ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ މަސްވެރިކަން ކުރަނުކޮށް މީގެ ކުރިން ހިފެހެއްޓި ލަންކާގެ ބޯޓެއް.-- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
16 ސެޕްޓެމްބަރ 2025 - 12:19
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ވަގަށް މަސްވެރިކަން ކުރި ބޯޓެއް 400،000ރ. އިން ޖޫރިމަނާ ކޮށްފި އެވެ.
ސްރީ ލަންކާގެ މަސްބޯޓެއް ކަމަށްވާ "އަނުސްކާ ޑެސްހަން" 2022 ވަނަ އަހަރު ރާއްޖެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުން ދަނިކޮށް އަތުލައިގަތީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ޝިޕް ހުރަވީން، މ. މުލީގެ އިރުން 79 ނޯޓިކަލް މޭލު ދުރުންނެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން ފިޝަރީޒް މިނިސްޓްރީގެ ނަމުގައި ދައުލަތުން އެ ބޯޓުގެ ވެރިފަރާތާ ދެކޮޅަށް ހަމަ އެ އަހަރު ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ.
އެ މައްސަލައިގައި ދައުލަތުން އެދިފައިވަނީ އެ ބޯޓުގެ ވެރިފަރާތް، ފަލަހަގެ ރަންޖިތު ޕްރެކުމާރާ ސިލްވާ 400،000ރ. އިން ޖޫރިމަނާކޮށް އޭނާގެ ބޯޓު ދައުލަތަށް ނެގުމަށެވެ.
މިދިޔަ އާދިއްތަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނީ ޖޫރިމަނާކުރި ނަމަވެސް އުޅަނދު ދައުލަތަށް ނަގައިދިނުމަށް އަމުރުކުރާނެ ގާނޫނީ އަދި ޝަރުއީ ހުކުމެއް ނެތް ކަމަށެވެ. ޖޫރިމަނާގެ ގޮތުގައި ކަނޑައެޅި ފައިސާ 14 ދުވަސް ތެރޭ ދައްކަން ވަނީ ހުކުމްކޮށްފަ އެވެ.
ބޯޓުގެ ވެރިފަރާތް ކޯޓަށް ހާޒިރުވެފައި ނުވާތީ މައްސަލަ ނިންމާފައި ވަނީ ޣައިރު ހާޒިރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަބުނީ
17 September 2025
ކާކު ، ކިހިނެތް ތިޔަ ފައިސާ ދައްކާނީ؟ ދެއްކިއްޔާ ދެއްކިކަން ،ނުދެއްކިޔައްޔާ ނުދެއްކިކަންވެސް ފަހުން އެގޭނެބާ އެވެ؟ މި ރައްޖޭގެ ކަންތައްތައް ހުންނާނީ ބޮނޑު ނަގުލަށްދާ ނޫނީ އަވާމެނަދުރު ސްޓައިލަށެވެ.
ކޮރަލް
16 September 2025
އެ މައްސަލައިގައި ދައުލަތުން އެދިފައިވަނީ އެ ބޯޓުގެ ވެރިފަރާތް، ފަލަހަގެ ރަންޖިތު ޕްރެކުމާރާ ސިލްވާ 400،000ރ. އިން ޖޫރިމަނާކޮށް އޭނާގެ ބޯޓު ދައުލަތަށް ނެގުމަށެވެ. ދައުލަތައް ބޯޓް ނަގަން ވީ އެވެ. މިއޮތީ ގޯހެއް ހަދާފަ އެވެ. ކޯސްޓް ގާޑުން ބުރަ މަސައްކަތް ކޮށް ބޯޓް އަތުލާއިރަށް ކޯޓުން މިބޯޓު ދޫކޮށްލަނީ އެވެ.
ލަންކާ
16 September 2025
މީ ޖޯކެއް އެއްނު! ލަންކާގެ މަސްވެރިން ރާއްޖޭގައި ތިބީއެއް ނޫން! ލަންކާ މީހަކު ޖޫރިމަނާ ކޮށްގެން އެ ރުފިޔާ ދައްކާނެ ކަމަށް ޤަބޫލުކުރުމަކީ މޮޔަކަމެއް!
މަބުނީ
17 September 2025
ރިޑްލް އޮފް ދަ މަންތު.
ހަސަންބޭބެ
16 September 2025
ޖުރިމައިނާ ލިޔެކިއުމުން ދައްކަން އެންގުމަކުން އަދިކޮޅެއްނުފެނޭ. ފަލަހަގެ އަތުން ޖުރިމައިނާ ލިބޭނެބާއޭ
ޟަދީމް
16 September 2025
އެނާ ބަނގުރޫޓް ވިޔަ ނުފެއްވަ. 4 ލައްކަ ރުފިޔާ އަކީ ލަންކާގެ ވަރަށް ގިނަ ފައިސާ. އިހްސާންތެރިވެ ދޫކޮށްލާ.
މަބުނީ
16 September 2025
ޖޫރިމަނާ ކުރެވިދާނެ، ޖޫރިމަނާ ފައިސާއެއް ނުއެއްލިބޭނެ
ދުމްމ
16 September 2025
މިހާރު ނޫހުން ބަލާދީބަލަ މިގޮތަށް ކުރެވޭ ޖުރިމަނާތަކުން ދައުލަތަށް ކިހާ ފައިސާއެއް ލިބިއްޖެތޯ؟ ފަރަށް ލިބޭ ގެއްލުންތަކަށް ކުރެވޭ ޖުރިމަނާވެސް ހިމަނައިގެން.
އަކަ
16 September 2025
ހުކުމް ކުރަން 3 އަހަރުވިއިރު ބޯޓުގެ ވެރި ފަރާތް ދޫކޮށްލިތާ ވެސް 3 އަހަރު. މިހާރު އޭނާ އިތުރު 2 ބޯޓު ބަނދެގެން ރާއްޖެ ސަރަހައްދުން މަސްވެރިކަން ނުކުރާކަމެއް ވެސް ނޭނގެ.
މަބުނީ
17 September 2025
ރަނގަޅު ވަހަކައެއް. މިފަދަ ކަން ފަސޭހަ ފަރުވާ ކުޑަ ފަނޑިޔާރުންނާއި ގާޒީއިންނަށް ހަރުހަށި ފިޔަވަޅު އަޅަން ޖެހޭނެ. ދައުލަތަށް ، ދިވެހި ރައްޔިތުންނަށް މިވާ ގެއްލުމުގެ ޒިންމާ ޖެހޭނެ ނަގަން. ނޫންތަ؟