މީޑިއާ ކޮންޓްރޯލްކުރާ ބިލާ ދެކޮޅަށް ނޫސްވެރިން ރައީސް އޮފީސް ކުރިމަތީ، މީޑިއާގައި ހުތިޖާޖު ކުރަނިކޮށް ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ނިކުމެ ވާހަކަ ދައްކަވަނީ .-- ފޮޓޯ: ނިޝާން އަލީ / މިހާރު
16 ސެޕްޓެމްބަރ 2025 - 08:38
މީޑިއާ ބިލުގައި ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް ގޮތާއި ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރެވޭ ގޮތަށް އޮތް ބައި ބިލުން އުނިކޮށްފައިވާ ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ރޭ ވިދާޅުވެއްޖެ އެވެ.
މީޑިއާ ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ހިޔާލު ވަރަށް ބޮޑަށް ދެކަފި ވެފައިވާއިރު، އެ ބިލަށް ތާއީދުކުރާ ފަރާތްތައް ގުޅިގެން މީރުމާ މާލަމުގައި ބޭއްވި "މީޑިއާ ފޯރަމް" ގައި ވާހަކަ ދައްކަވަމުން އަސްވާޑު ވިދާޅުވީ، ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ބިލަށް ހުށަހެޅި އިސްލާހުތަކާ އެކު، އެ ބިލްގައި މިހާރު މީޑިއާ މާނަކޮށްފައި އޮންނަނީ "ރަޖިސްޓަރީ ކޮށްގެން ހިންގާ މީޑިއާތަކަށް" ކަމަށެވެ. އެހެންކަމުން ރަޖިސްޓަރީ ކޮށްގެން ހިންގާ މީޑިއާތައް ފިޔަވައި އެހެން އެއްވެސް ބައެއް ރެގިއުލޭޓް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ސޯޝަލް މީޑިއާ ވެސް ހިމެނެ އެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިސްލާހުތަކާ އެކު، މީޑިއާ ބިލް ފާސްކުރި ނަމަވެސް އެ އިސްލާހުތައް މަޖިލިހުގެ އިދާރާ އިން އަދި ހާމަނުކުރާތީ އޭގެ އެއްވެސް ތަފުސީލެއް ނޭނގެ އެވެ.
ސޯޝަލް މީޑިއާގެ ވާހަކަ ދައްކާއިރު، ރާއްޖޭގައި ހިންގާ މީޑިއާއެއްގެ ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތައް މި ބިލުން ރެގިއުލޭޓް ކުރާނެ. އެކަމަކު ހިންގާ ސޯޝަލް މީޑިއާ ޕޭޖަކީ އާންމު ރައްޔިތަކަށް ނުވަތަ ކޮންޓެންޓް ކްރިއޭޓަރަކަށް ނިސްބަތްވާ އެއްޗެއް ނަމަ އެއީ މި ބިލާ ބެހޭ ކަމެއް ނޫން. އެ އެއް ރެގިއުލޭޓެއް ނުކުރާނެ،"--- އަސްވާޑު
އަސްވާޑު ރޭ ވިދާޅުވިގޮތުގައި، ނޫސްވެރިންގެ ފަރާތުން މީޑިއާ ބިލަށް ހުށައެޅި ހުރިހާ ކަންބޮޑުވުމެއް އަޑު އަހައި، ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ މަޝްވަރާއާ އެކު، އެ ކަންބޮޑުވުންތަކަށް ކޮމިޓީ މަރުހަލާގައި ވާނީ އިސްލާހު ގެނެސްފަ އެވެ. އެގޮތުން ކޮމިޓީން ފާސްކުރި ބިލުގައި ނޫސްވެރިންގެ ހުރިހާ ކަންބޮޑުވުމަކަށް ހައްލު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސޯޝަލް މީޑިއާގެ ވާހަކަ ދައްކާއިރު، ރާއްޖޭގައި ހިންގާ މީޑިއާއެއްގެ ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތައް މި ބިލުން ރެގިއުލޭޓް ކުރާނެ. އެކަމަކު ހިންގާ ސޯޝަލް މީޑިއާ ޕޭޖަކީ އާންމު ރައްޔިތަކަށް ނުވަތަ ކޮންޓެންޓް ކްރިއޭޓަރަކަށް ނިސްބަތްވާ އެއްޗެއް ނަމަ އެއީ މި ބިލާ ބެހޭ ކަމެއް ނޫން. އެ އެއް ރެގިއުލޭޓެއް ނުކުރާނެ،" އަސްވާޑު ވިދާޅުވި އެވެ.
