ސީއެސްސީގެ މެމްބަރުކަމަށް ތިން ބޭފުޅަކު އައްޔަންކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ލިޔުން ހަވާލުކޮށްފައި.-- ފޮޓޯ: ރައީސް އޮފިސް
07 ސެޕްޓެމްބަރ 2025 - 11:57
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްގެ މަގާމުގައި މިހާރު ވެސް ހުންނެވި މުހައްމަދު ނާސިހު ހިމެނޭ ގޮތަށް އެ ކޮމިޝަނަށް އިތުރު ތިން ބޭފުޅަކު މިއަދު އައްޔަންކުރައްވައިފި އެވެ.
ސީއެސްސީގެ ތިން މެމްބަރެއްގެ ދައުރު މިމަހުގެ 3 ގައި ހަމަވާތީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ހަ ނަމެއް މަޖިލީހަށް ފޮނުވި އެވެ. ކޮމިޓީން ދިރާސާކުރުމަށް ފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމުން އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ނިންމީ ނާސިހާއި ޑރ. ދީބާ މޫސާ އަދި ޑރ. ހުސެއިން ފާއިޒަށެވެ.
ރައީސް އޮފީހުން ބޭއްވި ރަސްމިއްޔާތެއްގައި މިއަދު ހެނދުނު، އެ ތިން ބޭފުޅުންނަށް ކޮމިޝަނުގެ މެމްބަރުކަމުގެ ހުވައިލައްދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސެއިނެވެ. އަދި އެ ބޭފުޅުންނަށް މަގާމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް އެވެ.
ސީއެސްސީއަށް އައްޔަންކުރެއްވި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ނާޒިމްގެ އަނބިކަނބަލުން ދީބާ ވަނީ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ކަން ވެސް ކުރައްވައިފަ އެވެ. ޑރ. ފާއިޒަކީ ސުޕްރީމް ކޯޓުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލެވެ.
ނާސިހަކީ 2020 ގައި ސީއެސްސީއަށް އައްޔަންކުރި މެމްބަރެކެވެ. ކޮމިޝަނުގެ ރައީސްކަން ވެސް ކުރެއްވި އޭނާ އަލުން އެ މަގާމަށް ކުރިމަތިލީ މަގާމުގެ ދައުރު ހަމަވާތީ އެވެ. އެކަމަކު ނާސިހާއި އިތުރު މެމްބަރުންތަކެއްގެ މައްސަލަ މިދިޔަ އަހަރުގެ ތެރޭގައި ވަނީ މަޖިލިހުގެ ދާއިމީ ކޮމިޓީއަކަށް ހުށަހަޅައިގެން ބަލައިފަ އެވެ. ހައްސާސް މައްސަލައެއްގެ ގޮތުގައި އެކަން ބަލައި އެ ކޮމިޝަންގެ ބައެެއް މެމްބަރުން އޭރު ވަކިކުރިޔަސް އެ މައްސަލައިން ނާސިހު ސަލާމަތްވީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރުއުވަޝިޔާ
08 September 2025
މަ ހިކުރީ ހުވާކޮށް ނިމިގެން އޮފީހަށް ވަތް ގޮތަށް ކަމަށް ކަން އޮންނަ ގޮތް ނުބަލައި ހިދުމަތުގެ މުއްދަތާ ކުޅެގަތީ، އިހުތިސޯސުގައި ނުހިމެނޭ ކަމެއް ވިޔަސް
އިއްބެ
08 September 2025
ޙާސިލްކުރި ކަމެއް އަޅެބުނެދީބަލަ އަލުން މަޤާމްއަށް އައިއިރު
ކޮރަލް
07 September 2025
ސިވިލް ސާވިސް ކޮމިޝަން މިއީ ސިވިލް ސާވަންޓުންނަށް ކަމެއް ކޮށްދޭ ބައެއް ނޫނެވެ. ސަރުކާރުގެ ކުންފުނި ތަކުގެ މުސާރަތަކާ އެލަވަންސް ތައް ހާދަ ބޮޑެވެ. ވަކިވީމަ ލިބޭ ޕެކޭޖް ތައް ވެސް އެހާ ބޮޑެވެ. އެކަމު ސަރުކާރު ހިންގާ ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑެއްނުވެ އެވެ. ގައުމު ހިންގާ ބަޔަކީ ސިވިލް ސާވިސް މުވައްޒަފުންނެވެ.
