ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله--
15 ސެޕްޓެމްބަރ 2025 - 18:55
ޑިމޮކްރަސީއަކީ ހިތުހުރި ވާހަކައެއް ދައްކައި، އެ ވާހަކަތައް ލިޔުން ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން އެމަނިކުފާނު ދެއްވި މެސެޖެއްގައި ވިދާޅުވީ ޑިމޮކްރަސީއަކީ ރައްޔިތުންގެ ފުރިހަމަ ބާރު އޮންނަ ނިޒާމެއް ކަމަށެވެ. އަދި އެ ނިޒާމުގެ ބާރުތައް ފެށިގެން އަންނަނީ އަދި ދެމިއޮންނަނީ ވެސް ރައްޔިތުންނާއި ހަމައިންކަން ފާހަގަ ކުރައްވައި، ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ދެމެހެއްޓުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ޒިންމާއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެއްގޮތަކަށް ވެސް ޑިމޮކްރަސީއަކީ ހިތަށް އެރިހާ ކަމެއް ކުރުމެއް ނޫން. ހިތައް އެރިހާ އެއްޗެއް ލިޔުމެއް ވެސް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޑިމޮކްރަސީއަކީ އެ ކަމެއް ކުރަން އޮންނަ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް އެއަށް ތަބާވެގެން އެ އޮންނަ ހަމަތަކުގެ ތެރެއިން ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ އޭގެ ތެރެއިން އެންމެ މުހިންމު އެއް ޒިންމާއަކީ އިންތިހާބުތަކުގައި ވޯޓުލާން ދާ ދިއުން ކަމަށެވެ. އަދި ވޯޓުލުމަކީ ރައްޔިތުންނަށް ލިބިދޭ މުހިންމު ހައްގެއް ކަމަށާއި އެހެންވެ، އެ ހައްގު އަދާކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
އަބްދުއްރަހީމް އެގޮތަށް ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލާ ގުޅިގެން ނޫސްވެރިންނާއި ބޭރުގެ ބައެއް ޖަމާއަތްތަކުން ވެސް ކަންބޮޑުވުން ފާޅުކޮށް، އިހްތިޖާޖް ކުރަމުން ދަނިކޮށެވެ. އެ ބިލް ބޭރުކުރަން ގޮވާލަމުން ދަނިކޮށް ބައެއް އިސްލާހުތަކާއެކު މަޖިލީހުގެ ކޮމެޓީން މިއަދު ވަނީ އެ ބިލް ފާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފިރާޝް ޖައުފަރު
16 September 2025
ސާބަަހޭ
ތަމްހީދު ގާސިމް
16 September 2025
އަދުރޭ އެ ވިދާޅުވީ ހެޔޮކޮށް
ގަމާރު ލަންބަަރު ވަން
16 September 2025
ޑިމޮކްރަސީގެ ވާހަކަ އިހައް ބާއްވާށެވެ. ފުރަތަމަ ލަދު ހަޔާތުގެ ވާހަކަ ދައްކާށެވެ. އިންސާނެއްވިއްޔާ އެއީ ކޮންމެހެންވެސް އޮންނަންޖެހޭ އެއްޗެކެވެ. އެ ނެތްބަޔަކު ކޮން ޑިމޮކްރަސީއެއްގެ ވާހަކައެއްދައްކާކައްތޯއެވެ؟
މީނާ
16 September 2025
މީނާގޮވި އައުގުރާނަ މިހާރުވެސް ފެންނަން އެހެރީ. އޭރު ހުއްދައީބާ؟ ނޫނީ މިހާރު ތައުބާވީބާ؟
ހީވަނީ ވީހެން
16 September 2025
އިހަށްދުވަހު މެމްބަރުން ފެނުނު.
އައްލާ ބެއްޔާ
16 September 2025
ތިވާހަކަ ރަގަޅު އެކަމަކު ތީކީ ތިވާހަކަ ދައްކަން އެންމެ ރަގަޅު މީހާއެއް ނޫން. ޔޫޓިއުބަށް ވަދެ އަމިއްލައަށް ނަން ޖަހައިގެން ސާޗް ކޮށްގެން ކުރިން ދައްކާފަ ހުރި ވާހަކަތައް އަޑުއަހާލުން ރަގަޅު.
ދަންމާނު
16 September 2025
ދިމިކްރާތީއަކީ ތިޔަ އުޅޭގޮތަށް އަމާބަފަޔަށް ގޮވުމާއި އައުގުރާނަ ގޮވުން ދޯ؟
އަސަފަފ
16 September 2025
އަބްދުއްރަހީމް ރަނގަޅުތާ ތިވާހަކަ ދައްކަން. ގިނަފަހަރަށް މިހެން ފާސްކުރާ ބިލް އައިސް ޖެހޭނީ އެފާސް ކުރި ބަޔެއްގެ އަނގަމަތީ
ޖިހާދު މުހައްމަދު
16 September 2025
މިގައުމަށް ބޭނުންވަނީ ހަމަ ޖެހުން. އެ ހަމަ ޖެހުން އަންނާނީ މިގައުމުގެ މީހުންގެ އަބުރާ ކަރާމާތް ރައްކާތެރި ކުރެވިގެން. އެކަން ވާނީ މީޑިޔާ ބިލް ފާސްކޮށްގެން ކަމަށް އަހަންނަށް ފެންނަނީ.
އިބުރ
16 September 2025
މީޑިއާ ބިލަކުން މިގައުމަކަށް ލިބޭނެ އެއްވެސް ހަމަޖެހުމެއް ނެތް. އަބުރާ ކަރާމާތް ރައްާކުރެވޭނީ އަނގަޔާއި އަތާއި ދިމާވެގެން. ތި ލިބޭ ހަމަޖެހުމެއް ލިބެނީ ފޮރުވަން އުޅޭ ސިޔާސީ މީހުންނަށް.
ރިފާއު އައްބާސް
16 September 2025
އަދުރޭ ބުންޔަސް މިއީ ތެދެއް.
ހުސަ
16 September 2025
ރަގަނޅު! މީޑިޔާތައް ޖަވާބުދާރީ ކުރުވޭގޮތަށް އަދި ޒިންމާދާރުކުރުވޭގޮތަށް ބިލް ފަރުމާ ކުރެވިގެން އަންނަންވާނީ! ތެދު ޙައްގު މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީގެން މީޑިޔާތަކަށް ފިޔަވަޅު އެޅިގެންނުވާނެ! ނަމަވެސް ޙަގީގަތާއި ޚިލާފު ވާހަކަތައް ފަތުރާ ބައިބައިވުންތައް އުފެދޭގޮތަށް އަދި ނަފްރަތު އުފެދޭގޮތަށް ކުރާކަންކަމަށް މީޑިޔާތަށް/ނޫސްވެރިން ޖަވާބުދާރީކުރެވެންވާނެ! ރައްޔިތުންގެ އިތުބާރު މީޑިޔާތަކަށް ލިބޭނީއޭރުން!