މ. މުލި އެއާޕޯޓް: ޑޮމެސްޓިކް އެއާޕޯޓްތަކުގެ ހާލަތު ރަނގަޅުކުރުމުގެ މަސައްކަތް އެމްއޭސީއެލުން ވަނީ ފަށައިފައި.-- ފޮޓޯ: އެމްޓީސީސީ
07 ސެޕްޓެމްބަރ 2025 - 11:46
އެމްއޭސީއެލްގެ ދަށަށް މިހާރު ބަދަލުކޮށްފައިވާ، ކުރިން ރީޖަނަލް އެއާޕޯޓްސްގެ ދަށުން ހިންގި ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނެގަނެ، އެ ތަންތަނަށް ބަދަލު ގެނައުމުގެ މަސައްކަތް އެމްއޭސީއެލްއިން ފަށައިފި އެވެ.
އެމްއޭސީއެލްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނިން ހަވާލުވެފައިވާ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ހާލަތު ދެނެގަނެ, ހަރުދަނާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އިސްކޮށް ހުންނަވައިގެން ފެށްޓެވި އެ މަސައްކަތުގެ ދަށުން ރާއްޖޭގެ 9 ޑޮމެސްޓިކް އެއާޕޯޓަކަށް އެ ކުންފުނީގެ އެކްސްކޯގެ ބޭފުޅުންނާއި ޓެކްނިކަލް ޓީމުން ޒިޔާރަތްކޮށް, އެއާޕޯޓްތަކުގެ ހާލަތު ބަލައި އަދި ހަރުދަނާކުރުމަށް ކުރަން ޖެހޭ ކަންކަން ފާހަގަކުރާނެ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.
އެކްސްކޯގެ ބޭފުޅުންނާއި ޓެކްނިކަލް ޓީމުން މިދިޔަ ހަފުތާގައި ފުވައްމުލަކު އެއާޕޯޓަށް ޒިޔާރަތްކޮށް، އެތަނުގެ ހާލަތު ބެލުމަށްފަހު, އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާ ވެސް ބައްދަލު ކޮށްފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ބޭނުމުގައި ރީޖަަނަލް އެއާޕޯޓްސް ކުންފުނިި އުވާލައި، އެ ކުންފުނީގެ ދަށުގައި ހުރި އެއާޕޯޓުތައް އެމްއޭސީއެލްގެ ދަށަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އެމްއޭސީއެލްއިން އެ އެއާޕޯޓުތަކާ ހަވާލުވީ މިދިޔަ މަހު އެވެ.
ޝަރީފް ކުރިން ވިދާޅުވެފައިވާ ގޮތުގައި، ރީޖަނަލް އެއާޕޯޓްސް ކުންފުނިން ހިންގި އެއާޕޯޓްތަކާ އެމްއޭސީއެލްއިން ހަވާލުވިއިރު، އެ އެއާޕޯޓްތަކުގެ ހާލަތު އޮތީ ވަަރަށް ދަށްކޮށެވެ. ބައެއް ތަންތަނުގެ ފަޔާ ފައިޓިން އިކްއިޕްމެންޓް ހުރީ އެ ހުރި ހާލަތުގައި ބަހައްޓައިގެން އެއާޕޯޓް ނުހިންގޭ ހިސާބުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެެހެންވެ، އެއާޕޯޓްތަަކަށް ބޭނުންވާ އިކުއިޕްމެންޓް ގަތުމުގެ މަސައްކަތް އެމްއޭސީއެލްއިން މިހާރު ވަނީ ފަށައިފަ އެވެ.
ކުރިން ރީޖަނަލް އެއާޕޯޓްސްއިން ބެލެހެއްޓި ފުވައްމުލަކު އެއާޕޯޓުގެ ފަޔާ ލޮރީ މިދިޔަ ހަފުތާގައި ހަލާކުވެ، އެ އެއާޕޯޓުގެ އޮޕަރޭޝަންސް ދެ ދުވަހަށް މެދުކަނޑާލަން ޖެހުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
07 September 2025
ހަމަ ހައިރާންވެ އަންތަރީސްވޭ! މިހާތަނަށް ޑޮމެސްޓިކް އެއާޕޯޓުތަށް ހިންގާ ބެލެހެއްޓީ ހަމަ ސަރުކާރުގެ ކުންފުންޏަކުން. ވީއިރު މިހާރު އެމްޢޭސީއެލް އިން ހަވާލުވި އިރު މި އެއާޕޯޓުތަކުގެ ހާލަތު ވަރަށް ދަށްކަމަށް ބުނީމަ އެހިސާބުން އަދި ނުނިމޭ. ބޮޑެތި މުސާރަދީފަ ބޯޑަކާ ޗެއަރމަން އަކާ އެމްޑީ އާއެކު ބޮޑު މެނެޖްމަންޓް ޓީމެއް އޮވެގެން ހިންގި އެއާޕޯޓުތަކުގެ ހާލަތު ތިހާ ދެރަވަރުވީމަ އިހުމާލުވީ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އަޅަން ޖެހޭ. މަޖިލިސް އިން ތަހުގީގު ކުރޭ!
ބުއްދިކާ
07 September 2025
ރާއްޖެ ތެރޭގެ ހާލަތު ބަލާފައި ފޮނުވާނީ ބާ އެއްޗެހި؟ އެހެންވީމާ މިވަގުތު ހާލު ބެލުން އެއްކިބާ ކުރެވޭތޯ ބަލާބަލަ
ޙާލު
07 September 2025
ފުޓްސަލް ދަނޑުތަކުގެ ޙާލަކީކޮބާ
އެވިއޭޝަން ކޮމާންޓް ކުއްޖެއް.
07 September 2025
ރައްޖޭގައި ހުރި ޑޮމެސްޓިކް އެއަރޕޯޓް ތަކާއި އެއަރޕޯޓްގެ އަދަދަކީ ކޮބާ ؟ އެތަންތަނުގެ ތެރެއިން ކޮން އެއަރޕޯޓް ތަކެއްތޯ އެމްއޭސީއެލް ގެ ދަށަށް ގެންދިޔައީ؟ ކީއްވެގެން މިތަންތަނުގެ ނަން ނުބުނަން ތިއުޅެނީ ؟
އަލިފުޅު
07 September 2025
ގދ. ކާޑޭއްދޫގެ ހާލަތަކީ ކޮބާ ؟ އަދިވެސް ގާސިމު އަތްޕުޅުގަތޯ !!!!
ލަތީފާ
07 September 2025
އެމްއޭސީއެލްގެ ހާލު ފުރަތަމަ ބަލަމާ ބަހީ؟
ރަންނަ
07 September 2025
އަދުވެސް ހަވާލުވީ ކޮން އެއާޕޯޓް ތަކެއްކަން ސާފުނުވޭ. އެވެސް ގައުމީ ސަލާމަތަށް ނުރައްކާވާ ޒާތުގެ މައުލޫމާތެއްތޯ؟ ނޫނީ ކުޅޭ ޑްރާމާ އެއްތޯ؟
ޕުރޮކިއުމަންޓް
07 September 2025
ތަރައްގީ ގެ ނަމުގަ ބޭރުން ފާޑު ފާޑުގެ އިކުއިޕްމަންޓް ގެންނަން ތިޔަ އުޅެނީ.
އެގިއްޖެ
07 September 2025
އެމް އޭދީ އެލްގެ ހާލާތު ފުރަތަމަ ރަގަޅު ކުރަންވީ.