އެފްޑީސީން ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓުތަކުގެ އެގްރިމެންޓުގައި މީހަކު ސޮއިކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
11 ސެޕްޓެމްބަރ 2025 - 14:45
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ 2ގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތަޅުދަނޑިއާ ހަވާލުވާން ދިއުމަށް އަންގައި ޝެޑިއުލްކުރަން ފަށައިފި އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެކްސްގައި ދެންމެ ކުރި ޕޯސްޓެއްގައި ބުނީ ގެދޮރުވެރިޔާ ފްލެޓް ލިބޭ މީހުންގެ ޔުނިޓް ހަވާލުކުރުމުގެ މަސައްކަތް އެ ކުންފުނީގެ ޕޯޓަލް މެދުވެރިކޮށް މިއަދު ފަށާފައިވާ ކަމަށެވެ.
ތަޅުދަނޑިއާ ހަވާލުވުމަށް ދާން ގަޑިއެއް ތާވަލުކޮށް އެސްއެމްއެސްއަކުން އަންގާނެ ކަމަށާއި އެ ޕްރޮސެސް ހިނގާ ގޮތް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ގެދޮރުވެރިޔާ ފްލެޓުތައް ލިބުނު މީހުންގެ ތެރެއިން އަމާން އުދަރެސްގެ 14 ވަނަ ޓަވަރު ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް މިއަދު ފަށާ ގޮތަށް އޮތީ ހަމަޖައްސައިފަ އެވެ.
އެފްޑީސީން ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ 17-18 ބުރީގެ 32 ޓަވަރުގައި 4،000 ފްލެޓްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ.
ފްލެޓް އެއްބަސްވުން ހަދައި ނިމިފައިވާ މީހުންނަށް އެ ކުންފުނީގެ ޕޯޓަލް މެދުވެރިކޮށް ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދެއްކުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ތަޅުދަނޑި ހަވާލުކުރަނީ އެ ފައިސާ ދެއްކުމުންނެވެ.
އެފްޑީސީން ކުރިން ބުނީ ފްލެޓް ހަވާލުކުރާނީ އެއްބަސްވުމުގައި ސޮއިކޮށް ނިމި އަދި ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ މީހުންނަށް ކަމަށެވެ. އަދި ޓަވަރުތައް ނިމި، ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދައްކަމުން އަންނަ ވަރަކަށް ފްލެޓްތައް ހަވާލުކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ގެދޮރުވެރިޔާ ފްލެޓް ލިބުނު 4،000 މީހުންގެ ތެރެއިން 3،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ފްލެޓް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓްތަކެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރަނީ މަހަކު 7،000ރ. އަށެވެ. އެ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި މަހަކު 1،000ރ. އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ހަމަޖައްސާފައި ވަނީ 15،000ރ. އެވެ.
ތިން ކޮޓަރީގެ ފްލެޓްތައް ކުއްޔަށް ދެނީ މަހަކު 9،500ރ. އަށެވެ. އަދި މެއިންޓެނަންސް ފީގެ ގޮތުގައި 1،500ރ. އަދި ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. ދައްކަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ާއުނިމާ
14 September 2025
4،000 މީހުންގެ ތެރެއިން 3،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ފްލެޓް އެއްބަސްވުމުގައި ސޮއިކޮށްފަވާއިރު މިހާރު ނޫހުން ސާފުކޮށްލަ ދީބަލަ، ދެން ބާކީ ތިބި 1000 މީހުނަށް ވަނީ ކިހިނެއްތޯ ؟
ާއުނިމާ
13 September 2025
20 މަސްދުވަސް ވަންދެން މިސަރުކާރުން ކުރީ ކޮން ރިވިއުއެއްތޯ؟ މިހާރު އަވަސް އަރުވާލައިގެން އެއްވެސް ހަމައެއްނެތި، ފުލެޓްލިސްޓްވެސް އިއުލާނު ނުކޮށް ، 4000 ފުލެޓު ލިބޭ އެންމެންގެ މެދުގައި ގުރު ނުނަގާ، ފޮއިންޓަކަށް ނުބަލައި މިހަވާލު ކުރާ ފުލެޓް މިހާލުކުރަނީ ކޮން އޯޑަރަކުންނޭ!
