130 ކިލޯ ޑްރަގްގެ މައްސަލާގައި ހުކުމް ކުރަން ކޯޓަށް ހާޒިރުކުރަން ޖެހޭ ޝަހީބް އިބްރާހީމް.
18 ސެޕްޓެމްބަރ 2025 - 16:01
ރާއްޖެއަށް 130 ކިލޯ ޑްރަގް އެތެރެކުރި މައްސަލާގައި ދައުވާ ލިބޭ ޝަހީބް އިބްރާހިމްގެ މައްޗަށް ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތަށް ހާޒިރުނުވެ ފިލައިގެން އުޅޭތީ ހޯދަން އިއުލާނުކޮށްފައި ވާއިރު އަދިވެސް އޭނާ ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އުމުރުން 47 އަހަރުގެ ޝަހީބު ބަންދުގައި ބަހައްޓައިގެން މިދިޔަ އާދީއްތަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ފުލުހުންނަށް އޮތީ އަންގައިފަ އެވެ. ނަމަވެސް އޭނާ އުޅޭ ތަނެއް އަދި ހޯދިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި އޭނާ ރާއްޖޭން ބޭރަށް ދިއުން އޮތީ މަނާކޮށްފަ އެވެ.
ކަންނެލި ދޯންޏެއްގައި ޑްރަގް އެތެރެކުރަނިކޮށް 2020 ވަނަ އަހަރު ހައްޔަރުކުރި މީހުންގެ އިސް މީހުންގެ ގޮތުގައި ތިބީ ޝަހީބްގެ އިތުރުން އަހްމަދު މޫސާ، ހއ. ހޯރަފުށި/ ވައިލެޓްވިލާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓާ އޭނާ ވަނީ ޖުލައި 2023 ގައި ކޯޓުން ދޫކޮށްލައިފަ އެވެ. އޭގެ ކުރިން އޭނާ ބޭސްފަރުވާއަށް ވެސް ދޫކޮށްލި އެވެ. އެކަމަކު އެފަހަރު އޭނާ ދޫކޮށްލަން ނެރުނު އަމުރު އިސްތިއުނާފް ކުރުމުން ބާތިލްކުރުމާ އެކު ހައްޔަރުކުރި އެވެ.
ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ހަ މީހަކަށް ދައުވާ ކުރެ އެވެ. އެއީ ޝަހީބާއި އަހްމަދު މޫސާގެ އިތުރުން ގއ. ވިލިނގިލި، ދުންފިނިގޭ، އަސީލް މާހިރާއި ޅ. ހިންނަވަރު ސެލް، އަނަސް ހުސައިނާއި ބަންގްލަދޭޝްގެ ދެ މީހަކު ކަމަށްވާ އިގްބާލް އާއި މުހައްމަދު ރިޔާދެވެ.
ރާއްޖެއަށް ޑްރަގް އެތެރެކުރަން ބޭނުންކުރިކަމުގެ ތުހުމަތަށް 2019 ވަނަ އަހަރު ހިފެހެއްޓުމަށް ފަހު ދޫކޮށްލި ބޯޓެއް ފެތުނު ކަމަށް ބުނެ ފުލުހުންނަށް އޮޅުވާލައިގެން ބޭނުންކުރަމުންދާ މައްސަލައެއް ވެސް ޝަހީބުގެ މައްޗަށް އޭރު ތުހުމަތުކުރި އެވެ.
ފުލުހުން އޭރު ބުނެފައިވާ ގޮތުން، 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އަތުލައިގަތް އީރާނު ބޯޓުގެ މައްސަލައާ ޝަހީބު ގުޅުން އޮވެ އެވެ. ނަމަވެސް އެ ބޯޓުން ހައްޔަރުކުރި ހަތް މީހުންނާ ޖާމިނު ވެފައި ވަނީ އޭނާ ކަމަށާއި އެ މައްސަލާގައި ޝަހީބާއި އީރާނުގެ ހަތް މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ކުރިން ބުނެފައިވެ އެވެ.
ޝަހީބަކީ ކުރިން ޕީޕީއެމް/ޕީއެންސީގެ ހަރަކާތްތަކުގައި އުޅުނު އެކްޓިވިސްޓެކެވެ. ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސްގެ އިންތިހާބުގައި، އޭނާ ނިސްބަތްވާ ގއ. ވިލިނގިލީ ދާއިރާ އަށް އޭރުގެ އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަ ވެސް ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަލަންތިބޭ
18 September 2025
ނަރަކައިގާ ވަރަށް ގިނަ ވާނެ ގާޒީން
އަދާލަތު
18 September 2025
ރަށުމީހާ، ޅިޔަނު، ބޭބެ، ކޮއްކޮ ފުލުހުންގެ ލީގަލްއާއި ތަޙުޤީޤުބައިގާ. ނުވަތަ މަތީފަންތީގެ ބާރުވެރީންގޮތުގައި.................. ؟
ލޮއްލަ
18 September 2025
ޓެރެރަޒަމް މައްސަލައެއްގައި ހުޅުމާލޭ ފަޅުތެރެއަށް ފުލުހުން ފީނައިގެން ސިމް ކާޑެެއް ހޯދި ހަބަރު ކިޔާލިން. އެކަމު 130ކ ޑުރަގު ގެނައި 5 ފޫޓު ދިގު ބޮޑު ފިރިހެނެއް ހޯދާ ނުފެނުނު އެތަށް މަހެއް ވޭތުވެގެން ދިޔައިރުވެސް..
