އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ފައްޔާޒް ވާހަކަ ދައްކަވަނީ -- ފޮޓޯ: އެމްޑީޕީ
18 ސެޕްޓެމްބަރ 2025 - 23:58
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެކު، ރާއްޖޭގައި ވޭޕް ބުއިމާއި އޭގެ ވިޔަފާރިކުރުން މި ސަރުކާރުން މަނާކޮށްފައިވީ ނަމަވެސް ރައްޔިތުން ބޭނުންވާ ނަމަ އެމްޑީޕީގެ ވެރިކަމެއްގައި އެ ނިންމުމަށް ބަދަލު ގެންނަވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެކު، ރާއްޖޭގައި ވޭޕް ބުއިމާއި އޭގެ ވިޔަފާރިކުރުން މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.
ވޭޕްކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000ރ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްގެ އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރުން ފަދަ އިތުރު ޖޫރިމަނާތަކެއް ވެސް އެ ގާނޫނުގައި ހިމެނެ އެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ސިނގިރޭޓުން ނަގާ ޑިއުޓީ 8ރ. އަށް ވަނީ ބޮޑުކޮށްފަ އެވެ.
އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ފައްޔާޒު ވިދާޅުވީ، އެ ޕާޓީ އަށް ވެރިކަން ލިބުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހައްދަވަމުން ގެންދަވާ ގޯސްތައް ރަނގަޅު ކުރައްވާނެ ކަމަށެވެ
"އަޅުގަނޑުމެން އަނެއްކާވެސް އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެ ރައީސް މުއިއްޒު އެ ކުރައްވަމުން ގެންދަވާ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ރަނގަޅު ކުރާނަން،" އެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވި އެވެ.
ރައީސަށް އިޝާރާތް ކުރައްވަމުން ފައްޔާޒު ވިދާޅުވީ އެފަދަ ބޭފުޅަކަށް "ގާނޫނުއަސާސީއާ ނުކުޅެވޭވަރަށް" އެމްޑީޕީގެ ވެރިކަމުގައި ގާނޫނުއަަސާސީއަށް ބަދަލު ގެންނަވާނެ ކަމަށެވެ.
އެ ބޭފުޅުންނަށް ވެރިކަން ލިބިއްޖެ ނަމަ މީޑިއާ ރެގިއުލޭޓް ކުރާ ބިލް ވެސް އުވާލާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި ރައްޔިތުންނާ މަޝްވަރާކުރުމަށް ފަހު، ވޭޕް މަނާކުރަން ނިންމާފައި އޮތް ނިންމުމަށް ބަދަލު ގެނައުމާ އެކު، ސިނގިރޭޓު ޑިއުޓީއަށް ވެސް ބަދަލު ގެންނަވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"މީޑިއާ ކޮންޓްރޯލް ބިލު އެއީ ގައިމު ވެސް ހަމަ އެންމެ ފުރަތަމަ ދުވަހު އުވާލާނެ ގާނޫނެއް. ހަމައެއާ އެއްކޮށް އަދިވެސް ރައްޔިތުންނަށް ވެފައި ހުރި ތަކުލީފުތައް އޭގެ ތެރޭގައި ވޭޕާއި ސިނގިރޭޓުގެ ޑިއުޓީ، މި ހުރިހާ ކަމަކީ އަޅުގަނޑުމެން ރައްޔިތުންގެ މަޝްވަރާއާ އެއްކޮށް ބަދަލު ކުރާނެ ކަންކަން،" ފައްޔާޒު ވިދާޅުވި އެވެ.
އާންމުން ބޭނުން ނަމަ ވޭޕު ހުއްދަކޮށް ސިނގިރޭޓްގެ ޑިއުޓީ ކުޑަކުރާނެ ކަމަށް ފައްޔާޒު ވިދާޅުވިއިރު، ރައީސް މުއިއްޒު އިސްވެ، ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރީ ސްކޫލްތަކުގެ ތެރޭގައި ކުދިންގެ މެދުގައި ވެސް ވޭޕް ބޭނުންކުރުން ވަރަށް ބޮޑަށް އާންމުވެ، ގައުމީ ބޮޑު މައްސަލައަކަށް ވެގެން ކަމަށް ވަނީ ވިދާޅުވެފަ އެވެ.
