މިހާރު ސްޓެލްކޯގެ ލީގަލް މެނޭޖަރުކަން ކުރައްވާ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް .--- ފޮޓޯ: މިހާރު
16 ސެޕްޓެމްބަރ 2025 - 12:01
ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ކުއްޔަށް ނެންގެވި އެޕާޓްމެންޓެއްގެ ބިލުތަކާއި އެތަނުގެ މަރާމާތަށް ހޭދަވި ފައިސާ ނުދައްކާތީ އެ ފައިސާ ދައްކަން އޭނާގެ މައްޗަށް ސިވިލް ކޯޓުން އަނެއްކާވެސް ހުކުމްކޮށްފި އެވެ.
މިހާރު ސްޓެލްކޯގެ ލީގަލް މެނޭޖަރުކަން ކުރައްވާ ހަލީމް ކުއްޔަށް ނެންގެވީ އަމިއްލަ ކުންފުންޏަކުން ކުއްޔަށް ދޫކުރި އެޕާޓްމެންޓެކެވެ. އޭނާ އެތަން ކުއްޔަށް ނެންގެވީ 2019 ވަނަ އަހަރު އެވެ. އެ އެޕާޓްމަންޓް އޭނާ ދޫކޮށްލިއިރު އެތަނުގެ މަރާމާތާއި ބިލުތަކަށް 69،000ރ. އަރާފައި ހުއްޓެވެ.
އެ ތަނަށް ފައިސާ ދައްކަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހަލީމްގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ. އޭރު ހުކުމް ކޮށްފައި ވަނީ އެ ފައިސާ އެއްފަހަރާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.
އެ ފައިސާ ނުދައްކާތީ، އެޕާޓްމެންޓް ކުއްޔަށް ދިން ކުންފުނިން ހުކުމް ތަންފީޒު މައްސަލަ ހުށަހެޅުމުން، ހަލީމް އެދިފައިވަނީ ކޮންމެ މަހަކު 3000ރ. ދައްކަމުން ގޮސް ފައިސާ ދައްކާ ނިންމުމަށެވެ. އަދި ކުންފުނިން އެގޮތަށް އެއްބަސްވެފައިވެ އެވެ.
އެ މައްސަލާގައި މިދިޔަ އާދިއްތަ ދުވަހު ސިވިލް ކޯޓުން އެންގީ މަހަކު 3،000ރ. ދައްކަމުން ގޮސް އެ ފައިސާ ދައްކައި، ނިންމުމަށެވެ. އަދި އެގޮތަށް ފައިސާ ނުދައްކައިފިނަމަ، އެ ފައިސާ އެކީ އެއްފަހަރާ ހޯދުމަށް ދައުވާ ކުރުމުގެ ހައްގު، އެ ކުންފުންޏަށް އޮންނާނެ ކަމަށް ވެސް އެ ހުކުމުގައި ވަނީ ކަނޑައަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސްޓޜ
17 September 2025
އެމްޑީޕީން ކޯޓުތަކަށް ލަނީ މިކަހަލަ މީހުން
މުވައްކިލު
16 September 2025
މިކަހަލަ މީހުން ފަނޑިޔާރުގޭގައި މައްސަލަ ބަލާ ހުކުން ކުރަން ތިބޭތީ މިގައުމު ރަގަޅު ނުވަނީ. ލަދެއް ވެސް ނެތީތޭ ސްޓެލުކޯ ކަހަލަ ބޮޑު މުސާރަ ދޭ ތަނެއްގެ މަތީ މަގާމެއްގައި ހުރެ 69000 ނުދައްކާ. އަމިއްލަ ވިޔަފާރިވެސް ކުރާ މީހެއް !
ބަމްބީނޯ
16 September 2025
ތިޔަހުރީ mihaaru ސްޕާރީމކޯޓުގެ ގާޒީ ކަމަށް ސަރުތު ހަމަވެފަ
ސަރުތޭ
16 September 2025
އާދެ މާ ބޮޑަށް ވެސް ލޮލް
ޝައިނީ.
16 September 2025
މިބޭފުޅާ އަށް ގާޒީކަމުގަ ހުންނެވިއިރު ވަރަށް ގިނަ ފައިސާގެ ހަދިޔާ ހެޔޮއެދޭ ފަރާތްތަކުން ލިބުނު ކަމަށް ވަރަށް ގިނަމީހުންް ތުހުމަތު ކުރޭ.
މަހާރަދުން
16 September 2025
ކުއްޔަށް ދޭ މީހުން މިރާއްޖޭގެ ފަނޑިޔާރުންނާ މަޖިލީހުގެ ގުންޑާއިންނަށާ ސިޔާސީ ކައްޑެވިންނަށް ތަންތަން ކުއްޔަށް ނުދިނުމަށް ވަސިޔަތް ކުރަން ފައިސާ ބޭނުމިއްޔާ!..
ނޫނު. ޖަވިޔަނި
16 September 2025
ތިއީ އެންމެ 69 ހާސް ރުފިޔާ އެއްނު! އޭނާގެ މައްޗަށް އެބަ ހުރި މިލިޔަނުން ފައިސާ ދިނުމަށް ޙުކުމްކޮށްފައި!
ދޮން މޫސަބޭ
16 September 2025
ކަލޯ އަވަހަށް ލާރި ކޮޅު ކަނޑާލެވޭތޯ ބަލާ ބަލަ އިނގޭ!
ވަންޗޫ
16 September 2025
މިރާއްޖޭގެ އަދުލުގެ ނިޒާމު އޮންނަގޮތުން މިކަހަލަ ފައިސާގެ މައްސަލަތަކުގަ 26 ހުމް ނެރެންޖެހޭ މީހެއްގެ އަތުން ހައްގުފައިސާ ހޯދަން. މީގަ އެބަޖެހޭ އެއްހުކުމް ވާނެ ގޮތަކަށް ގާނޫނަށް ބަދަލު ގެންނަން. ހުކުމާ އެއްގޮތަކަށް އަމަލުނުކޮށްފިއްޔާ ޖަލައްލާންވި ވަކި މުއްދަތަކަށް. އަނެއްކަވެސް ވަކި މުއްދަތެއްދޭންވި ލާރި ދައްކަން، އެމުއްދަތުގަ ނުދައްކައިފިއްޔާ ޖަލުހުކުމް ބޮޑުވާގޮތަށް ބާއްވަންވީ ދައްކަން ޖެހޭ ފައިސާގެ މިންވަރަށް ބަލައިފަ. އޭރުން ކޯޓަށްވެސް ލުއިވާނެ
ނާލާފުށި
16 September 2025
މީނާ ސޯޝަލްމީޑިއާގައި މުއީޒަށް ސަނާއެކިޔަނީ އެފައިސާކޮޅު ލިބޭތޯ ކަންނޭގެ.
އިހްސާސް
16 September 2025
ދެންފަހަރަކު ވެލިދޫ ދާއިރާގެ ގޮނޑި ޕީއެންސީ ޓިކެޓްގަ ހޯދަން. މީނާ އެމްޑީޕީ ޓިކެޓްގަ ވެސް މަޖިލީހަށް ވާދަކުރި. އެކަމަކު ދިޔައީ ޗޮކުން.
ސިއްތި
16 September 2025
ނުދީވޭތޯ ކުރެވެންހުރި ހުރިހާކަމެއްވެސް ތީނަ ކުރާނަ,