ބ. ފުޅަދޫ ކައިރީގައި އޮންނަ "ރޯސް ގާޑެން": ގޮއިފުޅަފެހެންދޫގެ ބިން ހިއްކައިފި ނަމަ މިތަނަށް ގެއްލުން ލިބިދާނެ ކަމަށް ޖަމިއްޔާތަކުން ބުނޭ.-- ފޮޓޯ: ހުސެއިން ދީދީ
10 ސެޕްޓެމްބަރ 2025 - 12:54
ބ. އަތޮޅުގެ ވެއްޓަށް ގެއްލުން ލިބޭ ގޮތަށް ސަރުކާރުން ހިންގަން އުޅޭ އެހެން ޕްރޮޖެކްޓުތައް ވެސް ހުއްޓާލަން ރެޒިލިއެންސް މޯލްޑިވްސް އިން އިއްޔެ ގޮވާލައިފި އެވެ.
ބ. ދޮންފަނުގެ ބިން ހިއްކުން ހުއްޓާލަން ގޮވާލައި ޕެޓިޝަނެއް ތައްޔާރުކުރި، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ރެޒިލިއެންސް މޯލްޑިވްސް އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ވަނީ ސަރުކާރުގެ ނިންމުން ބަދަލުކުރުމުން އެކަމަށް މަރުހަބާ ކިޔައިފަ އެވެ.
އެ ޖަމިއްޔާއިން ތައްޔާރުކުރި ޕެޓިޝަންގައި 5،000 މީހުން ސޮއިކޮށްފައިވެ އެވެ. އަދި ވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ރާއްޖެ އާއި ބޭރުގެ އެތައް ޖަމިއްޔާއަކުން ވަނީ އެ ޕެޓިޝަނަށް ތާއީދުކޮށްފަ އެވެ.
ރެޒިލިއެންސް މޯލްޑިވްސް އިން ބުނީ ދޮންފަނުގެ ބިން ހިއްކުމަކީ ބ. އަތޮޅުގެ ވެއްޓަށް ގެއްލުން ލިބޭ ގޮތަށް ސަރުކާރުން ހިންގަން އުޅޭ އެކި ޕްރޮޖެކްޓުތަކުގެ ތެރެއިން އަދި އެންމެ ޕްރޮޖެކްޓެއް ކަމަށެވެ. އެ ކަހަލަ ކިތަންމެ ޕްރޮޖެކްޓެއް އިއުލާންކޮށްފައިވާ ކަމަށާއި އެ މަސައްކަތްތައް ވެސް ހުއްޓާލަން ޖެހޭ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ވެއްޓަށް ގެއްލުން ލިބޭ ގޮތަށް ބ. އަތޮޅުގައި ހިންގާ އެހެން ޕްރޮޖެކްޓުތައް ކަމަށް އެ ޖަމިއްޔާއިން ފާހަގަކޮށްފައި ވަނީ ތުޅާދޫގައި އެއާޕޯޓެއް އެޅުމަށް އެ ރަށުގެ ފަޅުން 44.7 ހެކްޓަރުގެ ބިން ހިއްކުމާއި ގޮއިފުޅަފެހެންދޫގެ ފަޅުގައި ރިސޯޓެއް ހަދަން ބިން ހިއްކުމެވެ.
ތުޅާދޫ އެއާޕޯޓު އެޅުމަށް އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
ގޮއިފުޅަފެހެންދޫ ފަޅުގައި، ބިން ހިއްކައިގެން ރިސޯޓެއް ހަދަން މި މަހު ބަޔަކާ ހަވާލުކުރާނެ ކަމަށް ރައީސް ވަނީ ގޮއިދުއަށް ވަޑައިގެން މި މަހު ވިދާޅުވެފަ އެވެ. އެއީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ވެސް މެ އެވެ.