"އެވްރެޖްކޮށް ނޫސްވެރިއަކަށް މި ލިބެނީ 10،000ރ. ފަންސަވީސްހާސް ރުފިޔާގެ ޖޫރިމަނާއެއް، އެއީ އެ ބޭފުޅުންނަށް ބޮޑު އެއްޗެއް ކަމަށް. މިހާރު ލިޔާ ލިޔުމަކުން މައްސަލައެއް ބަލައިގެން ރާއްޖޭގެ ނޫސްވެރިއަކަށް ފިޔަވަޅެއް ނާޅާނެ. ޖޫރިމަނާއެއް ނޯންނާނެ،" ވަރަށް ޔަގީންކަމާ އެކު މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ވަކި ނޫސްވެރިންނަށް ފޯނުން ގުޅުއްވައި ވާހަކަ ދައްކަވާފައިވާނެ ކަމަށެވެ.
"ނޫސްވެރިންނާ ވާހަކަ ދެއްކިން ކޮން ހައްލެއްހޭ ގެންނަންވީ ބުނެ. އެކަމަކު ނޫސްވެރިން ބުނަނީ ބިލު ޕާކު ކޮށްލަދޭށޭ. ކޮންކަމަކާތޯ ޕާކުކުރަންވީ؟ ބުނި ހުރިހާ އިސްލާހެއް ގެނެވިއްޖެ. ނޫސްވެރިން ބުނި މީޑިއާގެ މައްސަލަ ބަލަމުންދާއިރު، މީޑިއާގެ ލައިސަންސް ހިފަހައްޓައިގެން ނުވާނެއޭ ބުނުމުން އެ މާއްދާ ވެސް ނަގައިފިން،" ކޮމިޓީ މަރުހަލާގައި ގެނައި އިސްލާހުތަކާ ގުޅޭ ގޮތުން އަސްވާޑު ވިދާޅުވި އެވެ.
"މައްސަލަ ބަލައި ނިމުނީމާ މިހާރު ފިޔަވަޅެއް އަޅާނީ."
މީޑިއާ ރެގިއުލޭޝަން ބިލު އޮތީ ނޫސްވެރިކަމުގެ މިނިވަން ކަމަށް ވަރަށް ބޮޑަށް ހުރަސް އެޅޭ ގޮތަށް ކަމަށް ވާތީ ނޫސްވެރިން ގެންދަނީ އެ ބިލު ފާސްކުރުމާ ދެކޮޅަށް ސިލްސިލާކޮށް އިހުތިޖާޖް ކުރަމުންނެވެ. އެ ކަންބޮޑުވުންތަކާ އެކު ބަންޑާރަ ނައިބުގެ އޮފީހުން އެ ބިލަށް ގިނަ އިސްލާހުތަކެއް ހުށަހެޅި އެވެ.
އޭޖީގެ އެ އިސްލާހުތަކާ މެދު ކޮމިޓީން ގޮތް ނިންމި ބައްދަލުވުން ކުރިން ސިއްރުކޮށްފައި ވާތީ އޭގެ ތެރެއިން ބިލުގައި ހިމަނަން ނިންމީ ކޮންކޮން އިސްލާހުތަކެއް ކަމެއް މިހާތަނަކަށް ނޭނގެ އެވެ. ކޮމިޓީ މަރުހަލާގައި ކަންބޮޑުވުން ހިއްސާކުރަމުންދިޔަ ނޫސްވެރިން ކޮމިޓީގައި ތިއްބާ ނޫސްވެރިންގެ ހަޅޭކުގެ ތެރެއިން ބިލަށް ވޯޓަށް އެހުުމުން، ޕީއެންސީ މެންބަރުންގެ އިއްތިފާގުން ވަނީ ކޮމިޓީން ބިލު ފާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިމިނަ
16 September 2025
އަންނަ ވެރިކަންތަކަށް މަޖިލިސްމެޖޯރިޓީ ނުދޭގޮތަށް ރައްޔިތުން ވިސްނަންވެއްޖެ ނޫންތޯ.
ތެފައާސާ.
