10 ސެޕްޓެމްބަރ 2025 - 14:35
ރާއްޖޭގައި އުފަންވާ ކުދިންގެ ސިއްހަތާ ބެހޭ ދާއިރާއަށް އަވަސް ކުރިއެރުންތަކެއް ބޭނުންވާ ކަމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އައިޖީއެމްއެޗުން އިސްނަގައިގެން ކުރިއަށްގެންދާ ނިއޯނޭޓަލް ނަރުހުންގެ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ފަސްޓްލޭޑީ ވިދާޅުވީ ރާއްޖޭގައި އުފަންވާ ކުދިންގެ ސިއްހަތާބެހޭ ކަންކަމުގައި ވަރަށް ހިތްދަތި ކަންކަން ދިމާވެފައިވާކަން އެ ދާއިރާގެ ތާރީހީ ލިއުންތަކުން ހާމަވާ ކަމަށެވެ.
އެހެންވެ، އަލަށް އުފަންވާ ކުދިންގެ ދުޅަހެޔޮކަމަށްޓަކައި އެ ދާއިރާއަށް އަވަސް ކުރިއެރުންތައް ބޭނުންވާ ކަމަށާއި ތަނާއި ޖާގަ އަދި އިންސާނީ ހުނަރާއި ގާބިލުކަން ވެސް ބޭނުންވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.
— IGMH (@igmhmv) September 9, 2025
ފަސްޓްލޭޑީ ވިދާޅުވީ ސިއްހީ ދާއިރާގައި އިލްމާއި ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ ގޮތް ފާހަގަކުރެވޭ ކަމަށެވެ.
އޭގެ ތެރޭގައި، އަލަށް އުފަންވާ ކުދިންނާ ގުޅުންހުރި ކަންކަމަށް ހާއްސަކޮށްގެން ތައާރަފުކޮށްފައިވާ ޓެކްނޮލޮޖީ އެބަހުރި ކަމަށާއި އެފަދަ ކޮންފަރެންސްތަކުގައި ކުރާ މަޝްވަރާތަކުން ވެސް ރާއްޖޭގައި އޭގެ ކަންކަން ތަންފީޒުކުރުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި އެވެ.
ފަސްޓްލޭޑީ ވިދާޅުވީ ދެ ދުވަހަށް ގެންދާ ކޮންފަރެންސްގެ މައުޟޫއަކީ ކޮންމެ ދިވެއްސެއްގެ ހަޔާތާ ވެސް ގުޅިފައިވާ މައުޟޫއެއް ކަމަށެވެ. އެހެންވެ، އެ ކޮންފަރެންސްގައި ކުރާ މަޝްވަރާތަކާއި ނިންމާ ނިންމުންތައް ތަންފީޒުކުރަން އެންމެން ގުޅިގެން މަސައްކަތްކޮށްދިނުމަށް އެކަމަނާ އެދިވަޑައިގެންނެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސުލްތާން
10 September 2025
ރާއްޖޭގެ ޓުއުރިޒަމް ފުނޑޭއިރަށް ރާއްޖޭގެ ހެލްތު ސެކްޓަރ ފުނޑޭނެ މިހާރުމިއޮތް ހާލަތުން. ދުނިޔެއަށް އަންނަ ފުލް ސްކޭލް ހަނގުރާމައެއް ފެށުމާއެކު މި ބުނެވިދިޔަ ކަންކަން ތަހައްމަލް ކުރަންޖެހޭނެ. މިނިވަންކަމަކީ: ޢަމިއްލައިން އުފައްދާ ކާނާ ޢަމިއްލައިން އުފައްދާ ބޭހާއި ބޭސްވެރިކަން ޢަމިއްލައިން އުފައްދާ ހަތިޔާރު.
ނަގިއްޔާ
10 September 2025
ފުރަތަމަކަމަކަށް ދަރިން އުފަންކުރާ ބައްޕައިން އިސްލާހުވާންއެބަޖެހޭ. މާގިނައިން ސިނގްރޭޓްބޮނީ އެހެންވުމުގެ ސަބަބުން ދަރިމައިވާ ފަނި އޮންނަނީ ގަޑިޖެހޭއިރު ވާނެއެއްޗެއް ވެފައި. މަންމަމެން ކިތަންމެ ބަލައިގެން އުޅުނަސް ބައްޕަމެން ފަރުވާލެއްނެތް. ވުމާއެކު ލިބޭ ކުއްޖާ އޯލްމޯސްޓް މިލިގުރާމުން ކިރަންޖެހެނީ. އެހެންވީމާ، ބައްޕައިން އެބަޖެހޭ ހެލްތީ ފަނި އުފައްދަން ވެލްތީ ދިރިއުޅުމެއް އުޅެން. ރަގަޅަށް ނިދަން، ފެގުނުޖަހަން، ކަސްރަތުކުރަން.
ސަސި.
10 September 2025
ކަމަނާގެ ފިރިކަލުންނަށް ދަންނަވާލަ ދެއްވާތި