ގުދުގުދާބެއްޔާ
11 September 2025
ތިބުނީ ދެއަހަރު ފަހުން ތަޅުދަނޑި ހަވާލުކުރާ ވާހަކަތަ؟
ޑިރާސާ
11 September 2025
ފުލެޓް ހަދައި ނުނިމޭ އިރު އެޑްވާންސްކޮށް 2 މަހު ކުލި ނަގަނީ.. 6 މަސް ކުރިއަކުން ނުވަދެވޭ ތަނެއްގެ ތަޅުދަނޑި ދިނަސް ފުލެޓް ލިބުނު މީހުންނަށް ވާނެ ފައިދާއެއް ނެތް.. އަސާސީ ބޯހިޔާ ވަހިކަމުންވެސް ވައްކަން ކުރަނީ.. މީ ރާއްޖޭގެ ތާރީހުގައި ދުވަހަކުވެސް ރާއްޖޭގެ އެއްވެސް ސަރުކާރަކުން ކުރި ކަމެއް ނޫން. ސޯޝަލް ހައުސިން ސްކީމެއްގައި އެޑްވާންސްކޮށް ފައިސާ ނަގަނީ ވަރަށް ހީލަތްތެރި ރޭވުމެއް. ފުލެޓްވެރިންނަށް މަޖުބޫރުން އެގްރީމެންޓް ކުރުވީ..
ލަމާން ޒަކަރިއްޔާ
11 September 2025
އަހަންނަށް އިނގޭ މިސަރުކާރުން ރައްޔިތުންގެ ހައްގުގަ ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަން. އެކަންތައް މަޑުމަޑުން ހާސިލްކުރަމުން މިދަނީ
ރިފާއު އައްބާސް
11 September 2025
މިއީ ރައްޔިތުން އެންމެ ދެކެން ބޭނުންވާ އެންމެ އުފާކުރާނެ ކަންތައް. ބޯހިވާކަން ހޯދަދޭން ރައީސް ތިޔަ ކުރައްވަނީ ވަރަށް އަގުހުރި މަސައްކަތެއް
ނުއުމާން
11 September 2025
ކުރީ ސަރުކާރުހެން ރައްޔިތުންގެ ބޯހިވާކަމަށް ހުރަސް އަޅާކަށް މިސަރުކާރުން ނޫޅޭނެ
ނާހިލްް
11 September 2025
ރައީސްގެ ވައުދުފުޅު ފުއްދަވަނީ. ޝުކުރިއްޔާ ރައީސް
ގުއްޕެ
11 September 2025
ރާއްޖެތެރޭ ބަޔަކަށް ދޭންޖެހޭ އެއްޗެއް ވިއްޔާ ވަރަށް އަވަހަށް ކޮއް ނިންމާލާނެ….ގޯތި ލަސްވަނީ ހުސް މާލޭ މީހުންނަށް ދޭން ޖެހޭތިީ….
20255
11 September 2025
ރަށުގަވެސް އަމިއްލަ ތަނެއްނެތް އަދި ރަށުގަ ނޫޅޭތީއޭކިޔާފަ ރަށުންވެސް ގޯއްޗެއް/ފުލެޓެއްވެސް ނިލިބޭ މާލެއްށް ހިދުމަތްކުރަން މުޅިއުމުރު ހޭދަކުރާ ދިވެހި ރައްޔިތުމީހާގެ ހައްގު ކޮބާ؟ މާލޭ މީހުން އެބައުޅޭ މާލެ ކީއްކުރަން ދިވެހި ރާއްޖެވެސް ނުދެކޭ މީހުން. ވަޒީފާއެއް އަދާނުކޮށް މީހުން ދިރިއުޅެން ހެޔޮނުވާވަރު ތަންތަން ނުއަގުގަ މީހުންނަށް ކުއްޔަށްދީގެން. މިއަދު އަދިކިރިޔާ އޭޓީއެމް ގަނޑެއްވެސް އަޅާދިން ރަށްތަކުން މީހުން މާލެއަންނަން މަޖުބޫރުކޮށގެން
ޝާހިލްް
11 September 2025
ވަރަށް ގިނަ ރައްޔިތުންގެ އުންމީދުތައް ހަގީގަަތަކަށް ވަނީ.