މަހުލޫފް އެމްޑީޕީގެ ޕޯޑިއެމްއެއްގައި: އޭނާ ވަނީ އެ ޕާޓީން ވަކިވާން ނިންމައި ސިޓީއެއް ފޮނުއްވާފައި. -- ފޮޓޯ | މިހާރު
08 ސެޕްޓެމްބަރ 2025 - 15:18
އެމްޑީޕީ ސަރުކާރުގެ ކުޅިވަރު މިނިސްޓަރު އަހްމަދު މަހްލޫފް އެ ޕާޓީން މިއަދު ވަކިވެވަޑައިގެންފި އެވެ.
މަހުލޫފް ވަނީ އިދިކޮޅު އެމްޑީޕީން ވަކިވާން ނިންމައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއަށް ސިޓީއެއް މިއަދު ފޮނުއްވައިފަ އެވެ. އެ ސިޓީގައި، 2015 އިން ފެށިގެން އެމްޑީޕީއަށް ހިދުމަތް ކުރަން ލިބުނު ފުރުސަތަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
މަހްލޫފް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެއަށް ގެނެސްދެއްވި ތަރައްގީގެ ބައިވެރިއެއްގެ ގޮތުން ކެބިނެޓްގައި ގިނަ މަސައްކަތްތަކެއް ކުރެއްވުނީތީ އުފާކުރައްވާ ކަމަށެވެ.
އޭނާ ވަނީ ތާއިދުކުރި އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. އެމްޑީޕީ ސަރުކާރުގައި މިނިސްޓަރު ކަން ކުރެއްވުމަށް ފަހު އެ ޕާޓީން ވަކިވާން ނިންމި ސަބަބެއް އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ. މި ފަހުން އޭނާ އެ ޕާޓީގެ އެއްވެސް ހަރަކާތެއްގައި ނޫޅުއްވަ އެވެ.
މަހުލޫފް އެމްޑީޕީއާ ގުޅިވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްއާ ހިޔާލު ތަފާތުވެ، އެ ޕާޓީއާ ފެޔަށް ޖެހުމަށް ފަހު އެވެ. އޭރު އޭނާ ހުންނެވީ ޕީޕީއެމްގެ ޓިކެޓްގައި މަޖިލިސް މެންބަރެއްގެ ގޮތުގަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ޑީއާރުޕީން ސިޔާސީ މަސައްކަތް ފެއްޓެވި މަހުލޫފްގެ ސިޔާސީ ކުރިމަގާ ގުޅޭ ގޮތުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރައްވަ އެވެ. އޭނާ މި ވަގުތު ބޮޑަށް މަސައްކަތް ކުރައްވަނީ ކުޅިވަރާ ގުޅުން ހުރި ކަންކަމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސުހެއިލާ ހަސަން
09 September 2025
ވަރަށް ރަގަޅު ނިންމެވުމެއް. އެންޑީޕީ އަކާ މަހްލޫފްމެން ކަހަލަ ހެޔޮވިސްނޭ ބޭފުޅުންނަކާ ނުގުޅޭ އަސްލު
ނިމާލްް
09 September 2025
މަރުހަބާ މަހުލޫފް. ތި ނިންމެވީ އެންމެ ރަނގަޅު ނިންމުން
ރާހިލް
09 September 2025
ކުނި ރީނދޫ ކުލައިން ނެއްޓެންވީ އެންމެންވެސް. އެއީ ރައްޔިތުންނަށް ހެޔޮ އެދޭ ޕާޓީއެއް ނޫން
އަދުނާން
09 September 2025
މަހްލޫފަށް ހެޔޮ ވިސްނުން ލިބުނީތީ އުފާކުރަން
ވިލްދާން މުހައްމަދު
09 September 2025
މޯޑު ހަނދާން ވަނީ މަހޭ މީގެ 17 އަހަރު ކުރިން ގައުމު ބިނާކުރުމުގެ ފިކުރު ގައި ހުރެފައި އެމްޑީޕީ އޭ ކިޔައިގެން ވިދާޅުވި ބަސްލޮޅު، "އަހަރެން ހަމަ ހޭގައި ހުއްޓާ އެމްޑީޕީއަކަށް ނުދާނަމޭ، ހޭނައްތައިގެން އެމްޑީޕިއަށް ގެންދިޔަ ޔަސް ހޭ އެރުމާއި އެކު އެމްޑީޕީ ދޫކޮށް ދާނެ ކަމަށް" ބުނި ބަސްކޮޅު.. ޝުކުރިއްޔާ މަހޭ. - މަހޭގެ ނިންމުމަށް މަރުހަބާ - މޯޑު ދެކެން ބޭނުންވަނީ ގައުމީ ފިކުރާއި އެކު ކުރިއަށް ދާނެ ކަމަށް، ރައީސްގެ ގައުމީ ފިކުރާއި ގުޅިވަޑައިގަންނަވާ.
ނިމްޝާާ
09 September 2025
ފައްޔާޒްމެން ކުރި ކަންތަށް ފަޅާ އެރީކަމަށް މި ބެލެވެނީ. މަހޭއަށްވެސް ފިކުރަކަށްވުރެ ގައުމު މުހިންމު.
ގުލްޝަންް
09 September 2025
މަހްލޫފަށް ހެޔޮ ވިސްނުން ދެއްވައިފި. އެ ފަކުރު ޕާޓީއިން ބޭރުވުން އެއީވެސް ލިބުނު ބޮޑު ނިއުމަތެއްކަން ދަނޭ.
ޝެލަރީ
09 September 2025
ގިނައިންލިބޭކޮޅެއް ރަނގަޅުވާނެ
ކުލަބޯވަ
09 September 2025
ސަރުކާރު ކުދިން ކޮޅު ލައްވާ ކޮމެންޓް ކުރުވާފަ މިއޮތީ. ޔަގީނުންވެސް މަގާމެއް ދެނީ އެ.
ސަލާހުއްދީން އައްޔޫބީ
09 September 2025
އަހުމަދު މަހުލޫފް ވަކިވުމަކީ އެމްޑީޕީއަށް ކުރިއަށް އޮތް މިސްރާބެއް ނެތްކަމުގެ ސާފު ނިޝާނެއް“ އެއްބަޔަކު އަނެއް ބަޔަކަށް އެމްޑީޕީ ގެއްލެނީ އެތަން ބިނާކުރި މީހުން — އެއީ އެމީހުންގެ ނާކާމިޔާބީގެ ހަގީގީ މޫނު