މި ސަރަހައްދުގެ 11 ގައުމުގެ ތެރެއިން ހަތް ގައުމެއްގައި މިހާރު ވެސް ވޭޕް މަނަލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަލަމިންޗޯ
21 September 2025
މާތްކަލާނގެ ރަސްކަންފުޅަށްޓަކައި ބުނަން އެއްވެސް މީހަކު ތިޔަކަން ނުކުރާތި. ތަންދޮރު ދަންނަ މީހުން ބަސް ކިޔޭހިސާބުގައި ތިބި ޤައުމުތަކުގައި ތިޔާ ދެކޮޅަށް ނިޒާމު ހިންގާ، ދުރުމުސްތަޤުބަލިގައި ލިބޭ ގެއްލުން އެމީހުންނަށް ވުސްނޭތީ
ހުސައިން
20 September 2025
މިވަރުގެ މީހުން ވެރިކަމަސް ގެންނަން ހެޔުނުވާޅެެ
ނަންނުކިޔާ
19 September 2025
މީނަ ހީކުރީ ގޭންގުތަކާއި މަގުމަތީގަ މިއުޅޭ ކިރިޔާ 18 ވީ ކުދިންކޮޅު އެކަނި ކަމަށްތަ މިގައުމުގަ ވޯޓުލާންތިބީ..
ނަންނުކިޔާ
19 September 2025
ގެއަށް ދޭބަލަ.. ކިހާބޮޑު ކަމެއް.. .
ކަނގަނާ
19 September 2025
ތިޔަ ސަކަރާތްވަނީ
ވިސްނުމެއްނެތި ކޮށްފި ކަމަކުން
19 September 2025
އަޅުގަނޑު އުފާކުރާ އެއްކަމަކީ، މި އާރޓިކަލް އަށް ކޮމެންޓް ކޮށްފަތިބި އެންމެންވެސް މިގޮވާ މޮޔަ ގޮވުމާ ދެކޮޅުކަން. މީނައަށް ނުވިސްނުނަސް އެހެން މީހުންނަށް ވިސްނޭތީ އުފާކުރަން. މީނަ ޕާރޓީން ބޭރުކޮށްބަލަ. ބޯ ހަލާކު
ވެރިކަން ގެއްލުނަސް ސިކުނޑި ބޭޏުންކުރޭ
19 September 2025
އަސްލަށްވެސްތީ ޕާޓީގެ ވިސްނުންތަ. ޤައުމީ މްޖަލީހުގަ މަޝްވަރާކޮށްފަތަ އޮތީ ތިކަމާ. ނޫނީ ތީ ތިބޭފުޅާގެ އަމިއްލަ ވާހަކއެއްތަ. ތިމާ ނިކޮޓިން ގެ އަޅަކަށް ވެފަހުރުމަކީ އެހެން މީހުންނާ ދަރިން ހަލާކުކުރަން ލިބޭ ޙައްޤެއްނޫން. ތީ ތި ޕާރޓީގެ ވިސްނުންކަމުގަ ވަންޏާ އޮތީ އިންތިޚާބުގަ ޕާރޓީއަށް 'ސޮރީ' އޭ ބުނުން. ތީ އަމިއްލަ ވާހަކައެއް ކަމުގަ ވަންޏާ "ސޮރީ" ބުނެފަ ޕާރޓީން ފެޔަށް ޖެހިލާ
ތަމެންދޯ
19 September 2025
އެމްޑީޕީ އަކީ އެއީ އެއްގޮތަކަށް ވެސް ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫނޭ ޗޮއިސް އަކީ އަދިވެސް ރައީސް ޔާންޓޭ އެމްޑީޕީ މަހަށްދާން ޖެހޭނީ ދޯ...
ހައްލުސްކީ
19 September 2025
ދެން ހުއްދަ ކުރަންވާނީ ސްކޫލުތަކަށް ވޭޕް ނުވެއްދޭނެކަން ކަށަވަރުކޮށްފަ. މިހުރިހާ ދުވަހު ކުދިން ބޮކްސާތެރެއަށް ލައިގެން ސްކޫލުތަކުގެ ފާހާނާތެރޭ ބޭނުންކުރީ. އަދި ވޭޕަށް ޑްރަގް ނާޅާކަމެއްވެސް ނޭނގޭ. އެހެން ކުދިންނަށް ތައާރަފުކޮށްދޭން މަސައްކަތްކުރޭ. ކޮމްޕްލެއިން ކުރުމުން ސްކޫލަކަށް އެޅޭނެ ފިޔަވަޅެއް ނޯވޭ. ފުލުހުންނަށް ކުރެވޭނެ ކަމެއް ނޯވޭ.
އިސްމާލު
19 September 2025
ވޭޕް މަނާކުރުމަކީ މިހާތަނަށް ސަރުކާރަކުންކުރި އެންމެ އުނދަގޫ މުސްތަޤުބަލަށް ފައިދާވެދާނެ އެއްކަންތައް ތިކަންހުއްދަކުރާވާހަކަ ތިއީ ފަހަތަށްއެޅުނުފިޔަވަޅެއް