07 ސެޕްޓެމްބަރ 2025 - 21:32
ސިނަމާލެ ބްރިޖުގެ އެއް ފަޅި މާދަމާގެ ވަކި ވަގުތެއްގައި އާންމު ދަތުރުފަތުރަށް ބަންދުކުރަން ނިންމައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ "އެއާޕޯޓް އިމަޖެންސީ ޕްލޭން" ޓެސްޓްކުރަން ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް މާދަމާ ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
އެމްއޭސީއެލްއިން ބުނިގޮތުގައި އެ އެކްސަސައިޒް ކުރިއަށް ދާނީ މާދަމާ ހަވީރު 4:00 ން ރޭގަނޑު 9:00 އާ ދެމެދު އެވެ.
ANNOUNCEMENT 📢
— Maldives Airports Company Ltd (@MACLmedia) September 7, 2025
Bridge Traffic Advisory for AFEX 2025. pic.twitter.com/cvsGuy5Zns
އެމްއޭސީއެލްއިން ކުރި ޕޯސްޓް
އެ ވަގުތުތަކުގައި ބްރިޖުގެ އުތުރު ފަޅި އާންމު ދަތުރުފަތުރަށް ބަންދުވާނެ އެވެ. އެ ފަޅި ހާއްސަކޮށްފައިވަނީ ކުއްލި ހާލަތަކަށް ތައްޔާރުވާން ހިންގާ އެމެޖެންސީ އެކްސަސައިޒަށެވެ.
ނަމަވެސް އެވަގުތުތަކުގައި ބްރިޖުގެ ދެކުނު ފަޅިން ދެކޮޅަށް ވެހިކަލް ދުއްވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަލިމާ
08 September 2025
ކޮންކަހަލަ އެކްސަރސައިޒެއްތީ ކުރިން ބަންދު ކޮށްލަނީ. ކުލިއަކަށް ހިނގާ ކަންތަކުގަ ބްރިޖްގެ ޓްރެފިކްއާއި އެއްކޮށް ދޯ ކުރިއަށް ދާންވާނީ.
އޮނަރަބްލް އަފީފު ދީދީ
08 September 2025
އައިކާއޯ އަޔާޓާގެ ޤަވާއިދާއި އެއްގޮތަށް ބައިނަލް އަޤުވާމީ އެއަރޕޯޓް ތަކުގައި މިފަދަ އިމާޖަންސީ އެކްސިސަައިޒް ހިންގާން ލާޒިމް ކޮށްފައިވަނީ މަދުން ނަމަވެސް އިމަޖެންސީ ހާލަތް ތަކުގައި ބޯޓް ޖައްސަން ޖެހޭތީއާއި، އަހަރުމެން އެކަމަށް ބޭނުން ނުވިޔަސް ކްރޭޝް ލޭންޑިންގް ފަދަ ހިތްނުތަނަވަސް ކަންކަން ހިގާފާނެތީވެ އެތައް ބައެއްގެ ރައްކާތެރި ކަމަށާއި، ޙާދިސާއާއި ގުޅުންނެތް މީހުންގެ ދަތުރު ފަތުރަށް ހުރަސްނޭޅި ކަމުގެ އަސަރާއި ގެއްލުން ގުޑަ ކުރުމުގެ ބޭނުމަށްޓަކާ.
އޮނަރަބްލް އަފީފު ދީދީ
08 September 2025
އިމާޖެންސީ ހާލަތް މެދުވެރިނުވިކަމަށްވިޔަސް ވޭތުވެދިޔަ 60 އަހަރު ކޮންމެއަހަރެއްގެ ހުޅަޤު މޫސުމުގައި ވައިގަދަވުމުން މާލޭއެއަރޕޯޓަށް ނުޖެއްސިގެން (ކްރޮސް ވިންޑަށް ރަންވޭ އަޅާފައިވާތީ) ކޮންމެ އަހަރަކުވެސް ފަތުރުވެރިން ގޮވައިގެން އަންނަ އެތައް ބޯޓެއް ކައިރީގައި އޮންނަ އެހެން ޤައުމަކަށް ޑައިވާޓް ކުރާކަން ހިސާބުތަކުން ސާފުކޮށް ފެންނާން ހުރި ކަމަށްވިޔަސް "ތިމާމެންނަކީ ޕައިނީއަރުން ކަމަށް ދައުވާކުރާ މީހުނާއި" ސަރުކާރުންވެސް މިކަމަށް ސަމާލުކަމެއް ނުދޭ.
