ހައުސިން މިނިސްޓްރީ ދޮށުގައި އެމްޑީޕީގެ ސަޕޯޓަރުން މުޒާހަރާ ކުރަނީ.-- ފޮޓޯ: މާޒިން މުހައްމަދު (އެކްސް)
14 ސެޕްޓެމްބަރ 2025 - 16:08
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާ ބައްދަލުކުރަން ތަކުރާރުކޮށް އެދިގެން ވެސް އެ ފުރުސަތު ނުލިބުނު ކަމަށް ބުނެ އެމްޑީޕީން ހައުސިން މިނިސްޓްރީ ދޮށަށް އެއްވެ މުޒާހަރާކޮށްފި އެވެ.
އެ ސަރަހައްދަށް އެއްވީ، އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ސަޕޯޓަރުންތަކެކެވެ.
ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ހާޒިރުކޮށްދޭން ތަކުރާރުކޮށް އެދުމުން މިއަދާ ހަމައަށް ވެސް މިނިސްޓަރާ ބައްދަލުކުރެވިފައި ނުވާ ކަމަށެވެ. އަދި އެމްޑީޕީގެ ޕީޖީ ގްރޫޕުން ވެސް ވަނީ މިނިސްޓަރާ ބައްދަލުކުރަން އެދި ހުށަހަޅާފައި ކަމަށާއި ތިން މަސް ވެގެން ދިޔައިރު ވެސް މިނިސްޓަރާ ބައްދަލުކުރެވިފައި ނުވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ދޭތެރޭ މިހެން ކަންތައް ކުރެވިގެންދާއިރު ދެން އާންމު ރައްޔިތުންނަށް ކަންކުރެވޭނެ ގޮތް ތިބޭފުޅުން ވިސްނަވާލައްވާ،" މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިނިސްޓަރާ ބައްދަލުކުރަން އެދިވަޑައިގަތީ ބޯހިޔާވަހިކަމާއި ބިން ހިއްކުމުގެ މަޝްރޫއުތަކާއި އެ ބޭފުޅުންގެ ދާއިރާތަކުގައި ހުއްޓިފައި ހުރި މަޝްރޫއުތަކާ ގުޅިގެން މަޝްވަރާ ކުރެއްވުމަށެވެ.
އެހެންވެ، ހައުސިން މިނިސްޓްރީ ހުންނަ ދަރުބާރުގެއަށް ދިއުމުން ވެސް މިނިސްޓަރާއި އެ ތަނުގެ އެއްވެސް ސިޔާސީ މުވައްޒަފަކާ ބައްދަލުކުރެވިފައި ނުވާ ކަމަށް މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިނިސްޓްރީގެ ތެރެއަށް ބައެއް އާންމުން ވެސް ވަދެފައިވާ ކަމަށާއި އެ މީހުން ވެސް އެތަނަށް ވަދެފައި ވަނީ އެކިއެކި މައްސަލަތަކާ ގުޅޭ ގޮތުން މިނިސްޓްރީއަށް ހުށަހަޅާފައިވާ ސިޓީތަކަށް ޖަވާބު ނުލިބިގެން ކަމަށެވެ.
"އެތާ އެތެރޭގައި އެބަ ތިބި ބައެެއް އާންމު ރައްޔިތުން ވެސް ތިން ހަތަރު މަސް ދުވަސްވީ އެ ބޭފުޅުންގެ އެކި އެކި މައްސަލަތަކާ ގުޅޭ ސިޓީތަކަށް ޖަވާބު ނުލިބިގެން،" އޭނާ ވިދާޅުވި އެވެ.
އެކަމަކު މިނިސްޓްރީގެ ތެރެއަށް ވަދެ، 30 މިނެޓް ވަންދެން އެތަނުގައި ތިބިއިރު ވެސް މިނިސްޓްރީގެ އިސް މުވައްޒަފަކާ ބައްދަލުކުރެވިފައިނުވާ ކަމަށާއި އެތަނުގައި އެއްވެސް ބޭފުޅަކު އެވަގުތު ނެތް ކަމަށް ފަހުން ބުނެފައިވާ ކަމަށް މައުރޫފް ވިދާޅުވި އެވެ.
އެހެންވެ، އޭނާ ވަނީ ސަރުކާރު ހަމަ މަގަށް އަޅުވަން ޖެހިފައިވާ ކަމަށާއި "ކިބުރުވެރި" ބަޔަކު ވެރިކަމުގައި ބައިތިއްބައިގެން ތިބެވެން ނެތް ކަމަށް ވިދާޅުވެފަ އެވެ.