16 September 2025
މަޖިލިސް ރެގިއުލޭޓު ކުރާ ކަމިޝަނަށް ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުން އައްޔަންކޮށްފައި، އެ ކޮމިޝަނުގެ ރައީސްވެސް ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައި، ކޮމިޝަނުގެ މެމްބަރުން ވަކިކުރުމުގެ ބާރުވެސް މަޖިލީހަށް ދީފައި މިހާވަރަށް މި ކޮމިޝަނަށް ރައީސާއި މަޖިލީހުން ދަނޑިބާނަން މި އުޅެނީ މީޑިއާ ރެގިއުލޭޓު ކުރަން ހުރި ފޯރިއެއްގެ ގަދަކަމުންތޯ؟
އައިމިނާ
16 September 2025
މިހާއަވަސް އަވަސްކޮށްލާފަ މަޖިލިސް ޗުއްޓީގަ އޮއްވާ ކަންކަން ނުކުރާ ސަރުކާރެއް ވެރިއެއް ދައްކަ ދީފާނަން. ހަމަ އެއްލަވައެއް އެއްބަންޖެއް އެއްރައިވަރެއް. އިތުރު އެއްޗެއް ކިޔާނެބަޔަކު ނެތް. އެއީ ރަނގަށް ގެންދާ ކަންކަމޭ ބުނަނީކީއެއްނޫން. ވަކިބަޔަކު ކުރީމަ އޯކޭވެފަ ވަކިބަޔަކު ކުރީމަ މައްސަލައަކަށް ވާތީ ދެރައީ. ރުހުމުގެލޮލަކުން އައިބެއްނުފެންނާނޭ ބުނާ ބީދައިން ކަންކަންވަމުންދަނީ.
އެމީހުންގެ ވެސް މަގްސަދު އެހާމާތް.
16 September 2025
ތި ހަދަން އުޅެގެން ދެއްތޮ ނޭޕާލް އަތަށް ގޮވީ. ބަޔަކު ރުޅިއަރުވާމެ ގޮތެއްނެތިގެން ދެއްތޮ ތިއުޅެނީ. ރާއްޖޭގެ ރައްޔިތުންވާ ކެތްގަދަ.
ރިޔާޒްް
16 September 2025
ނޫސްވެރިކަމަކީ ވަރަށް ބޮޑު ޒިންމާއެއް. އެއީ މި ދައުލަތުގެ 4 ވަނަ ބާރޭ ބުންޏަސް ދޮގަކަށްނުވާނެ. އެފަދަ ބައެއް ރެގިއުލޭޓް ނުކޮށް ދޫކޮށްލުން އެއީ ބުއްދިވެރި ގޮތެއްނޫން. ބަލަދުވެރިވާ ބަޔަކު ތިބެންޖެހޭ. ޒިންމާދާރު ކުރުވެންވާނެ.
އަޒްމާާ
16 September 2025
މި ނޫސްވެރިންގެ ނަސީބު އަސްވާޑް މިކަމުގަ އިސްކޮށް ހުންނަކަން. އެހްނެނޫންނަމަ މިމީހުންނަށް ވާނީވެސް ކިހިނެތްކަމެއް ނޭގޭ.
އުލްފާާ
16 September 2025
ނޫސްވެރިން މި ބިލާ ދެކޮޅުވަނީ އެމީހުން ލިޔާލިޔުމަށް އެމީހުން ޒިންމާވާންޖެހޭތީ. އެމީހުންނަށް ހިތުހުރި ގޮތަކަށް މީހުންގެ އަބުރު ކަތިލަމުން ނުދުވޭނެތީ.
ގަފޫރްް
16 September 2025
މިހާވަރަށް ނޫސްވެރިންނާ ގުޅިގެން ކަންކަން ކުރީމާވެސް ދެން ކޮންވައްތަރަކަށް މިމީހުން މިއުޅެނީ.
ވަލީދާ ވަލީދު
16 September 2025
ގެނައި ބަދަލުތައް އާންމު ނުކުރަނީ ކީއްވޭބާ؟ މިހާވަރުން އަވަސްކޮށް މަޖްލީސް ޗުއްޓީގަ އޮތްވައި ނެރެގެން ފާސްކުރުމުގެ ކޮންމެވެސް ބޭނުމެއް އޮންނާނެ.
މުޝްފިގާ ސަލީމްް
16 September 2025
ބޭނުމަކީ މިގައުމު ދޮގާއި ފިތުނަޔާއި ފަސާދައިން ސަލާމަތްކުރުން.
އަލިބެ...
16 September 2025
މުޝްފިޤާއި ބުނާކަށް ތިޔަބުނާ ކަންކަމުގައި ވެރިމީހާ އާއި ގާތްކުރެވޭ މީހަކުވެސް މިރާއްޖެއަކު ނެތް
ކޮލަމާހުއްޓާ
16 September 2025
ތެޅިފޮޅިގެން ވަކިކަމަކަށް އަމާޒުކޮށްގެން ކުރާ މަސައްކަތްތަކުގެ ނަތީޖާ ފެންނަން އޮތީ ވަރަށް ހިތިކޮށް. ސަރުކާރު ހުނިނގޭވާހަކަ ރައްޔިތުން ދައްކާނެ. ވައްކަން ކުރީމަ ވަގަށްގޮވާނެ. އެކަން ފޮރުވަންނޫޅޭ