އަހަންނަކީ ޝަހީބު
18 September 2025
އަހަރެން ހޯދަން، ކ. ގުޅީގައި އަހަރެން ބަންނަމުން އަންނަ ދޯންޏެއް އޮންނާނެ. އެތަނަަށް އައީމަ އަހަރެން ފެންނާނެ. ނޫނީ ގއ. ވިލިނގިލީ ގައި ހުންނާނެ ބޮޑު ފިހާރައެއް ހުޅުވަން ރެޑީކޮށްފަ. އެތަނަށް އާދޭ.
ކޮރަލް
18 September 2025
ނާއިބް ރައީސް ގެ ވެސް ހަބަރެއް ނުވެ އެވެ. އެކަމު ރައީސް އާ މެޑަމް ރިބަން ކަނޑާ ތަން ފެނެ އެވެ. ޝަހީބު އަށް ވީގޮތެއް ބަލަން ވީ އެވެ.
އަފްރާސިޔާބު
18 September 2025
ކާކޭތޯއެވެ. ތިޔަވިދާޅުވި ބަހުގެ މާނައެއްނޭގުނޭ. ކޮންތަނެއްގެ ނާއިބް ރައީސް ތޯ؟ ވަރަށް ގިނަތަންތާގެ ނާއިބް ރައީސުން އެބަތިއްބަވާ. އެސޯސިއޭޝަންތަކުގަވެސް. މީހަކު ބުނޭ އެއޮއްފަދަ ރައީސްވެސް ހުރިހާ ޑޮލަރަކަށް އެޕާޓްމަންޓޭ ގަތީ އަމީން އެވެނިއުން އިން. އޭނާވީ ކޮންތާކުތޯބަލަންވީ. ވަރަށް ވައްތަރު ގޮތެއްހުރޭ ބްރޯ އަދީބާ. އެއް އެކައުންޓުގެ ކުޅިވަރުވެސް ބޭބެ ކައިރިން ދަސްކުރީ ނޫންބާ؟ ގައުމުގެ ރައީސާއި މެޑަމް އެކަމަކަށްވަކި ކޮންކަމެއްކުރާނީ.
ބުރުގާ
18 September 2025
ދެން ފުލުހުން ނުބުންޏަސް އެނގޭ އޭނަ ނުފެންނާނެކަން. ފުލުހުންނައް ފެންނާނީ ބައިސްކަލު ބައްތި ނުދިއްލާ، ފުރޮޅައް ވައިނުޖަހާ ސައިކަލުދުއްވާ ކުދިން..
ޢަލީ ކުރުސީ
18 September 2025
ނެތްތަ އަނެއްކާ ސިޔާސީ މަޤާމެއްގަ؟ ރަގަޅަށް ބަލާބަލަ!
ރަދީފްއޮފިޝަލް /
18 September 2025
ހުދުކުލައިގެ ގަމީހަކާ އަޅި ކުލައިގެ ފަޓުލޫނެއް ލައިގެން ޓައި އެޅީމަ ސިޔާސީ މީހަކަށް ވެވޭ ގައުމެއްގަ ތިކަން ތިހެން ނުވާނެއޭ ބުނަން ދަތި.
ރަދީފްއޮފިޝަލް /
18 September 2025
ދަށުން ދަމާ ކުޅެގެން މިހާރު އޭނަ ހުންނާނީ ގޮސް ބޭރު ގައުމެއްގަ.
ދޮންހުއްތު
18 September 2025
މި ތަނުގައި ޑުރަގު ލޯޑަރުންނާއި ލުޓޭރުން ނުފެންނާނެ! ޢަދި އެންމެ އައުލާކޮށް ފެންނާނީ ސިޔާސީ މުފައްކިރުން!
ރަދީފްއޮފިޝަލް /
18 September 2025
ތިޔާ 130 ކިލޯގެ ބާކީ މިހާރު އެއްޗެއް އެބަހުރިތަ؟ ކުނޑި ފުކެއްވަރު އެތިކޮޅެއް ވެސް ނެތް ދޯ!!!