ގަވައިދާ ހިލާފަށް ސިނގިރޭޓު ވިއްކަމުންދިޔަ ތުހުމަތުގައި އަތުލައިގެން ސައްދާމް ހުސެން އަތުން ފެނުނު ތަކެތި.-- ފޮޓޯ: ޕޮލިސް
12 ސެޕްޓެމްބަރ 2025 - 23:41
ގަވާއިދާ ހިލާފަށް ސިނގިރޭޓު ވިއްކަމުންދިޔަ ބިދޭސީއަކު ގިނަ އަދަދެއްގެ ފައިސާއާއެކު ފުލުހުން އަތުލައިގެންފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ 32 އަހަރުގެ އެމްޑީ ސައްދާމު ހުސެއިނެވެ.
ފުލުހުން ބުނީ މިއަދު ހުޅުމާލެ ފޭސް އެކެއްގެ ކަންނެލި ޖެޓީ ކައިރިން ދިޔަ ބިދޭސީއަކު އަމަލުތައް ބެހެއްޓި ގޮތުން، ޝައްކުވެގެން ބަލައި ފާސްކުރި ކަމަށެވެ.
އޭނާ ގެންގުޅުނު ތަކެތި ބަލައި ފާސްކުރިއިރު އޭނާ އަތުން ޖުމްލަ 53،000 އަށްވުރެ ގިނަ ރުފިޔާ އާއި ގިނަ އަދަދެއްގެ ސިނގިރޭޓު ފޮއްޓާއި، ދުންފަތާއި، ސިނގިރޭޓު ފިލްޓަރާއި، ރިޒްލާ ފެނުނު ކަމަށެވެ.
މީގެ އިތުރުން ސިނގިރޭޓު އަނބުރަން ބޭނުންކުރާ ފޮއްޓެއް ފެނުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ގަވައިދާ ހިލާފަށް ސިނގިރޭޓު ވިއްކަމުންދިޔަ ތުހުމަތުގައި އަތުލައިގެން ސައްދާމް ހުސެން.-- ފޮޓޯ: ޕޮލިސް
ގަވާއިދާ ހިލާފަށް ސިނގިރޭޓު ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުންޏެވެ.
ދުންފަތުގެ އެއްވެސް ވިޔަފާރިއެއް ހުއްދަ ނެތި ރާއްޖޭގައި ކުރުމަކީ މަނާ ކަމެކެވެ. އަދި ދުންފަތް ކޮންޓްރޯލްކުރަން ރާއްޖޭގައި ހަރުކަށި ފިޔަވަޅުތަކެއް ވެސް ވަނީ އަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަރުތަ
13 September 2025
ގައުމެއް ފެއިލްވާނީ ދެން މިހާކަންހާވަރަށް، ބޮއްސުން ނުލާ ހަމައެއްވެސް ދިމާލެއް ނެތޭ، ކަންމަތީ ފިހާރަތަކާ ހޮޓާ ކެފޭތަކުގަ ފައިސާ ކަނޑަން ކޮށިގަނޑުގަ ބިދޭސީން ތިބުމަކީ މަނާކަމެއްކަން ނޭގޭ މީހަކު ނެތް، އެކަމަކު އެކަން ތަންފީޒެއް ނުކުރެވޭ އެފަދަ ފަރާތްތަކާ ދޭތެރޭ ފިޔަވަޅެއް ނޭޅެ، ދޭތެރެއަކުން ކުއްލި އޮޕަރޭޝަނެއް ހިންގާލާނެ ހަފްތާއެއް ވަންދެން އެނިމުނީ، އެބޭފުޅުން އިހުނަށްވުރެ ފޯރީގަ މަސައްކަތް ކުރިޔަށް ޖައްސާލާނެ.
ބޮޓްކިޓް
13 September 2025
ސައްހަނޫން ސައިޓްތަކުގައި، މާނައަކީ ހުއްދަ ދީފައިވާ ސައިޓްނޫން އެހެން ސައިޓްތަކުގައި މަސައްކަތްކުރާ ނޭޕާލް މީހުން މިހާރު ގިނަވާން ފަށައިފި. ބެލީމަދޯ ފެންނާނީ.
ރަދީފްއޮފިޝަލް / އާސެނަލް ފޮރެސް
13 September 2025
އަދި 4 ދުވަސް ފަހުން މިމީހާ ހަމަ މިމަސައްކަތުގަ ހުންނާނެ ނިކުމެ.ރައްޔަތުން ތިބޭތި ބަލަން.މީގެ 1 މަސްކުރިން ޕޮލިޓެކްނިކް ސަރަހައްދުގަ ކާރު ސާފްކުރަން އުޅުނު 5 މީހަކު ހައްޔަރުކުރިކަމަށް އިމިގްރޭޝަނުން އެކްސްގަ ބުނި.އޭގެ 7 ދުވަސް ފަހުން ހަމަ އެ 5 މީހުން ނިކުމެ އެމަސައްކަތުގަ އެބަތިބި މިހާރުވެސް.އެމީހުން ލައްވާ ގިނައިން ކާރު ސާފްކުރުވަނީ ޕޮލިސް ވެހިކަލް ގަރާޖުގަ ތިބޭ ފުލުހުން.ދެން ކަމެއް އިސްލާހްކުރެވޭނެ ކަމަށް އުއްމީދުކުރާނީ މޮޔައިން ދީ.ވ.ވެދުން
އަކުރު 2.0
13 September 2025
ވަގަށް ސިގިރެޓް ވިއްކީމަ އަތުލައިގަނެވޭ. އެކަމުން ހާމަކަން ބޮޑުކޮށް ޑްރަގް ވިއްކިޔަސް އަތުލައި ނުގަނެވޭ.