ގޮއިދު އާއި ފުޅަދޫ އަދި ފެހެންދޫ އޮންނަ ފަޅަކީ ރާއްޖޭގެ އެހެން އެއްވެސް ހިސާބަކުން އަދި ފެނިފައި ނުވާ ފަދަ ގުދުރަތީ ރީތިކަމެއް ލިބިފައިވާ ތަނެކެވެ. ހާއްސަކޮށް ފުޅަދޫ ކައިރީގައި އޮންނަ މުރަކަ ބަގީޗާ އެވެ. އެތައް ޒަމާނެއް ވެދާނެ ލަފާކުރެވޭ އެތަން މަޝްހޫރުވެފައި ވަނީ "ރޯޒް ގާޑެން" ނަމުގަ އެވެ.
ފުޅަދޫ ކައިރީގައި އޮންނަ "ރޯސް ގާޑެން": ގޮއިފުޅަފެހެންދޫގެ ބިން ހިއްކައިފި ނަމަ މިތަނަށް ގެއްލުން ލިބިދާނެ ކަމަށް ޖަމިއްޔާތަކުން ބުނޭ.-- ފޮޓޯ: ހުސެއިން ދީދީ
އެ ފަޅުން ސަރަހައްދެއް ހިއްކައިފި ނަމަ، އެ ރީތި މުރަކަ ބަގީޗާ ހަލާކުވުމުގެ ބިރު ވަރަށް ބޮޑު ކަމަށް ރެޒިލިއެންސް މޯލްޑިވްސް އިން ބުންޏެވެ.
ސިޔާސީ ބޭނުމަށް ވެރިން ރާއްޖޭގެ ނާޒުކު ވެށި ހަލާކުކޮށްލާ މަންޒަރު ބަލަން ނުތިބެވޭނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެ ޖަމިއްޔާއިން ބުނި ގޮތުގައި، ބިން ހިއްކުމަކީ ދެމެހެއްޓެނިވި ގޮތެއް ނޫނެވެ. ސަރުކާރުން ވައުދުތައް ވާއިރު އެކަމަށް ވަރަށް ބޮޑަށް ވިސްނަން ޖެހެ އެވެ. ދޮންފަނުގެ ރައްޔިތުން އުއްމީދުކުރާ މުސްތަގުބަލު އެ ރައްޔިތުންނަށް ހޯދައިދޭން ޖެހެ އެވެ. އެކަމަކު، އެ އުއްމީދު ހާސިލްކޮށްދިނުމަށް ވެށި ހަލާކުކޮށްލައިގެން ނުވާނެ އެވެ.
ދޮންފަނުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއަހައި، ވެއްޓަށް ގެއްލުން ނުލިބޭނެ ގޮތަށް ދެމެހެއްޓެނިވި ހައްލެއް ސަރުކާރުން ހޯދައިދޭން ޖެހޭ ކަމަށް އެ ޖަމިއްޔާއިން ގަބޫލުކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ރެޒިލިއެންސް މޯލްޑިވްސްގެ ބަޔާނުގައި ބުނީ އެކި ރަށްރަށުގެ ބިން ހިއްކުމުގެ ކުރިން ހަދާ ތިމާވެއްޓަށް ގެއްލުން ލިބޭ މިންވަރު އަންދާޒާކުރާ ރިޕޯޓް ނުވަތަ އީއައިއޭ ރިޕޯޓްތަކުގައި ގެއްލުން ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތައް ބަޔާންކުރާ ނަމަވެސް، އެގޮތަށް ކަންކަން ނުހިނގާ ކަމަށެވެ. އެ މައްސަލަ ސަރުކާރުން ބަލަން ޖެހޭ ކަމަށާއި އެ ފިޔަވަޅުތައް ނޭޅުމުން ވެއްޓަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ބިން ހިއްކުމުގެ ސަބަބުން މުރަކަތަކާއި މޫދުވިނަ މަރުވެ، ފަރުތަކަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުން ލިބޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ފުރިހަމަ އީއައިއޭ ރިޕޯޓެއް ނުހަދާ ބ. އަތޮޅުގެ ރަށްރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް އެ ޖަމިއްޔާގެ ބަޔާނުގައި ގޮވާލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކައުންސެލަރު.....