ހިންގަނި ސައިހޮޓާތަކުގައި
08 September 2025
ތިޔަ ބުނާ ސިވިލްސާވަންޓުން އޮފިސްހިންގަނީ ސައިހޮޓާ ތަކުގައި. ކޮންމެ ދެ ގަޑިއަކުން ސައިކޮފީގައި. ދެއެއް ނުޖަހާނެ ނައްޓާލާނެ. ގުޅިޔަސް ފޯނެއް ނުނަގާނެ. އާއްމު ރައްޔިތުން ހަނާވަނީ. ތި ދޭ މުސާރަ މިހާރުވެސް ބޮޑު. ސައިކޮފީ ބޯން ކޮން މުސާރަބޮޑެއް ކުރާކަށް އަހަރުން ޓެކުސް ލާރިން
ލުބްލާ2025
07 September 2025
ނާސިހަކީ ކަމިސަނުގެ ރައީސަކަށް ހުރެ ބޮޑުތަނުން ފެއިލްވެސް ހުންނެވި ބޭފުޅެއް. މެމްބަރަކަށް އައިސް ކުރާނެ ކަމެއް ނުވިސްނޭ.
ދަންނަވަމެވެ.
07 September 2025
ކުރިން ސިވިލްސާރވިސްގައި އުޅުމަށްފަހު ކޮންމެވެސް ސަބަބަކާހުރެ ވަކިވާންޖެހުނު މުވައްޒަފުން އަލުން ސިވިލްސާރވިސްއަށް ވަންނަންބޭނުންވާނަމަ ތަޖުރިބާ، މަގާމުގެ ޝަރުތުގައިއިތުރުކޮށް ވަޒީފާއަށް ވަދެވޭނެގޮތަކަށް ހަމަޖެއްސެވުމަކީ ވަރަށްރަނގަޅުކަމެއްކަމުގައިދެކެން. އޭރުގެމުވައްޒަންނަކީ ވަޒީފާއަށް ކަމޭހިތައި ނަޒާހާތްތެރި މަސައްކަތަށް ފަރުވާތެރިބައެއް. މިހާރުގެކުދިންހެންކޮފީތަކުގައާސޯޝަލްމީީޑިއާ ކުޑަކުރުމުގައި އޮފީސްވަގުތުގެ ބޭނުމެއްނުކުރާނެ.
މާޝާދީދީ
07 September 2025
ނާސިހް އަލުން އައްޔަން ކުރެވި ދިޔަ ކަމީ ސިވިލް ސާރވިސްއަށް ލިބުނު ފޫނުބެދޭ ގެއްލުން ހުރިކަމެއް. އުންމީދަކީ މަގާމް ހޯދަން ބަގުޑި ބައްދާ މިކަހަލަ މީހުން ނިޒާމްއިން ބޭރުކުރުން. މިހުތާޒް މިކަމާ ވިސްނާނެ ކަމަށް އުންމީދު ކުރަން
ޙަސީބު
07 September 2025
އުރައްޕެތް ހުރި އެކަކުވެސް ތިތާކު ނެތް. ހަމަ މުޅި އުމުރު ހިހޫ ތަނުން ކައިގެން ތިބި މީހުން. ސިވިލް ސާވިސް މުވައްޒަފުންނަށް އަދި ސިވިލް ސާވިސް ހިދުމަތަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތް: ނާސިހަށް ބަލާނަމަ ވޭތުވެ ދިޔަ ދައުރު ސިވިލް ސާވިސް ގެ ހިދުމަތް ހަމަ ސުމެއްގައި. ސަަރުކާރުން ބުނިގޮތަކަށް ސިވިލް ސާވިސް އަދި ޖުޑީޝަލް ސާވިސް ކޮމިޝަން ހަރާބު ކޮށްދިނީ ފާއިޒާއި ދީބާ އަށް ބަލާ ނަމަ އުމުރުގައިވެސް ރައްޔިތުންނަށް އިވޭ ވަރަށް ބަހެއް ބުނި ބައެއް ނޫން
ޒަރީރު
07 September 2025
ދީބާ އަކީ ވެސް އެއްވެސް އުރަތްޕެއް ހުރި މީހެއް ނޫން.