.. އެމުރުފުރައިގައި ވިސްނަން ނުޖެހޭކަމަކަށް ވިސްނުން ޑައިވާރޓްވާނެ. ސަރުކާރުންވެސް ބޯހަރުވުން ދޫކޮށް މައިތިރިވާން އެބަޖެހޭ .. ސަފާރީބަނުމާ ޤައުމެއްގައި ވެރިކަންކުރުމާ އެއީ ވަރަށް ފަރަގްބޮޑު ދެކަން..