10 September 2025
ތިޔަބުނާ ރިޒިލިއަންސްއަށް ފެނުނުބާ ހުޅުމާލެ 3 ފިޔަވަހިން ހިއްކާފައޮތްބައި؟ ފެނުނުބާ ގުޅިފަޅުން ހިއްކާފައޮތްބައި؟ ފެނުނުބާ ރަސްމާލެއަށް ހިއްކާތަން؟ ފެނުނުބާ އޭދަފުށިން ހިއްކާފައޮތްބައި؟ ފެނުނުބާ ހަނިފަރު ބޭ ބަލަހައްޓަށްހަވާލުކޮށްފައޮތް ދަރަވަންދޫ އެއާޕޯރޓްއަޅަން ހިއްކިތަން؟ ފެނުނުބާ ވިލިމާލެ ފަރަށް ބުރިޖްޕްލެޓްފޯމުން ލިބުނު ގެއްލުން؟ ފެނުނުބާ އެއާޕޯރޓްތައްއަޅަން ހިއްކާހިއްކުން؟ ތިމާވެށިހިމާޔަތްވެފައޭ ތިޔަހަރީ
އަފްރާސިޔާބު
10 September 2025
ރަސްމާލޭ ޕްރޮޖެކްޓުން ވެއްޓަށް ގެއްލުމެއް ނުލިބޭބާ؟
ދޮވެމި
11 September 2025
ލިބޭ އެކަމަކު މާލެ ސަރަހައްދު މިހާރު އެއްކޮށް ހަލާކުވެއްޖެ. މިއުޅެނީ އެގޮތަށް އެހެން ތަންތަން ހަލާކު ނުކޮށްވޭތޯ؟
މަނިކުމޮ
10 September 2025
ތަންތަނުން އަރައިގަނެގެން އުޅޭމީހުން ފާޑުފާޑުގެ ނަން ހަދައިގެން ދެން ބޮޑު ނޮހޮރޮއްޕާނެއް މިތަންތާ މިހާރު ދިރިއުޅެވެންނެތޭ މިތަނުގަ އުޅެމުން އައި މީހުންނަށް. ކަލޭމެން ވެއްޖެ އެއް ނު. މުރަކަ ނެތް ތަންތަނުގަ ތިގެންގޮސް އިންދައިގެން ރޯޒްގާރޑަން ހައްދައިގެން ދޮންމީހުންނާއެކީ މޫދަށް އެރިގެން ސެލްފީ ނަގައިގެން އިންސްޓާގުރާމާ އަނެއްތަނެއްގަ ޕޯސްޓުކުރަން. މިހާރު ދެން މާ މައްޗަށް މިދަނީ
މައްކޫ
10 September 2025
އެހެންވީމަ މި ބުނަނީ ހިލޭ ގޯތި ދީ ގެން ނުވާނެޔޭ، އިބްރާހީމް މެން ގޯތި ތައް ދީ އަންނަން އޮތް ޖެނެރޭޝަންތަކުގެ ދިރިއުޅުމުގެ ހައްޤޭ ގެއްލުވާލީ 9000 ގޯތި ދީ. ދިރިއުޅުމަށް ކަމަށް ބުނެ ރިއަލްއެސްޓޭޓް ވިޔަފާރިއަށޭ ނޫނީ ގެސްޓްހައުސް ހެދުމަށޭ ބިންތައް އަތުލަނީ.