އޭނާ އެގޮތަށް ވިދާޅުވިއިރު އަންނަ މަހުގެ ތިން ވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށާއި "ސަރުކާރު ހަމަ މަގަށް އެޅުވެން ދެން" އެ މުޒާހަރާތައް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދަން އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ މިމަހުގެ 1 ވަނަ ދުވަހު ފާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުމިއްޓޭ
15 September 2025
"އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ދޭތެރޭ މިހެން ކަންތައް ކުރެވިގެންދާއިރު ދެން އާންމު ރައްޔިތުންނަށް ކަންކުރެވޭނެ ގޮތް ތިބޭފުޅުން ވިސްނަވާލައްވާ،" މައުރޫފް ވިދާޅުވި އެވެ. މިއީ ހިތުން މާ މާތްބައެކޯ.
ހަސަތޭކަ އެއްތިރީސް މިލިޔަން
15 September 2025
މަ ބުނީ ހަސަތޭކަ އެއްތިރީސް މިލިޔަން ރުފިޔާގެ ބިލް ފާސްވީމަ ވަޒީރުން ހުދު ހެނދުމުގައި މަޑުނޫ ކުލައިގެ ޓައި އަޅައިގެން ގިނަގިނައިން ފެންނާނެ ! އޭރުން ކައުންސިލް އިދާރާތަކުގައިވެސް ތިބޭނީ ސްޓޭޓް ތަކުރުފާނުން.
ނުދޭނަން ވޯޓެއް
14 September 2025
ހިޔާ ފްލެޓް މަޝްރޫއުގެ ކެޓެގަރީތަކުގެ ތެރޭގައި ހިމެނޭ އަލަތު ކައިވެނި ކެޓަގަރީ އޭރުގެ ސަރުކާރުން ވަނީ އުވައިލައިފަ، ވެރިކަން ނިމުނީމަ ދެން ނިކުތީ ފުލެޓް ހައްގުގައޯ ނޫނޭ ބޭނުމީ ވެރިކަން ހަމަ މޮޔަ ނަހައްދާ.
ޒުވާނެއް
14 September 2025
އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ހާއްސަ ފުލެޓް އުވާލި ގުރޫޕް މި ނިކުތީ ފުލެޓްއޭ ކިޔާފަ ބޭނުމީ ހަަމަ ވެރިކަން ދެއްތޯ، އޭރުވެސް މިހާރުވެސް ގަނަ ތެޅެނީ ޒުވާނުން
ާއެލިސް
14 September 2025
ކީކުރަންތޯ ބައްދަލުކުރަންވީ، ތިބޭފުޅުންގެން ވެރިކަމުގައި ފުލެޓާއި ގޯތި ލިބޭ ކަމަށް ޖެހި މީހުންނަށޭ މި ވެރިކަމުގައިވެސް ފްލެޓާއި ގޯތި ދިނީ، ކުރީވެސް އަދި އެކަން ބަލަން ތިބީވެސް އެއް މުވައްޒަފުން. ގައުމުގައި އޮތީ ކޮރަޕްޝަނާއި ފަސާދައެކަނިއެވެ.
ކައުންސެލަރު....
14 September 2025
އާނދެން މިހާރުދެން މާގޯސްވަނީތި! ސޯލިހު ސަރުކާރަށްވީގޮތުގެ އިބުރަތްހޯދާ. ނޫނީ މިސަރުކާރަށްވެސް ޖެހޭނީ ހަމަ އެދަތުރު. ލަސްނުކޮށް ހަމަބިމަށްފައިބާ
އާލިމްދާރު
14 September 2025
އަދިވެސް ބިމުގެލިއުން ނުލިބޭ. ޖަވާބުދޭނެ މީހަކުނެތް. ކައުންޓަރު ފުރިފަ މީހުންގެ ކަންކަން ނުވެގެން!
ސިއްރު.
14 September 2025
ހުރިހާ ކަމެއް ސިއްރުން ކުރާއިރު، މިނިސްޓަރުން ހާޒިރެއް ނުކުރެވޭނެ. މިކަން ނމނ ވެސް ސިއްރުން ކަންނޭގެ!
ޑރ ވާންޗޯ
14 September 2025
މީކޮންކަހަލަ އެމްޑީޕީއެއްތަ؟. ވެރިކަމުގަ ތިބިއްޔާ އަބަދުވެސް ތިޖޫރީއަށް އެރިތިބޭނީ. ވެރިކަމުން ބާލައިފިއްޔާ ތިޖޫރީއެއްހުންނަ އޮފީހެއްގެ ދޮރުމަތީގަ!!!
ދޯނޫންތަ
14 September 2025
ޒުވާނުންގެ ފުލެޓް ބާތިލު ކޮއްލި ގުރޫޕް