ވންށީ
08 September 2025
އަސްލުކަމެއް ދިމާވާއިރު ތިބޭނީ ހަދާނެ އެއްޗެއް ނޭނގިފަ. މޮޅޭތި ޑްރިލް ބޭއްވިދާނެ، އޮށްޓަރެއް ހުރި ބަޔަކުނެތް.
މި ކޮންކަމެއް. ޑްރާމާބައި މަދުކުރޭ.
08 September 2025
އެމަޖެންސީގަ އެހީ ހިފައިގެންދޭބަލަ ގާޒާ އަށް ކަމެއް ކުރާ ހިތްވާނަމަ. ތި ޑްރިލްތަށް ހަދަހަދަ ތިއްބާ ފަޔަރާ އިންވެގެންކަހަލަ ގޮތަކަށް ހުރި ސަރުކާރުގެ އިމާރާތެއް ރޯވެ ބިމާހަމަވީވެސް.
އުދުހޭ
07 September 2025
އެމެޖެންސީއެއް ދިމާވާނީ ބްރިޖްގެ އެއްފަޅި ހުސްކޮށް އޮންނަ ވަގުތެއްގަތަ؟
ރިޓަޔަޑްއަލީ
07 September 2025
ތަންކޮޅެއް ރިއަލިސްޓިކޮށް ޑްރިލް ބާއްވައިގެން ނޫނީ ހަޤީޤީ އިމަޖެންސީއަކަށް ތައްޔާރެއް ނުވެވޭނެ. އިމަޖެންސީ އެއް ދިމާވީމާ އެއާޕޯޓްގެ ސަރަޙައްދުތައް ބަނދުކުރިޔަސް ބްރިޖްގެ ލޭނެއް ބަންދު ނުކުރާނެ. ތޮއްޖެހިފައިވާ ޓްރެފިކްގެ ތެރެއިން އިމަޖަންސީ ވެހިކަލްތައް ދުއްވާފައި ދިޔާއިމަ އެނގޭނީ ޓައިމް ރެޑިނަސް ހުރި މިންވަރު. މަޤު ބަނދުނުކޮށް އެމްބިއުލަންސް އަދި ސަލާމަތީ ބާރުތަކަށް ކިހާ އަވަހަކަށް ހަމަލައެއް އަތުވެއްޖެ ނަމަ އެއަރޕޯޓަށް ދެވޭނޭތޯ؟
ޓަޔަޑް އަލީ
07 September 2025
އަސްލުވެސް އެކަހަލަ ހާދިސާއެއް ހިނގައިފިނަމަ ބްރިޖް ހައިވޭގެ އެއްލޭން ބަނދުކުރާނެ، އެހެންވީމަ އެކަން އެކުރަނީ ހަމަ ރަނގަޅަށް. ޤައުމީ ބޮޑު ކާރިސާއެއް ދިމާވީމަ އެންމެ މުހިއްމު ވާނީ އެކަމުން ވީ އެންމެ އަވަހަކަށް އަރައިގަތުން، އެހެންވީމަ އާންމު ދަތުރު ފަތުރަށް އވަގުތުގަ އުނދަގުވިޔަސް އެންމެ މުހިއްމު ކަމއަިގެން ކުރިއަށް ދާނީ
ޥަލަމް
08 September 2025
ބަލަ ބަންދުކޮށްގެން ވެހިކަލްތައްވެސް ނެރިގެންނޭ ޑުރިލް ބާއްވާނީ. ވިސްނުން ތަންކޮޅެއް ރިއަލިސްޓިކް ވެބަލަ.
ކެޕްޓަން.
08 September 2025
އަސްލު ތިފަދަ ކަމެއް ދިމާވެއްޖެ ނަމަ ބޭރުން އަންނަ ފުލައިޓް ތަކުގެ ތެރެއިން ހުޅުލެ ފެންނަ ހިސާބުގައި ހުންނަ ބޯޓް ތަކާއި ޑޮމެސްޓިކް އެއަރޕޯޓް ތަކުން އަންނަ ބޯޓް ތަކަށް ހަދާނީ ކިހިނެއް ؟ އެވާހަކަ ވެސް ބުނެދީބަލަ.
ވައިސް ކެޕްޓަން
08 September 2025
ނުބެހޭ ބަޔަކަށް ދޯ އަސްލު މިއުނދަގޫކޮށްލެވުނީ. ހެހެހެހެ. ވެރިކަންވެސް ކުރަން ނޭނގިގެން މިއުޅެނީ، ޑިގްރީ އޮތީ އެކަކު އަތުގަ ފަހަތުގަ ހުސްތިބީ. ގްރޭޑް ހަތެއް.