އައިސަން
10 September 2025
ރިސޯޓުތަށް ވެސް ހުންނަވީ ގޯތި އޮޅިގަނޑުގަ އަޅައިގަންފަ އަނގަވަތަށް ވެއްޓޭހިސާބު ކައިރީގަ. އަނެއްކާ މިޔޮށް ހުސްވަނީ ރާއްޖޭގެ ހުރިހާ ހުސް ފަޅުރަށްތަށް. ރިސޯޓުގަނޑެއްވެސް ނުހެދޭނެ ހިއްކައިގެން ނޫނީ
ރުތމހ
10 September 2025
ކުރިންވެސް ތިހެން ހުވަފެން ދައްކައިގެން ހުރިހާ ތަރައްގީއެއްވީމަ މަގޭރަށަށް ހަދާފަ ހިޖުރަ ކުރި އެންމެން ބާކީ ކޮށްފަ އުފަން މީހުްންނަށް ގޯތި ބަހާލީ މިއަދު އެހެން ރައްޔިތުން ތަރައްގީ ބޭނިންވީމާ މިލިޔަނަރުންގެ ދަރިން ތިމާވެށި ބަލަން އެތަން ބާއްވަންވީ ބަލަ ބ އަތޮލު މޯހުންވެސް ބޭނުންވަނީ ތަރައްގީ އުމުރު ދުވަހު ބަޔަކަށް ކުލި ނުދީ ދިރިއުޅެން އެ އަތޮޅެއްގެ ބަޔަކު ބޭނުން ގޮތަކަށް އެތަން ތަރައްގީ ކޮށްދީ
ކިހާދޫޝާފީ
10 September 2025
ދޮންފަނު ފަޅުހިއްކަންވީ. ކޮންމެ ވަކިބަޔަކު ލަގުޒަރީ ދިރި އުޅުން އުޅެން ހަނިފަރު ދޭކަށް ނުޖެހޭ. ހުރިހާ ރަށެއްވެސް ހިއްކާ އެއާޕޯޓް އަޅަންވީ. ކިހާދެރަކަމެއް. ހަނިފަރަކަށް ބ އަތޮޅު މީހުންނަކަށް ނުދެވޭ. ބޭރުމީހުންނަށާއި އެތަން ބަހައްޓާ ބޮޑުންނަށް އެކަނި ދެވެނީ. މިޔަތު އިންސާނުން ކަމުންދާއިރުވެސް ހިމާޔަތް ކިހާދެރަކަމެއް
ލަސް
10 September 2025
އެހެންވީމަ ބުނަނީ ޖާހިލުކަމަށް ވުރެ ނުރައްކާތެރި ކަމެއް ނުވެޔޭ. ތިމާއަށާއި ދެންތިބި މީހުނަށްވެސް ނުރައްކާ.
ބ އަތޮޅު
11 September 2025
އެތަނުން ރާއްޖެއަށް އަހަރަކު ވަންނަ 8،000،000 ޑޮލަރުގެ ފައިދާ ކަލެއައް ވެސް ކުރާނެ. ތިބިން ހިއްކައިގެން ގައުމައް ވަކި ފައިދާއެއް ނުކުރާނެ.
ޑައިނަސޯ
10 September 2025
ތިދާވަރުން ދެން މުޅި ބ. އަތޮޅު ތިމާވެއްޓާ ދެކޮޅަށްނުކުމެ ބިންހިއްކާ އެއާޕޯރޓްއަޅާ ކުދިރަށްރަށުން ބޮޑެތިރަށަށް ބަދަލުވާތަން ފެންނާނީ.
ސަހަރޯއި
10 September 2025
ކިހާދެރަކަމެއް. ދެން އިންސާނުން މިރާއްޖޭގަ ދިރިއުޅޭކަށް މަށަކަށްނުފެނޭ.
އަސާސޭ
10 September 2025
ރޯޒް ގާޑަން މުރަކަ ބަގީޗާއަށް 500 އެތައް އަހަރެއް ވެދާނޭ؟ ތިއީ ކޮން އަސާސެއްގެ މައްޗަށް ބުނާ ވާހަކައެއް؟ ރާއްޖެ އުފެދުނު ޖިއޮލޮޖިކަލް މޫވްމެންޓް ހަމަޖެހި ފަރުތަކުގަ މުރަކަ އުފެދި މުރަކަތަކުގެ މަސްމަހާމެހި އާލާވެ ނިމުނުތާ 500 އެތައް އަހަރެއް؟ އެކަމަކު މިރާއްޖޭގަ މީހުން ދިރިއުޅެން ފެށިތާވެސް 2500 އަށްވުރެ ގިނައަހަރު ވެދާނެކަމަށް މުއައްރިޚުން ވިދާޅުވަނީ. މީހުން ދިރިއުޅެން ފެށުމުގެ މާކުރިންވެސް މުރަކަ ބަގީޗާތައް އުފެދިފަ ހުންނާނެކަމަށް ބެލެވެނީ.
މުގު
10 September 2025
ނޭނގޭ މީހުންނަކަށް ނޭނގޭނެ