ރަދީފްއޮފިޝަލް /
13 September 2025
ތިޔާ ބާވަތުގެ އެއްޗެއް މީގެ ފަހުން ނުބުނައްޗޭ.
ޢަރުތަ
13 September 2025
އެޔޭ މިކަމުގެ ބިއުޓީއަކީ
އެމްޱީ
13 September 2025
ކޮންމެވެސް އެމްޱީ އެއް އަބަދުވެސް އަތުލެވޭނީ އަސްލު އެމްޱީ ނުފެންނާނެ އަދި އަތުވެސް ނުލެވޭނެ މާދަން އަނެއް އެމްޱީ ނޮކުމެ ދުންފަތް ބޮއްކަންފާނެ. އަސްލު އެމްޱީގެ ވާނެ ވަރުގަދަ ނިވާފަތްގަޱެއް.
އެމްޑި ކާމިލް
13 September 2025
ދެން އަވަހައް ނުގަވައިދުން އައިސްފަތިބި މީހުން ގަވައިދައްފައްތާށެވެ އަޖައިބްއަންތަރީސް ވާވަރުގެ ކަންކަން ، ދިވެހި ރައްޔިތަކު ތިއިން ގައުމެއްގައި ގަވައިދަން ދެތޭނެ އެއްގޮތްވެސް އޮވޭބާވައެވެ. މުޅި ރާއްޖޭގެ ހުރިހައި ހިސާބެއްގައި މިބައިމީހުން ތިބުނާ ގަވައިދައްފެއްތި ވަރަކަށް ބޭރުމީހުން ވަނީ ގިނައެވެ.
ލޮލްޒ
13 September 2025
ބޭނުންތަ ބަންގްލަދޭޝްގަ ގަވައިދަށް ފެތިގެން އުޅެން. ދިވެހިން އަވައްޓެރި ގައުމުތަކަށް ގޮސް އުޅޭގޮތް ފެނެޔޭ ވަރައް ރަނގަޅަށް. ދަރިންނަށް ކިޔަވަދޭން ގޮސް ބިޒްނަސް ވިސާ ނުނަގައި ލޯކަލް އެތައް ވިޔަފާރިއެއް ކުރޭ ދިވެހިން. ނުކުރާށެކޭ ނޫން މިބުނީކީ. މިގައުމުގަ އުޅޭ ބިދޭސީންނާ ޖެހުނީމަ ތިހާ ފޯރި ނާރުވާށޭ.
ބޮސްބޭބެ
13 September 2025
މިރާއްޖޭގައި ބިދޭސީން ރަސްކަންކުރަނީ ދިވެހިންގެ ނިވަލުގައިތިބެގެން އަޅާލާނެ ބަޔަކު ނުތިބޭ ކަމެއްދިމާވާއިރު ހަވާލުވާނެ ބަޔަކުނުތިބޭ އައީ މަތިންކަމެއް ތިރިންކަމެއް ނޭގޭ އިހްމާލުންފުރިފަ އޮތްގައުމެއްމީ
މަސީހާ ބޮޗޭ ރިފާއު
13 September 2025
“ ގަވާއިދާ ހިލާފަށް ސިނގިރޭޓު ވިއްކާ” ފީއެންސީ މަޖިލީސް މެންބަރަށް ފިޔަވަޅު ނާޅަންތޯ؟ ހަމަ އަހާލީ.
ޢަލީލީ
13 September 2025
ތިޔަސޮރު ކައިރީ ސިނގިރޭޓު ދޭން ބުނީމަ ސިނގިރޭޓް ނުދިނީމަ އަދަބުދޭން ހައްޔަރު ކުރީބާ؟ ޢާނ މުޅި މާލެއާ ހުޅުމާލޭގަ ފާޅުގަ ގަވާއިދާ ހިލާފަށް ވަކި ސިނގިރޭޓު ނުވިއްކަ ތަނެއް ނެތޭވެސް ބުނެވިދާނެ. އޭގެން ތަނެއް ފެންނަ ކަމަކަށް ނުވޭ..
އައިސަން
13 September 2025
ބައިލައްކަ ރުފިޔަ އެއީ ދެން ކޯޗެއް؟ ސަރުކާރުގެ ވެރިން އެހެރަ ދަމާލަނީ މިލިއަނުން